ދަ ޑިމޮކްރެޓްސް ގެ ޖަގަހަ ހުޅުވުން-- ފޮޓޯ/ ޓުވިޓާ
ހަބަރު
08 Jun 2023 | 09:07
އެމްޑީޕީ ހަރުގެ ޑިމޮކްރަޓްސްއަށް ބަދަލުކޮށް އަލުން ހުޅުވައިފި

އެމްޑީޕީ ހަރުގެ ދަ ޑިމޮކްރަޓްސްއަށް ބަދަލުކޮށް އަލުން ހުޅުވައިފިއެވެ.

ބޮޑުތަކުރުފާނު މަގުގައި، އާޓިފިޝަލް ބީޗު ކުރިމަތީގައި ހުންނަ ހަރުގެ އެމްޑީޕީ އަތުން އަތުލައި، ބިމުގެ ވެރިފަރާތުން ދަ ޑިމޮކްރެސްޓްއާ ހަވާލު ކޮށްފައިވަނީ މިދިޔަ މަހުގެ ފަހުކޮޅުއެވެ.

އެޔާއެކު ތަނުގައި ހުރި ރީނދޫ ކުލައިގެ ބަދަލުގައި ހުދުކުލަ ލައި، ތަނބުތަކުގައި ނޫކުލަ ލުމަށްފަހު ޑިމޮކްރެޓްސްއިން ވަނީ ރޭ އެތަން ރަސްމީކޮށް ހުޅުވައި ހަރަކާތްތައް ފަށާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާފައިވާ "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަން ލަޠީފަށް އީސީން ހުއްދަ ދިނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.

އެ ޕާޓީން ވަނީ ހަފްތާއެއްގެ ތެރޭގައި ޖުމުލަ 3,560 މީހުންގެ ފޯމު އިލެކްޝަންސް ކޮމިޝަނާއި ހަވާކޮށްފައެވެ. 

މިކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސް އިން ބުނީ، އިލެކްޝަންސް ޕާޓީ ރެޖިސްޓާ ކުރުމުގެ މަރުހަލާގައި ބަލާނީ ހަމައެކަނި ސައްޙަ 3000 ފޯމުކަމަށްް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި 3000 ހަމަވުމުން ދެންް ހުންނަ ފޯމުތައް އެެ މަރުހަލާގައި  ނުކުރާނެ ކަމަށާއި، އިތުރަށް 560 ފޯމު ލާފައިވަނީ 3000 ފޯމުުގެ ބެކަޕްއަށް ކަމަށެވެ. 3000 ހަމަވެފައި ދެން އިތުރުވާ ފޯމުތައް، ޕާޓީ ރެޖިސްޓްރީ ކުރުމަށްފަހު ދަފްތަރުގައި ހިމަނާނެކަމަށްވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެއެވެ. 

އަދި ފޯމުތައް ވެރިފައިކޮށް އީސީއިން ހުއްދަ ދިނުމާއިއެކު އެ ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް އެކި ރަށްރަށަށް ދަތުރު ފަށާނެ ކަމަށާ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސްގެ ފަރާތުން ކެމްޕެއިން ވެސް ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕާޓީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވަނީ އިއުލާނު ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.