ދަ ޑިމޮކްރެޓްސް ގެ އިސް ބައެއް ބޭފުޅުން -- ފޮޓޯ/ އަވަސް
ހަބަރު
03 Jun 2023 | 19:22
ރައީސް ޞާލިހުގެ ވެރިކަން އިންތިހާބަކުން ބަލިކުރާނަން: ދަ ޑިމޮކްރެޓްސް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން އިންތިހާބަކުން ބަލިކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ޕާޓީ "ދަ ޑިމޮކްރެޓްސް" އިން ބުނެފިއެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ ދަ ޑިމޮކްރެޓްސްއަށް ސޮއި ކޮށްފައިވާ، ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ގުޅައިގެން ވަޒީފާގެ ބިރު ދައްކާ ކަމަށެވެ.

"މިހާވަރަށް މިކަމުގެ ތެރެއަށް ވަދެ މި ޕާޓީ އުފެއްދިޔަ ނުދިނުމަށް ކުރާ މަސައްކަތް. ޝައްކެއްނެތް، ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަން، އިންތިހާބަކުން އަޅުގަނޑުމެން ބަލިކުރާނަން" އިލްޔާސް ލަބީބް ވިދާޅުވިއެވެ.

އޭނާ ވިދަޅުވީ ދިވެހިރާއްޖޭގެ ރައްޔިތުން ތިބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ދެވަނަ ދައުރެއް ދޭގޮތަކަށް ނޫން ކަމަށެވެ. އަދި ދަ ޑިމޮކްރެޓްސް އުފައްދާފައި ވަނީ އެމްޑީޕީން ކުރަމުންދާ ހަޑި، ހުދުމުހުތާރު ކަންކަމުން ނުކުމެ، ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމަށް ކަމަށެވެ.

ކިތައްމެ ހުރަހެއް އެޅިޔަސް، އަދި ކިތަންމެ ގޮންޖެހުމެއް ކުރިމަތިވިޔަސް، އަދި ކިތަންމެ ބިރެއް ދެއްކިޔަސް ޕާޓީ އުފެއްދުމުގެ މަސައްކަތް ހުއްޓާ ނުލާނެ ކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ.

ކޮމެންޓް
އައިމިނަ
ރިޔާސީ އިންތިޚާބުގެ ކުރިން 3000 ހަމަނުވާ ޕާރޓީތަކުގެ ލިސްޓުގައި ވެގެން ޑަޑިމޮކްރަޓިކް އުވޭނެކަމަށް ފެނެއެވެ.
03 Jun 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.