ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމު/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
28 May 2023 | 23:35
އަޅުގަނޑަށް އޮންނަ އެންމެ ބޮޑު ޔަގީންކަމަކީ ރައީސް ވިދާޅުވެއްޖެއްޔާ ކުރައްވާނެކަން: ޙަލީމް

ރައީސުލްޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ދޭތެރޭ އެންމެ ބޮޑަށް އޮންނަ ޔަގީންކަމަކީ އެމަނިކުފާނު ވަކިކަމެއް ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެނަމަ އެކަން ފުއްދަވާދެއްވާނެކަމުގެ ޔަގީންކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަލީމު (ދޮންބިލެއް) ވިދާޅުވެއްޖެ އެވެ. 

މެމްބަރު ޙަލީމު މިފަދައިން ވިދާޅުވެފައިވަނީ ފ. ފީއަލީގައި އިމާރާތްކުރެވުނު އިންޖީނުގެއާއި އޮފީސް އިމާރާތް އަދި އައިސް ޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން މެމްބަރު ވިދާޅުވީ ފީއައްޔަކީ އާބާދީ ބޮޑު ރަށަކަށް ނުވާތީ އެ ރަށުގައި ރައްޔިތުންނަށް ބޭނުންޖެހިފައި ހުރި ކަންކަން ނުފުދި ނުރި ނަމަވެސް އެ ކަންކަން ކުރެވޭނެ ކަމުގެ އުންމީދު ރައްޔިތުންގެ ނެތްކަމަށެވެ. 

ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ކެމްޕޭނަށް ރަށަށް އަރާވަޑައިގެން އެކި ފަރާތްތަކާއި ދެކެވުނު ވާހަކަތަކުން ފީއަލީ ރައްޔިތުން ބޭނުންޖެހިފައިވާ ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންގެ ނެތްކަން ފާހަގަކުރެވުނުކަމަށް ޙަލީމު ވިދާޅުވި އެވެ. 

އެހެން ނަމަވެސް އޭނާ ވިދާޅުވީ، އޭރު ވެސް ރައީސް ޞާލިހު ރަށްތަކުގެ މެދުގައި ތަފާތު ނުކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމަށާއި، އެމަނިކުފާނު ކޮށްދެއްވާނެކަމަށް ވިދާޅުވެއްޖެ ނަމަ ނުވަތަ ވައުދުފުޅެއް ވެއްޖެނަމަ އެ ވައުދު ފުޅު ފުއްދާދެއްވާނެކަމުގެ ޔަގީންކަން ވެސް އޮތްކަމަށެވެ. 

"ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވި ގޮތަށް މިރަށުގެ ބިން ހިއްކިގެންދާނެކަން އަޅުގަނޑު ޝައްކެއް ނުކުރަން. މިހާތަނަށް އަޅުގަނޑަށް އޮންނަ އެންމެ ބޮޑު ޔަގީންކަމަކީ ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއްޔާމު އެގޮތަކަށް އެކަން ހިނގާކަން. މީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. މިއީ ރާއްޖޭގެ ހުރިހާ ކޮޅަކުން ވެސް ފެންނަން ހުރި ހަގީގަތެއް" 

ބިލެއްދޫ މެމްބަރު ޙަލީމު

ޙަލީމު ވިދާޅުވީ މި ވެރިކަމުގައި ފީއައްޔަށް އައިސްފައިވާ ކުރިއެރުންތަކަށް ބަލާއިރު ރައީސް ޞާލިހަށް އޮތް އިތުބާރު އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ. އޭނާގެ ވާހަކައިގައި ވަނީ ފީއަލީގައި މި ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ވެސް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން ފީއަލީގައި ފެނާއި ކަރަންޓުގެ ޚިދުމަތް ގާއިމްކުރެވިގެންދާއިރު، ކޭބަލް ނެޓުވޯކެއް ގާއިމްކުރެވިފައިވާކަން ވެސް ޙަލީމު ފާހަގަކުރެއްވި އެވެ.

އަދި އައިސް ޕްލާންޓެއް ހަދައި، ފީއަލީގެ ބިން ހިއްކުމުގެ މަޝްރޫއަކީ ރައްޔިތުން އުންމީދުކޮށްގެން ތިބި މަޝްރޫއުތަކެއް ނޫން ކަމަށާއި، އަދި އެ މަސައްކަތްތަކުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އެތައް ގޮތަކުން ލުއި ފަސޭހަކަން ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ޙަލީމު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.