އިނގުރައިދޫ-- ފޮޓޯ: މާލިކް
ހަބަރު
08 Jun 2023 | 21:21
އިނގުރައިދޫގައި ސްލިޕްވޭއެއް ހަދަން ބިން ދޫކުރަން ހުޅުވާަލައިފި

ރ. އިނގުރައިދޫގައި ސްލިޕްވޭއެއް ހަދަން ބިން ދޫކުރަން އެރަށު ކައުންސިލުން ހުޅުވާަލައިފިއެވެ. 

އެރަށު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، އޮޑި ދޯނިފަހަރު މަރާމާތުކުރުމަށްޓަކައި ފަސޭހަ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން، ސްލިޕްވޭއެއް ހެދުމަށް 35 އަހަރުގެ މުއްދަތަށް ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.  

އެގޮތުން ސްލިޕްވޭ އެޅުމަށް މިހާރު ހުރި ބިމުން 118130 އަކަފޫޓު ގެ ސަރަޙައްދެއް ކަނޑައެޅިފައިވާ ކަމަށާއި އަދި 452676 އަކަފޫޓުގެ ގެ ބިމެއް މޫދުން ހިއްކެންއޮތްކަމަށް އިނގުރައިދޫ ކައުންސިލުން ބުންޏެވެ.

ނަމަވެސް އެ ބިން ހިއްކަން ބޭނުންނަމަ ހިއްކަން ހަމަޖެހިފައި ވަނީ ޕްރޮޖެކްޓް ލިބޭ ފަރާތުންނެވެ.

އިނރުގައިދޫ ކައުންސިލުން އިތުރަށް ބުނީ، ހިއްކާ ބިމަށް ކުލި ހިނގާނީ ބިން ހިއްކާނިމި ބޭނުންކުރަންފަށާތާ ދެ އަހަރު ދުވަސް ވުމުން ކަމަށެވެ.

ބިމުކުލީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ އަކަފޫޓަކަށް ފަސް ލާރި އެވެ. އަދި ކޮންމެ ފަސް އަހަރަކުން ބިމުކުލީގެ ރޭޓަށް އަކަފޫޓަކަށް 10 ލާރި އިތުރުވާނެ ކަމަށް އިނގުރައިދޫ ކައުންސިލުން ބުނެއެވެ. 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

އެހެންކަމުން އެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާގައި  އެކަމަށް އެދި ނަން ނޯޓް ކުރުމަށް އެ ކައުންސިލުން ކުރި އިއުލާނުގައި އެދިފައިވެއެވެ.

ބައްދަލުވުން ބާއްވާނެ ތާރީޚާއި، ތަނާއި އަދި ގަޑި، ނަންނޯޓް ކުރައްވާފަރާތްތަކަށް ވަކިން އެންގުމަށް ވަނީ ހަމަޖެހިފައެވެ.      ސްލިޕްވޭ ހެދުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، އަންނަ މަހުގެ 09 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެ އިދާރާއަށް ހުށަހެޅުމަށް އިނގުރައިދޫ ކައުންސިލްގެ އިދާރާއިން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.