އެމްއައިބީގެ އައު ވެބްސައިޓް
ވިޔަފާރި
31 May 2023 | 20:16
އެމްއައިބީގެ ހިދުމަތަށް ބޮޑު ބަދަލެއް

އެމްއައިބީގެ ހިދުމަތަށް ބޮޑު ބަދަލެއް ގެންނާނެ އެބޭންކުގެ އާ ވެބްސައިޓް ލޯންޗުކޮއްފިއެވެ.

މި ވެބްސައިޓަކީ އެމްއައިބީގެ ހިދުމަތް ހޯދުމަށް ފަސޭހަ ވާނެގޮތަށް ކަސްޓަމަރުންގެ ބޭނުންތަށް ފަސޭހައިން ފުރިހަމަކޮއްލެވޭނެހެން ފަރުމާ ކޮއްފައިވާ ބަލާލަން ހިތްގައިމު ބޭނުންކޮއްލަން ފަސޭހަ ވެބްސައިޓެކެވެ. 

މައުލޫމާތެއް ހޯދަން ބޭނުންވާ ނަމަ މި ވެބްސައިޓް ވަރެއް ނެތެވެ. ފަސޭހަ ކަމާއިއެކު ޗެޓް ކޮއްލެވެއެވެ. އަދި އަމިއްލައަށް ކިޔާލާނެ އާންމު ސުވާލާއި ޖަވާބު މި ވެބްސައިޓުގައި ބައިވަރެވެ. މީގެ އިތުރުން އޭއައި ބޮޓް އާއި ޗެޓް ކޮއްލައިގެން ތަފާތު އެކި މައުލޫމާތު ހޯދޭނެއެވެ.އެމްއައިބީގެ ހިދުމަތެއް ހޯދަން ދެން ގުޅައިގެން ކިޔުގައި ހުންނާކަށް ނުޖެހޭނެއެވެ، 24 ގަޑިއިރު ޗެޓުމެދުވެރިކޮށް ކަސްޓަމަރ ސާވިސް ކުދިންނާއި ޗެޓު ކޮއްލެވޭނެއެވެ. ނުވަތަ ހަމަ އޭއައި ޗެޓް ބޮޓާއި ޗެޓު ކޮއްލަންވީއެވެ. އެހާވެސް ފަސޭހައެވެ.

ވިޔަފާރި ފުޅާކުރުމަށް ފައިނޭންސިން ފެސިލިޓީ އާއިބެހޭ އިތުރު މައުލޫމާތު ހޯދުމަށް މިވެބްސައިޓުގައި ގިނަ އާއްމު ސުވާލާއި ޖަވާބު ހިމަނައިފައިވެއެވެ. އިތުރު މައުލޫމާތު ބޭނުންވާނަމަ ބޭންކާއި ވާހަކަ ދައްކާލުމަށް ކޮންސަލްޓޭޝަން ސެޝަންއަކަށް މިވެބްސައިޓް މެދުވެރިކޮށް އެދެވިދާނެއެވެ.

އެމްއައިބީއަކީ ދިވެހިންގެ މެދުގައި މަގްބޫލުބޭންކެކެވެ. ހާއްސަކޮށް އެ ބޭންކުގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ ރާއްޖޭގެ އެންމެ މަގްބޫލުއެއް ރީޓެއިލް ފައިނޭންސިން ސްކީމެވެ. އެމްއައިބީއިން ވަނީ ދާދިފަހުން ފައިސާނެޓް އަޕްގްރޭޑުކޮށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ.

ކޮމެންޓް
ހުސައިން
ބޭންކް އޮފް މޯލްޑިވްސް ކަޑަވާނެ
31 May 2023
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.