އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް-- ފޮޓޯ/ ވޮއިސް
ހަބަރު
08 Jun 2023 | 12:35
'ކަލްޓް' ސިފަ ކެނޑެމުންދާ ވަރަކަށް ޕާޓީއަށް ވަންނަ މީހުން ގިނަ ވާނެ: ރޮޒެއިނާ

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން މިހާރު ދަނީ ކަލްޓް ސިފަ ކެނޑެމުން ކަމަށާއި، އަދި އެ ސިފަ ކެނޑެމުންދާ ވަރަށް ޕާޓީއާ ގުޅޭ މެންބަރުން ވެސް އިތުރުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެންޕެއިން އެމްޑީޕީން މިހާރު ފަށާފައިވާއިރު، ކެމްޕެއިންގެ ތެރެއިން ޕާޓީ ބޮޑު ކުރުމުގެ މަސައްކަތް ވެސް އެ ޕާޓީން އަންނަނީ ކުރަމުންނެވެ. އެގޮތުން 12 ދާއިރާ އަކުން އެޕާޓީއާ އަލަށް ގުޅުން 2،500 މެމްބަރުންގެ ފޯމް ޕާޓީގެ ސެކްރެޓޭރިއަޓާއި ހަވާލުކޮށްފައިވާ ކަމަށް އެ ޕާޓީން އިއްޔެ ވަނީ މައުލޫމާތު ދީފައެވެ. 

އެކާމާއި ގުޅިގެން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަލްޓް ސިފަ ކެނޑެމުންދާ ވަރަށް އެ ޕާޓީއަށް ވަންނަ މީހުންވެސް އިތުރުވަމުންދާނެ ކަމަށާ، ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށެވެ.  އަދި މިއަހަރުުގެ ރިޔާސީ އިންތިހާބުވެސް އެއްބުރުން އެ ޕާޓީ ކާމިޔާބު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެމްޑީޕީން 'ކަލްޓް' ސިފަ ކެނޑެމުންދާ ކަމަށް ރޮޒައިނާ ވިދާޅުވެފައި މިވަނީ، އެޕާޓީގައި ތިބި، މެންބަރުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަފާތެރި މެންބަރުންތައް ޕާޓީން ވަކިވެ، 'ދަ ޑިމޮކްރެޓްސް'ގެ ނަމުގައި ޕާޓީއެއް އުފެއްދުމާއި ގުޅިގެން ކަމަށް ބެލެވެއެވެ. 

ޗެއާޕާސަން އިންތިޚާބުގެ ފެށުމުގެ ކުރިންވެސް ދެކަފިވާން ފެށި އެމްޑީޕީ، އެ އިންތިހާބަށްފަހު، އިތުރަށް ދެކަފިވެގެން ދިޔައެވެ. އެއަށްފަހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ތެރެއިން ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް އެތައް ގުނަ އަކަށް އިތުރުވެގެންގޮސް، ޕްރައިމަރީ އަށްފަހު ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރާ މެންބަރުން ވަނީ ޕާޓީގެ ތެރެއިން، ފިކުރެއްގެ ދިރުން ނަމުގައި އިތުރު ގޮތްޕެއްވެސް ހަދާފައެވެ. 

އެފަހުންވެސް، އެ މެންބަރުން ސަރުކާރަށް ފާޑުވިދާޅުވެ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ދެކޮޅު ހަދަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ވަފާތެރި މެންބަރުން ދިޔައީ ބުނަމުންނެވެ. އަދި އެ ސަބަބުތަކާއި ހުރެ، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެ ޕާޓީން ވަކިވެސް ވަނީ ކޮށްފައެވެ. އެއާއެކު ފެނިގެން ދިޔައީ ފިކުރެއްގެ ދިރުން ފެކްޝަނުގެ އެހެން މެންބަރުންވެސް ޕާޓީން ވަކިވެ އައު ޕާޓީއެއް ހަދާކަން އިއުލާން ކުރި ތަނެވެ. 

އެ މެންބަރުން އެމްޑީޕީން ވަކި ވުމުން، އެކަމާއި ހިތްހަމަ ޖެހުނު މިންވަރު ސިފަ ކުރައްވައި ޕާޓީގެ ޗެއާޕާސަން ފައްޔާޟް އިސްމާއިލް ވިދާޅުވީ، "ހީވީ ރިހޭ ދަތެއް އުފުލެވުނުހެން" ކަމަށެވެ. 

އެމްޑީޕީގެ ރައީސް، ނަޝީދަށް ތާއީދު ކުރާ މެންބަރުން ޕާޓީން ވަކިވި ނަމަވެސް އެމަނިކުފާނު އަދިވެސް ހުންނެވީ އެ ޕާޓީގައެވެ. 

ކޮމެންޓް
ރިޒު
ސަޅި.މިހާރުވެސް ފެންނަނި ގޭންގު ސްޓާރެއް ފޯމުތަށް ހަވާލުކުރާތަށް.
08 Jun 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.