މަގޫދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ދޮންބިލެއް-- ފޮޓޯ/ އަހުމަދު ރަޝީދު
ހަބަރު
28 May 2023 | 13:42
މެންބަރު ހަލީމް އެއްބާރުލުން ދެއްވާނަމަށް ދާއިރާއަށް ލިބޭ ތަރައްގީ މާ ބޮޑުތަނުން ފަސޭހަވާނެ: ރައީސް

ބިލެއްދޫ ދާޢިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ސަރުކާރަށް އެއްބާރުލުން ދެއްވާނަމަ، ދާއިރާގެ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ބޮޑުތަނުން ފަސޭހަ ވާނެ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހު އެފަދައިން ވިދާޅުވީ، ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވަނީ ސަރުކާރަށް ދޮންބިލެއް ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް އެ އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

“އަޅުގަނޑު އެދެނީ ކުރިއަށް މި އޮތް ތަނުގައި ވެސް، މި ރަށުގެ ރައްޔިތުންނަށް އެއްވިސްނުމެއްގައި އިއްޒަތްތެރި މެމްބަރު ކުރިއަށް ވަޑައިގަތުމަށް. އެ އެއްބާރުލުމާ އެކީގައި ކުރިއަށް ވަޑައިގަތީމުން ދާއިރާއަށް ލިބޭ ތަރައްގީ މާ ބޮޑުތަނުން ފަސޭހަވެގެންދާނެ،” ރައީސް ވިދާޅުވިއެވެ.

ރައީސްގެ އެ އެދިލެއްވުން ގަބޫލުކުރައްވާކަން ހާމަކުރައްވައި އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދޮންބިލެއް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެމުންދާ ކަންތައްތަކާ ގުޅިގެން، ކުރިން ދާއިރާގައި އޮތް މާޔޫސްކަން “މުޅިންހެން ހިނގައްޖެ” ކަމަށެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް އޮތްތަނުގައި ވެސް ސަރުކާރަށް ދެއްވާނެ ކަމުގެ 100 އިންސައްތަ ޔަގީންކަން އަރުއްވާ ކަމަށްވެސް ވިދާޅުވި އެވެ. 

“އަޅުގަނޑު 100 ޕަސެންޓް ޔަގީންކަން އަރުވަން މި ބިލެތްދޫ ދާއިރާގެ ބޮޑު މެޖޯރިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަށް މި އަންނަ ރިޔާސީ އިންތިހާބުގައި ލިބޭނެ. އެއީކީ އަޅުގަނޑުގެ މޮޅުކަމަކުންނެއް ނޫން، އެއީ މަނިކުފާނު މި ދާއިރާއަށް ކޮށްދެއްވި މަސައްކަތް،” ދޮންބިލެއް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ދޮންބިލެއް ގެ އަރިހުން އެދިލައްވާފައިވާއިރު އޭނާ އަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގައި ހުންނެވި މެންބަރެއްކަން ފާހަގަކޮށްލަންޖެހެއެވެ. ނަމަވެސް ފަހުން އޭނާ ވަނީ ސަރުކާރު ފަޅިއަށް ޖެހިވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.