ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
28 May 2023 | 17:10
ސަރުކާރުގެ މަގާމުތަކުގައި ތިބި، ދަ ޑިމޮކްރެޓްސްގެ މެންބަރުން ވަޒީފާއިން ވަކިކޮށްފި

އެމްޑީޕީގެ ސްލޮޓްގައި ސަރުކާރުގެ މަގާމުތަކަށް އައްޔަން ކުރި މެންބަރުންގެ ތެރެއިން އެ ޕާޓީން ކެނޑެމުންދާ މެންބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އެގޮތުން އެމްޑީޕީގެ ސްލޮޓްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެވުނު މުހައްމަދު އަންސާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގެ ޕާޓީ، "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރުމާއި ގުޅިގެން އޭނާ ވަނީ މަގާމުން ވަކިކޮށްފަ އެވެ. 

އަދި މީގެ އިތުރުން އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން އާއި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އާޝިޔަތު އަލައިކާ އަދުނާން ވެސް މިއަދު ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ. އަލައިކާ އާއި ހަމްދާނަކީ ދެމަފިރިންނެވެ. އެ ދެ ބޭފުޅުން ވެސް ވަނީ މިދިޔަ ހަފްތާގައި ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރައްވާފައެވެ.

މިކަމާއި ގުޅޭ ގޮތުން، ވޮއިސް އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެމްޑީޕީ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ މިހާރު އެ ޕާޓީގެ މެންބަރުން ނޫން ކަމަށް އެ ޕާޓީން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން، އެ ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސީ މަގާމު ތަކަކީ، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރެއްގެ ދަށުން އުފައްދާ މަގާމުތަކަށް ވާއިރު، އެ މަގާމުތަކަށް މީހުން އައްޔަނު ކުރައްވަނީވެސް ސަރުކާރުންނެވެ. 

އެމްޑީޕީ ދެބައިވެ، ޕާޓީ ތެރެއިން "ފިކުރެއްގެ ދިރުން" ފެކްޝަން އުފެދުމާއި އެކުވެސް އެ ފެކްޝަނުގައި އަމަލީގޮތުން މަސައްކަތް ކުރަމުން އަންނަ ގިނަ މެންބަރުން ވަނީ މަގާމުން ވަކިކޮށްފައެވެ. އޭރު އެ މެންބަރުން ޕާޓީން ވަކިވެސް ނުވެއެވެ. އޭރު ސަރުކާރުން ބުނީ، އެފަރާތްތައް މަގާމުން ވަކިކުރީ، ސަރުކާރުގެ ސިޔާސަތު ތަކަށް ފާޑުވިދާޅުވާ ބަޔަކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް މަގާމުތަކުގައި ނުބެހެއްޓޭނެކަމަށް ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.