މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޓުވީޓާ
ހަބަރު
10 Jun 2023 | 10:40
އެމްޑީޕީ އަކީ ވަގުންގެ ނެޓްވޯކެއް; އެ ނެޓްވޯކް ފުނޑާލައި، ރާއްޖެ ސަލާމަތްކުރާނީ ޑިމޮކްރެޓުން: އިމްތިޔާޒް

ސަރުކާރު ހިންގާ މައި ޕާޓީ, އެމްޑީޕީ މިހާރު ވަނީ ވަގުންގެ ނެޓްވޯކް އަކަށް ވެފައި ކަމަށާ، އެ ނެޓްވޯކް ފުނޑާލައި، ދިވެހި ގައުމު ސަލާމަތް ކުރާނީ ދަ ޑިމޮކްރެޓްސް ޕާޓީން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ހިންގި އިމާރާތުގެ ރީނދޫ ކުލަަ ހުދު ކުލައަށް ބަދަލުކޮށް، ދަ ޑިމޮކްރެޓްސްގެ ނަން ބޯޑު ޖަހައިގެން ރޭ ވަނީ އެތަނުގައި ދަ ޑިމޮކްރެޓްސް ގެ ފުރަތަމަ ޖަލްސާ ބާއްވާފައެވެ. 

އެ ޖަލްސާގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އެމްޑީޕީގެ އެ މައި ޖަގަހަގެ ވެރިފަރާތުން އެމްޑީޕީއަށް އެތަން ދިން މުއްދަތު ހަމަވުމުން، ސިއްރިއްޔާތުގައި ވެސް އެތަން ހޯދުމަށް ކޯޓު އަމުރު ނެރުމުގެ މަސައްކަތް އެމްޑީޕީން ކޮށްފައިވާ ކަމަށެވެ. އަދި އެޕާޓީއަށް "ބައި ބައި" ކިޔަންޖެހުނީ އެފަދަ ކޮރަޕްޝަންގެ އަމަލުތަކާއި ހުރެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ބައި ބައި. ދި ވަގުންގެ ނެޓްވޯކް. ދިވެހިރާއްޖޭގެ ރައްޔިތުންގެ އިތުބާރުވަނީ އެމްޑީޕީއަށް ގެއްލިފައި. އެހެންވީމާ އަޅުގަނޑުމެން، އާ ރުހަކާއި އެކުގައި، އާ ހިތްވަރާއިއެކުގައި، އާ އަޒުމަކާއި އެކުގައި, މި ރާއްޖެ ސާފު މަގަށް ގެނެސްދިނުމަށްޓަކައި ދަ ޑިމޮކްރެޓްސް މި އުފެއްދީ މި ބޭނުމުގައި. އިރާދަކުރެއްވިޔާ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ކާމިޔާބު ލިބޭނެ." 

އިމްތިޔާޒް ފަހުމީ 

މިއާއެކު އިމްތިޔާޒް ވިދާޅުވީ، މީގެ ކުރިންވެސް ސިޔާސީ މައިދާނުގައި އޮތް ބިރުވެރިކަމުގެ ތެރެއިން، އެމްޑީޕީގެ އެ މައި ހަރުގެއަށް ވަދެ ތަގުރީރު ކުރައްވަން ކެރުނު އެކަނި އެކަކީ އޭނާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެސް މީގެ ކުރިން ވިދާޅުވެފައި ވާ ކަމަށާ، މިހާރުވެސް އޭނާ ހުރީ އެގޮތުގައި ކަމަށެވެ. 

އިރާދަކުރެއްވިޔާ މި ޚުދުމުހުތާރު، މި އަނިޔާވެރި ސިފައެއްގައި ވެރިކަންކުރާ، އަދި މި އިންސާފާއި ހަމަހަމަކަން ނަގާލަމުންދާ ވައްކަނުގެ ނެޓްވޯކުގެ ކިބައިން އަޅުގަނޑުމެން، ޑިމޮކްރެޓްސް ނުކުމެ ސަލާމަތް ކުރާނަން މިގައުމު. އިރާދަކުރެއްވިޔާ އަޅުގަނޑުމެން ކާމިޔާބު ކުރާނަން. 

އިމްތިޔާޒް ފަހުމީ 

މީގެ އިތުރުންވެސް އިމްތިޔާޒް ވަނީ، އެމްޑީޕީގެ ތެރެއަށް އެހެނިހެން ޕާޓީ ތަކުގެ ފިކުރު ވަދެ، ޕާޓީގެ އެންމެ އިސްކޮށް އުޅުއްވާ ބައެއް މެންބަރުން ވެސް ނޭނގެ ފަރާތްތައް ޕާޓީގެ ނަމުގައި ރައްޔިތުންގެ މަޖިލީސް ތަމްސީލް ކުރައްވަމުންދާކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ތަކުރާރުކޮށް ވިދާޅުވަމުން ދިޔައީ އެމްޑީޕީއަކީ ވަގުންގެ ނެޓްވޯކެއް ކަމަށެވެ. 

"އެމްޑީޕީއެއް ނޫން މިހާރު އެ ހިނގަނީ. އެއީ ވަގުންގެ ނެޓްވޯކް. އަދި އެ ނެޓްވޯކް އަޅުގަނޑުމެން ފުނޑާލާނަން. ދަ ޑިމޮކްރެޓްސްގެ ނުކުމެ އިރާދަކުރެއްވިއްޔާ، އެމްޑީޕީއާއި، މި ރާއްޖެއިގައި މި ހިނގާ ނާއިންސާފުން މި ގައުމު ސަލާމަތްކޮށްދޭނަން،" 

އިމްތިޔާޒް ފަހުމީ 

އިމްތިޔާޒް އިތުރަށް ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް "ތަބަކުން ވެރިކަން ދެއްވައި" އަދި އެއަށް ފަހު މަޖިލީހަށް މެމްބަރުން ހޮވުމަށް މުޅި ގައުމުގައި ނަޝީދު ދަތުރު ކުރައްވައި، އެމްޑީޕީއަށް ސުޕަ މެޖޯރިޓީ ހޯދައިދިނީމައި ވެސް ގޮއްވާލީ ބޮމެއް ކަމަށެވެ. އަދި މިހާތަނަށް އައިއިރު އެ މަނިކުފާނަށް އެކަމުގައި އިންސާފު ލިބިވަޑައިނުގަންނަވާ ކަމަށާއި އެހެންވެ، ނަޝީދަށް އިޝާރާތްކޮށް ޗުއްޕު ވެސް ބުނުމުގެ ހައްގު ލިބިގެންވޭތޯ އޭނާ ސުވާލު ކުރެއްވި އެވެ.

އަދި ރައީސް ޞާލިހުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ނަޝީދުގެ ހިތްވަރަށް ވަރަށް ބޮޑަށް އިންތި ވަނީ ތައުރީފް ކުރައްވައިފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި
މީކާއީލް އިންތިހާބު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް ބުންޏެވެ.
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
05 Jun 2026
ޒުވާން ޝުރުތިކާ މަރުވިއިރު ހޮޓެލުން ޗެކްއައުޓްވާން އޮތީ އެންމެ 30 މިނެޓް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަޝްހޫރު ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް (ޓީ.އައި.އެސް.އެސް) އިން ދަސްވެނިވި އުމުރުން 25 އަހަރުގެ ޝްރުތިކާ ބަރަންވާލް ވަނީ މަރުވެފައެވެ.
05 Jun 2026
އަންހެނަކު، ރޭޕްކުރި ދެ މީހަކު މަރަން ޕާކިސްތާނު ހައިކޯޓުން ހުކުމް ކޮށްފި
ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ލާހޫރު-ސިއާލްކޮޓް މޮޓޯވޭގައި، ތިން ދަރިންގެ ކުރިމަތީގައި ފްރެންޗް އަންހެނަކު ރޭޕްކުރި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ މަރުގެ ހުކުމް ލާހޫރުގެ ހައިކޯޓުން ބުދަ ދުވަހު ދަމަހައްޓައިފިއެވެ.