ދަ ޑިމޮކްރެޓްސް ގެ އިސް މެންބަރުން-- ފޮޓޯ/ ވޮއިސް
ހަބަރު
29 May 2023 | 10:22
މަގާމުތަކުން ވަކި ކުރަނީ ޕާޓީއަށް މެންބަރުން އިތުރުވާތީ، ބިރު ދައްކަން: ދަ ޑިމޮކްރެޓްސް

ސަރުކާރުގެ މަގާމުތަކުގައި ތިބި މެންބަރުންގެ ތެރެއިން ދަ ޑިމޮކްރެޓްސް އަށް ސޮއި ކުރާ މެންބަރުން މަގާމުން ވަކިކުރަނީ އެ ޕާޓީގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ކަމަށް އެ ޕާޓީން ބުނެފި އެވެ. 

އެމްޑީޕީގެ ސްލޮޓްގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް އައްޔަނު ކުރެވުނު މުހައްމަދު އަންސާރުއާއި، އެމިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް މުހައްމަދު ހަމްދާން އާއި ހޯމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރ އާޝިޔަތު އަލައިކާ އަދުނާން "ދަ ޑިމޮކްރެޓްސް" އަށް ސޮއި ކުރުމާއި ގުޅިގެން ވަނީ އިއްޔެ ވަޒީފާ އިން ވަކިކޮށްފައެވެ.

އެކަން ކުށްވެރިކޮށް ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނެއްގައި ވަނީ އެއީ  ނާއިންސާފު އަދި ބިރުދެއްކުމުގެ ޢަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ. 

އަދި އިއްޔެ މަގާމުން ވަކިކުރެވުނު އާސިޔަތު އަލައިކާ ޢަދްނާންއާއި، މުޙައްމަދު ޙަމްދާން އަދި އަންޞާރު ޢަބްދުއްސައްތާރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެންޕެއިންގައި ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ އިތުރުން ކެންޕެއިން ރޭވުމާއި ހިންގުމުގެ އިސް ޙަރަކާތްތެރިން ކަމަށާ، އަދި ފަންނީގޮތުންނާއި، ޢިލްމީގޮތުން ޤާބިލު، ހީވާގިކަމާއެކު މަޤާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އުފުލަމުންދިޔަ ބޭފުޅުން ކަމަށް ބަޔާނުގައި ވެއެވެ. 

މިއާއެކު އެ ބަޔާނުގައި ބުނީ، ސިޔާސީގޮތުން ޚިޔާލު ތަފާތުވުމުން ތަޢުލީމާއި ތަޖުރިބާގެ ގޮތުން ޤާބިލު ފަރާތްތަކަށް ޚިދުމަތްކުރުމުގެ ފުރުސަތު ބަންދުކުރުމަކީ ޤައުމުގެ މުސްތަޤްބަލަށް އެޅޭ ހިޔަންޏެއް ކަމަށާ އެއީ މިވެރިކަން ގެންނަމުން ނުކުރާންކަމަށް ވަޢުދުވީ ކަމެއް ކަމަށެވެ. 

"9 ސެޕްޓެންބަރު 2023 އަށް ތާވަލުކޮށްފައިވާ ރިޔާސީ އިންތިޚާބުގައި ސަރުކާރުގެ މައި ކޯލިޝަން ޕާޓްނަރަކުވެސް ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދު ނުކުރައްވާނެ ކަމަށާއި، ރިޔާސީ ރޭހަށް ނުކުންނަވާނެކަން އިޢުލާންކުރައްވާފައި ވެއެވެ. އަނެއް ކޯލިޝަން ޕާޓްނަރަކުވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ އިންތިޚާބުގައި ތާޢީދެއް ނުކުރެއްވިއެވެ. އެހެނަސް އެޕާޓީތަކުގެ މެންބަރުން ތިބީ ސިޔާސީ މަޤާމުތަކުގައި، އާރާއި ބާރު ހިންގުމުގައެވެ. އެއްވެސް މެންބަރަކަށް އިންޒާރުދީ، ވަތްކެއް ނުކުރެއެވެ." ދަ ޑިމޮކްރެޓްސް ގެ ބަޔާނުގައިވެއެވެ.

އެހެންކަމުން ދަ ޑިމޮކްރެޓްސް ގެ މަޤާމުން ވަކިކުރި ސިޔާސީންނަކީ ކޮންމެހެން ރައީސުލްޖުމްހޫރިއްޔާއަށް ތާޢީދުނުކޮށްގެން ވަކިކުރި ބައެއް ނޫން ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، އެއީ ދަ ޑިމޮކްރެޓްސްގެ ތާޢީދާއި، މެންބަރުން އިތުރުވާ މިންވަރު ފެނި، އިންޒާރު ދިނުމަށާއި، ބިރުދެއްކުމަށް ވަކިކުރި މީހުން ކަމަށެވެ. އަދި އެއީ އެ ޕާޓީއަށް ފައުޅުގައި ތާޢީދުކުރުން ހުއްޓުވުމުގެ ނިޔަތުގައި ކުރިކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"ދަ ޑިމޮކްރެޓްސް ދެކޭގޮތުގައި މިމަގުން މަޤާމުތަކުން ވަކިކުރަމުން ދިޔުމުން ރަމްޒުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ފިނޑިކަމެވެ. މިޕާޓީގެ މެންބަރުންނާމެދު ޒާތީވެ ތަޢައްސުބު ގެންގުޅޭ ކަމެވެ. ސަރުކާރުގެ އަނިޔާވެރިކަމާއި، ތަފާތުކުރުމާއި، ނަހަމައެވެ. ދަ ޑިމޮކްރެޓްސް އަށް ލިބެމުންދާ ހިފެހެއްޓުމެއްނެތް ތަރުޙީބާއި، ތާޢީދަށް އިތުރު ވަރުގަދަކަން މެނުވީ މާތްالله ގެ އިރާދަފުޅުން މިކަމަކުން ނުލިބޭނެއެވެ."

ސަރުކާރުގެ މަގާމު ތަކުގައި ތިބި އެ މެންބަރުން ވަކިކުރުމާއި ގުޅިގެން، ވޮއިސް އަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެމްޑީޕީ ސްލޮޓްތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ މިހާރު އެ ޕާޓީގެ މެންބަރުން ނޫން ކަމަށް އެ ޕާޓީން ސަރުކާރަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން، އެ ބޭފުޅުން މަގާމުން ވަކިކޮށްފައިވާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.