ޔާސިރު ޢަބްދުއްލަތީފް ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ޓުވީޓާ
ހަބަރު
10 Jun 2023 | 11:42
އަނެއްކާވެސް ރަންނަމާރި އަރަން ފަށައިފި؛ އެ ރަންނަމާރި ގެންދަނީ އަންހެންދަރިންގެ ފުރާނައެއް ނޫން: ޔާސިރު

އަނެއްކާވެސް ދިވެހިރާއްޖެއަށް ރަންނަމާރި އަރައިފި ކަމަށާއި، މިއަދު އެ ރަންނަމާރި ގެންދަނީ، އަހަރެމެންގެ އަންހެން ދަރިންގެ ފުރާނަ ނޫން ކަމަށް ކުޅުދުއްފުށީ ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ހިންގި އިމާރާތުގެ ކުލަ ބަދަލުކޮށް، ދަ ޑިމޮކްރެޓްސްގެ ނަން ބޯޑު ޖަހައިގެން އެ ޕާޓީގެ ފުރަތަމަ ޖަލްސާގައި ރޭ ބާއްވާފައިވާއިރު، އެ ޖަލްސާގައި ޔާސިރުގެ ވާހަކަ ފެއްޓެވީވެސް ރަންނަމާރި ވާހަކައިންނެވެ. އަދި ރަންނަމާރިގެ ކިބައިން ރާއްޖެ ސަލާމަތް ވެގެންދިޔައީ އަބުލް ބަރަކާތުލް ބަރުބަރީގެ މަސައްކަތްޕުޅުގެ ސަބަބުންކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

މިއަދު އަނެއްކާވެސް ރަންނަމާރި އަރައިފި. ހަގީގަތުގައި މިއީ އަޅުގަނޑުމެން އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް. މިކަމާއި ކުރިމަތިލާންޖެހޭނީ ކިހިނެއްތޯ އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް. މިއަދު ރަންނަމާރި އަރާ ގެންދަނީ ހަމައެކަނި އަޅުގަނޑުމެއް ބޮޑުކުރާ އަންހެން ކުއްޖާއެއް ނޫން. އެކުއްޖާގެ ފުރާނައެއް ނޫން. މިއަދު ރަންނަމާރި އަރާ ގެންދަނީ އަޅުގަނޑުމެން އެންމެން، ތުއްޕުޅު އިރުންފެށިގެން، އަޅުގަނޑުމެން ނުހަނު ރަނގަޅަށް ތައުލީމަށް ޚަރަދު ކޮށްގެން، ކިޔަވައިދީގެން ރަނގަޅު ވަޒީފާއެއް އަދާކުރާނެ ކަމަށް ބަލައިގެން ބޮޑުކުރާ ކުއްޖާގެ ވަޒީފާގެ ހައްގު. މިއަދު ރަންނަމާރި އަރާ ގެންދަނީ އެންމެ ކުޑައިރުންފެށިގެން އެކިއެކި އުނދަގުކުތެރޭގައި ދަރިން ބޮޑުކޮށްގެން އައިސް، މާދަމާ ގޯއްޗެއް ލިބޭނެ ކަމުގެ އުއްމީދުގައި ހުރި މީހާގެ އުއްމީދު. މިއަދު ރަންނަމާރި ގެންދަނީ އަޅުގަނޑުމެން އެތައް މަސައްކަތަކުން މިރާއްޖޭގައި ބިނާކުރި އިޖުތިމާއީ ރައްކާތެރިކަމުގެ ހައްގުތަކުގެ ތެރެއިން އަޅުގަނޑުގެ ބޮޑުދައިތައަށް ލިބޭ އައިނު ހެއްދުމުގެ ހައްގު. މިއަދު ރަންނަމާރި ގެންދަނީ އަޅުގަނޑުމެން ބަލި ވެއްޖެއްޔާމުން ލާން އޮތް ވެންޓިލޭޓަރ ގަނޑު. މިއަދު ރަންނަމާރި އަރާ ގެންދަނީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ މުސްތަޤްބަލް. 

ޔާސިރު ޢަބްދުއްލަތީފް

ޔާސިރު ވިދާޅުވީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އިންގިލާބެއް ގެނައުމަކީ ފަސޭހަ ކަމެއް ނޫންކަމަށާ، އެއީ ރައްޔިތުން އިންތިހާއަށް ބުރަ މަސައްކަތް ކޮށްގެން ގެނެވޭ އެއްޗެއް ކަމަށެވެ. އަދި ދުނިޔެއަށް މިހާތަނަށް އައިސްފައިވާ ކޮންމެ އިންގިލާބެއް ވެސް ގެނެސްފައިވަނީ، އަނިޔާވެރިކަމާއި، ފިއްތުންތަކުން ސަލާމަތްވެ މިނިވަންކަން ހޯދުމަށް ކަމުގައި އޭނާ ވިދާޅުވި އެވެ. 

މިއާއެކު ޔާސިރު ވިދާޅުވީ، މިއީ އަތް އުރާލައިގެން ތިބެންވީ ވަގުތު ނޫން ކަމަށާ ދިވެހިންގެ އަތުން އަތުލާފައިވާ އިޖުތިމާއީ ހަމަޖެހުމުގެ ވެށި އަލުން އަނބުރާ ހޯދައި ދިނުމަށް ޑިމޮކްރެޓްސް ޕާޓީން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހައްގުތައް އޭގެ ހައްގުވެރި ފަރާތްތަކަށް ލިއްބައިދޭ ޕާޓީއަކަށް އެ ޕާޓީވާނެ ކަމަށްވެސް ޔާސިރު ވިދާޅުވި އެވެ. 

ކޮމެންޓް
އަޙްމަދު
ކަލޭ އުޑުގަ ޖެހިފަ ބިމުގަ ޖެހުނަސް ދެން ކ.ނަޝީދަކަށް މިގައުމުގަ ވެރިކަމެއް ނުލިބޭނެ.
10 Jun 2023
ސައްލާ
ކޮން ވާހަކައެއް...ޑުރަގާއި ލާދީނިއްޔަތު ގެނެވޭނީ...!
10 Jun 2023
ހަނިމާދޫ ހަސަން
ބުހުތާން ދޮގު ޑިމޮކްރަޓްސް އަކީ ދޮގާ މަކަރާއި ހީލަތް
11 Jun 2023
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.