ކުޅުދުއްފުށި އެއާޕޯޓް އަށް ރޭ ޖެއްސި ފްލައިޓް-- ފޮޓޯ/ އާރްއޭސީއެލް
ހަބަރު
01 Jun 2023 | 10:55
ކުޅުދުއްފުށި އެއާރޕޯޓަށް ރޭގަނޑުކުރާ ކޮމާޝަލް ދަތުރުތަކުގެ ފުރަތަމަ ފުލައިޓް ޖައްސައިފި

ގައުމީ އެއަރލައިން، މޯލްޑިވިއަން އިން ކުޅުދުއްފުށި އެއާރޕޯޓަށް ރޭގަނޑުކުރާ ކޮމާޝަލް ދަތުރުތަކުގެ ފުރަތަމަ ފުލައިޓް އެ އެއާރޕޯޓަށް ރޭ ޖައްސައިފިއެވެ.

ކުޅުދުއްފުށީ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ދަތުރުތައް ކުރޭނެ ގޮތަށް ރަންވޭގައި ބައްތި ޖަހާ ނިންމާ ޓެސްޓް ފްލައިޓް ޖެއްސީ މިމަހު 13 ވަނަ ދުވަހު އެވެ.

އެއަށްފަހު މިހާރު ކޮމާޝަލް ރޭގަނޑު ފުލައިޓް ދަތުރު އެ އެއާރޕޯޓަށް މޯލްޑިވިއަނުން ފަށާފައިވާ ކަމަށް އެ އެއާޕޯޓް ހިންގާ  ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ (އާރްއޭސީއެލް) ވަނީ ބުނެފަ އެވެ. 

ކުޅުދުއްފުށި އެއާޕޯޓް އަށް ރޭ ޖެއްސި ފްލައިޓް-- ފޮޓޯ/ އާރްއޭސީއެލް

ކުޅުދުއްފުށި އެއާރޕޯޓްގައި ގާއިމުކުރި ލައިޓިން ސިސްޓަމަކީ، ލެޑް ސިސްޓަމެއް ކަމަށާއި އޭގެ ސަބަބުން ދިމާވާ މައްސަލަތަށް މަދުވެ ލައިޓުތަކުގެ އުމުރު ދިގުވުމުގެ އިރުތުން ލައިޓިންއަށް ހޭދަވާ ކަރަންޓު ހަރަދު ވަރަށްބޮޑަށް ކުޑަވާނެ ކަމަށް އާރްއޭސީއެލް އިން ބުނެއެވެ.

އާރްސީއޭއެލްއިން ބުނީ ރޭގަނޑު ފްލައިޓް ޖައްސަން ފެށުމާއެކު ކުޅުދުއްފުށި އެއާރޕޯޓުން ދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުވާނެ ކަމަށާއި މިކަމުގެ ސަބަބުން ކުޅުދުށްފުށްޓާއި ކައިރި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބި ރޭގަނޑު ވައިގެ މަގުން ދަތުރުކުރުމަށް މަގުފަހިވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
އިސްރާއީލުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވުން ހުއްޓާލަންޖެހޭ
ކެނެޑާއިން ބުނީ މިފަދަ އާބާދީތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ތަންތަން ކަމަށާއި، މީގެ ސަބަބުން ސަރަހައްދުގެ ސުލްހައާއި، ސަލާމަތާއި އަދި ހަމަޖެހުމަށް އޮތް ފުރުސަތުތަކަށް ބުރޫއަރާ ކަމަށެވެ
29 Jul 2026
ބީއެމްއެލްއިން ސަފާރީ އުޅަނދުތަކަށް ޚާއްޞަ ލޯނު ސްކީމެއް ތައާރަފުކޮށްފި
ފައިސާ އަނބުރައި ދެއްކުމަށް ހަތް އަހަރުގެ ދިގު މުހުލަތެއް ލިބޭ މި ލޯނުގެ ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ފާހަގަކޮށްލެވޭ ކަމަކީ ވަކި ތާވަލެއް ކަނޑައެޅުމުގެ ބަދަލުގައި ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ރިޢާޔަތްކޮށް ފައިސާ ދެއްކޭ ގޮތް ހަމަޖައްސައިފައިވާ ކަމެވެ.
29 Jul 2026
ގަމުން ގެއްލުނު ޒުވާނާ ފެނިއްޖެ
29 Jul 2026
30،000 ޑޮލަރު ހަލާކުވި މައްސަލައެއްގައި ފުލުހުންގެ އޮފިސަރަކު ވަކިކުރަނީ
އެއީ 30،000 ޑޮލަރެވެ. އެ ޑޮލަރުތައް އަތުލައިގަނެފައިވަނީ، 2019 ވަނަ އަހަރު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައެވެ.
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.