ރޭގެ ޖަލްސާގައި އުމަރު ވާހަކަދައްވަނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
03 Jun 2023 | 10:01
ދިވެހިން އަތުން 45،000 އަކަ ކިލޯމީޓަރު ގެއްލުވާލަން ބާރުއެޅީ ތިންވަނަ އެހެން ގައުމަކުން: އުމަރު

ދިވެހިންގެ އަތުން 45،000 އަކަ ކިލޯ މީޓަރު ގެއްލިގެން ގޮސްފައިވާ ކަމަށާ، އެބައި މޮރިޝަސް އަށް ލިބުނީ އެހެން ތިން ވަނަ ގައުމެއްގެ ނުފޫޒުން ކަމަށް ރާއްޖޭގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. 

ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި)ގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ވަނީ ރާއްޖޭގެ ދެކުނު 47،232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ރާއްޖެއަށް ލިބޭގޮތަށް ނިންމާފައިވާއިރު މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯ މީޓަރެވެ. އިޓްލޮސްގެ ގެ އެ ނިންމުމުގެ ސަބަބުން ރާއްޖެއިން މީގެ ކުރިން މަސްބާނަމުން އައި ސަރަހައްދުން އެ 45،331 ގެއްލިފައިވާ ކަމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެހެނީ، ރާއްޖޭގެ ދެކުނުން އެ އޮންނަ 200 މޭލަކީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށާއި އެ ތަން އިތުރު ބަޔަކަށް ދިނުމުގެ ހައްގެއް ނޯންނާނެ ކަމަށާ، ދެން އަންނަ ވެރިކަމެއްގައި އެބައި ހޯދާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ. 

އެ މައްސަލަ އާއި ގުޅިގެން އިދިކޮޅު ޕާޓީ ތަކުން އުފައްދާފައިވާ "ކަނޑުވިއްކުމާއި ދެކޮޅު އިއްތިހާދު"އިން ރޭ ބޭއްވި “ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު” ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ އިޓްލޮސް އިން ނިންމި ނިންމުމާއިއެކު ރާއްޖެއަށް ބޮޑު ބައި ލިބުނު ކަމަށް ސަރުކާރުން ވިދާޅުވާއިރު، ހަގީގަތުގައި ރާއްޖެއަށް ލިބުނު އެއްޗެއް ނެތް ކަމަށެވެ. އަދި ލިބުނު އެއްޗެއް ލިބުނީ މޮރިޝަސް އަށް ކަމަށާ، އެބައި މޮރިޝަސް އަށް ދިނުމަށް ބާރު އެޅީ ތިންވަން "އެހެން ގައުމަކުން" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހި ސަރުކާރުން ހުރިހާ މަސްވެރިންގެ ހައްގުތައް ދޫކޮށްލުމަށްފަހު، މޮރިޝަސްއަށް ކަނޑު ހަވާލުކޮށްފައިވާކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ދިވެހިންގެ އަތުން 45،000 އަކަ ކިލޯ މީޓަރު ގެއްލުނީ، އެއީ ހަގީގަތަކީ އަޅުގަނޑުމެންނަކަށް ލިބުނު އެއްޗެއް ނެތް. އެ 45،000 ކިލޯމީޓަރު ލިބުނީ މޮރިޝަސްއަށް. އެކަމަށް ބާރު އެޅީ ތިން ވަނަ އެހެން ގައުމަކުން.

އުމަރު ނަސީރު 

މިއާއެކު އުމަރު ވަނީ، ކޮންމެ ބަޔަކު ވެރިކަމުގައި އޮތް ނަމަވެސް މި މައްސަލަ ނިމިގެންދާނީ މި ވަކާލާތުކޮށް އެ ނިންމިގޮތަށް ކަމަށް ސަރުކާރުން ބުނާ ބުނުމަށްވެސް ރައްދު ދެއްވާފައެވެ. އެގޮތުން ވިދާޅުވީ، ރާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު މި މައްސަލައިގައި ފުށުއަރާ ކަނޑުގެ ސަރަހައްދަކީ، އެއީ މޮރިޝަސްގެ ސަރަހައްދެއްކަމަށް ގަބޫލުކޮށްފައި ނެތުންކަމަށެވެ. ނަމަވެސް މި ސަރުކާރުން އިޓްލޮސްގައި މި މައްސަލަ ކުރިއަށްދަނިކޮށް، މޮރިޝަސްއަށް ސިޓީއެއް ފޮނުވާ، އެ ކަނޑަކީ މޮރިޝަސްގެ ކަނޑެއްގެ ގޮތުގައި ނިންމާފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

އަދި އިޓްލޮސްގެ ނިންމުން ގަބޫލުނުކޮށް އެތައް ސަރުކާރުތަކުން އެ މައްސަލަތައް ތަންފީޒު ނުކޮށް ބާއްވާފައި އެބައޮތް ކަމަށާ އިޓްލޮސްގެ ނިންމުމަކަށް ވާނީ ދިވެހި ސަރުކާރުން އެކަން ގަބޫލު ކުރީމަ ކަމަށާއި މިއަދު ދިވެހި ސަރުކާރުން އެ ގޯސް ހަދާފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ. 

މީހަކާއި އިންނަން ރަން ކިއިދާނެ، ރަން ގަބޫލުކުރީމަ ރަން ރަނަކަށް ވާނީ. އެހެން ނޫނީ ނުވާނެ ރަން ރަނަކަށް، އިޓްލޮސްގެ ނިންމުން ނިންމުމަކަށް ވާނީ ރާއްޖެއިން އެކަން ގަބޫލުކުރީމަ.

އުމަރު ނަސީރު 

މީގެ އިތުރުން ވެސް، ޗާގޯސް މައްސަލާގައި ރާއްޖެއިން ވަކާލާތު ކުރީ އެހެން ގައުމަކުން ނުފޫޒު ފޯރުވައިގެން ކަމަށް އުމަރު އެ ވިދާޅުވި ވިދާޅުވުމަށް ބާރުދޭ އެހެން ކަންކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ މި ގައުމުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލްކުރަނީ އެ ވިދާޅުވާ "އެހެން ގައުމަކުން" ކަމަށާ، އެ ގައުމުގެ ސިފައިންވެސް ރާއްޖޭގައި އެބަތިބިކަމަށެވެ.

"މި މައްސަލަ އިން އަޅުގަނޑުމެންނަށް ޔަގީންވާ ކަމަކީ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ގައުމަކުން ކަން. މި ސަރުކާރު ފެށުނީއްސުރެ ބުނަން ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރަނީ އެހެން ގައުމަކުންނޭ. މިތަނަށް ސިފައިން ބާލައި ހެލިކަޕްޓަރު ދުއްވައި ކޮން ގަނޑެއްތޯ މި ގަންނަނީ؟ އަޅުގަނޑުމެންނަށް މިކަން ނޭނގިގެން ނޫޅެމޭ. އަޅުގަނޑު މާ ބޮޑަކަށް ތިލައެއް ނުކުރާނަން."

މީގެ އިތުރުން ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްނޫންކަމަށް ރާއްޖެއިން ގަބޫލުކުރުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަމިއްލަވަންތަކަން ދައްކުވައިދޭކަމެއްކަމަށާ، އެ އަމިއްލަ ވަންތަ ސިޔާސަތު ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި އެންމެހާ ވެރިންވެސް ދެމެހެއްޓެވި ކަމަށް އުމަރު ވިދާޅުވިއެވެ. އަދި އެ ސިޔާސަތު މި ސަރުކާރުން ބަދަލުކުރީ ކޮން ބިރިޔާނީއެއް ކެވިގެން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އުމަރު ވާހަކަދައްވަނީ-- ފޮޓޯ/ ޕީޕީއެމް

މިއަދު ދުނިޔޭގައި ތިއްބެވި ހުރިހާ ރައީސުން، ރައީސް މައުމޫނު، ނަޝީދު، ވަހީދު، ޔާމީން ހުރިހާ ބޭފުޅުން ވަނީ މި ސިޔާސަތު ވަނީ ހިފަހައްޓަވާފަ. އަޅުގަނޑުމެން މި ދޫ ނުދީ ހިފަހައްޓާފަ ވަނީ. ކޮން ބިރިޔާނީއެއް ކައިގެންތޯ ދޫކޮށްލެއްވީ. އަޅުގަނޑުމެންނަށް އިނގޭ ބިރިޔާނީ ލެވިކަން.

އުމަރު ނަސީރު 

އުމަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ރާއްޖޭގެ ހުރިހާ ވެރިން ނަގަހައްޓަމުން އައި ސިޔާސަތެއް އެހެން ގައުމެއްގެ ނުފޫޒުގައި ޖެހި ދޫކޮށްލައްވާފައިކަމަށެވެ.

"ފުއްގަނޑެއް ހެން މޮޑެވޭ ރައީސުން ގައުމުތަކަށް އަންނަ ގަޑީގައި ބޮޑެތި ގައުމުތަކުން ވަދެ، ފުއްގަނޑެއް ހެން މޮޑޭނެ. އެހެންވެގެން ގައުމުތަކުގެ ވެރިންނަށް ބާރުގަދަ މީހުން ގެންނަން ޖެހެނީ." މީގެ ކުރިންވެސް ރާއްޖެ އިނގިރޭސިންގެ އަތް ދަށަށް އައި ގޮތުގެ ހާދިސާ ކިޔައި ދެއްވަމުން އެކަމުން މިސާލު ނަންގަވަމުން އުމަރު ވިދާޅުވި އެވެ. 

އުމަރު ވިދާޅުވީ ޗާގޯސްއަކީ ހަގީގަތުގައި ދިވެހިންގެ ތަނެއްކަން މިހާރު ސާފުވެއްޖެކަމަށާއި، އެހެންކަމުން މިތަން ދޫކޮށްލައިގެން ނުވާނެކަން ދިވެހިންނަށް އެނގޭކަމަށް އުމަރު ވިދާޅުވިއެވެ. އަދި ދެން އަންނަ ސަރުކާރަކުން ފޯޅަވަހި ދިވެހި ދައުލަތަށް ނަގަން ދައުވާ ކުރައްވާނެ ކަމަށާ ގެއްލުނު ކަނޑުގެ ބައި ވެސް ހޯއްދަވާނެ ކަމުގެ ޔަގީން ކަން އުމަރު ވަނީ ދެއްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.