ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް---ފޮޓޯ: އެމްޑީޕީ
ހަބަރު
10 Jun 2023 | 11:40
ރައީސް ނަޝީދު ސިކުނޑި ބޭނުން ކުރަން އިނގޭނަމަ ވެރިކަމުގެ ދައުރެއް ނިންމާނެ ބުއްދި ހުރީސް: ރޮޒައިނާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިކުނޑި އެއް އިނދެގެން އެބޭނުން ކުރަން އިނގޭނަމަ އެމަނިކުފާނުގެ ވެރިކަމުގެ 5 އަހަރުގެ ދައުރު ނިންމާނެ ބުއްދި ހުުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ކުރިން އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ހިންގި އިމާރާތުގައި، ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއިން ރޭ ބޭއްވި އެ ޕާޓީގެ ފުރަތަމަ ޖަލްސާގައި ރައީސް ނަޝީދު އެ މަނިކުފާނުގެ ސިކުނޑި ބޭނުން ކުރައްވާނީ ރާއްޖެއަށް އިންގިލާބީ ބަދަލާއި ތަސައްވުރު ގެންނަވަން ކަމަށާއި، "ކަރާމާތުގެ ދުލި އެލުވަައިގެން" ސެލްފީ ނެންގެވުމަށް ނޫން ކަމަށް އެ ޕާޓީއިން ބުނުމުން އެ ކަމަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ރައީސް ނަޝީދަށް ފާޑު ވިދާޅުވަމުން ކުރެއްވި ޓްވީޓުގައި ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދުގެ ސިކުނޑި އެއް އިނދެގެން އެބޭނުން ކުރަން އިނގޭނަމަ މަޖިލީހުގެ ރައީސް ކަން ދިނުމުން އެމަނިކުފާނުގެ އިތުބާރު 5 އަހަރު ވަންދެން ހިފަހައްޓާނެ ބުއްދި ހުންނާނެ ކަމަށެވެ.

އަދި އެމްޑީޕީގެ އާންމު މެމްބަރުންގެ އިތުބާރުވެސް ހިފެއްޓުނީސް ކަމަށެވެ.

މިއާއިއެކު ކުރި އެހެން ޓްވީޓެއްގައި ރޮޒައިނާ ވިދާޅުވީ ރައީސް ނަޝީދު ގެ ހުރި ސިކުނޑިއެއް ބޭނުން ކުރައްވަނީ އެމަނިކުފާނުގެ އަމިއްލަ އެދުން ފުއްދާނެ ގޮތްގޮތް ހޯދަން ކަމަށެވެ.

އަދި މީހުންގެ މަޝްވަރާ އަޑު އެހުމެއް ނެތި، ހުރިހާ ކަމެއް ވާން ޖެހެނީ އެމަނިކުފާނު ބޭނުން ގޮތަކަށް ބޭނުން އިރަކު ކަމަށެވެ.

"އޭނީ ފެއިލް ވާން ދިމާވާ ސަބަބު. ނަމުން ޑިމޮކްރަޓިކް ކަމުން އޮޓޮކްރަޓިކް ވީމަ." ރޮޒައިނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރަން 54 މެންބަރުންގެ ސޮއިއާ އެކު ބުދަ ދުވަހު ވަނީ ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ މެންބަރުންގެ އިތުރުން އަމިއްލަ ބައެއް މެންބަރުން ވެސް ހިމެނެއެވެ. އެއީ؛

1) ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް

2) ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުالله 

3) ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރު 

4) ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު

އަމިއްލަ މެންބަރުން ނަޝީދު ވަކިކުރަން ސޮއި ކުރި އިރު، އެމްޑީޕީ ބައެއް މެންބަރުން އެމަނިކުފާނު ވަކިކުރަން ސޮއި ކޮށްފައެއް ނުވެއެވެ. އެއީ؛ 

1) ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޖަމްޝީދު މުހައްމަދާއި

2) ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް)

3) ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް)

4) ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު 

5) އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ)

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ