ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު -- ފޮޓޯ/ ވޮއިސް
ހަބަރު
10 Jun 2023 | 23:47
"14 އަހަރުގެ ކުއްޖަކު، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރުމުގެ ކުރިން، 191 ފަހަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭ"

އުމުރުން އެންމެ 14 އަހަރުގެ ކުއްޖަކު، މަރުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު އިރު، އޭގެ ކުރިން އެކުއްޖާ އެކި ކުށްތައް ކޮށްގެން 191 ފަހަރު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން މިރޭ ގެނެސްދެމުންދާ، އިލްމީ ބަހުސް ޕްރޮގްރާމް ގައި މަރުގެ އަދަބު ތަންފީޒުކުރުމާއި ގުޅިގެން ވާހަކަދައްކަވަމުން، ޢާޒިމާ ވިދާޅުވީ، ރާއްޖޭގައި މިހާތަނަށްވެސް މަރުގެ އަދަބު ތަންފީޒު ނުކުރެވިފައިވާ ގިނަ ސަބަބުތަކެއް ވާކަމަށެވެ. އެގޮތުން، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާ ތަކާއި ގުޅިގެން އަންނަ ފިއްތުންތައް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ މިސާލެއްގެ ގޮތުގައި އޭބާ ފާހަގަކުރެއްވީ މަރުގެ އަދަބު ތަންފީޒުކުރުމާއި ދެކޮޅަށް ޔޫއެން ނުވަތަ އދ ގައި ނަގާ ވޯޓެވެ.

2007 ވަނަ އަހަރުން ފެށިގެން 7 ފަހަރު އެ ވޯޓު ނަގާފައިވާކަން ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ، އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހުގެ މިސަރުކާރުން އދ. ގައި ވަކާލާތު ކުރައްވަމުންދަނީ މަރުގެ އަދަބު ދިނުމާއި ދެކޮޅަށް ކަމަށެވެ.  

ދިވެހިރާއްޖޭގައި މީގައި ނަގާ ޕޮސިޝަނަށް ބަލާއިރު، މިހާރު ދިވެހިރާއްޖޭގައި މިއޮތް ސަރުކާރު މި ފެންނަނީ މަރުގެ އަދަބާއި ދެކޮޅަށް އދ ގައި ވަކާލާތު ކުރައްވާ ސަރުކާރެއްގެ ގޮތުގައި. މިމައްސަލާގައި ހުރިހާ ސަރުކާރަކުން ގަބޫލުކުރާ އެއް ޕޮސިޝަނެއް އޮތް ކަމަކަށް އަޅުގަނޑަށް ފާހަގައެއް ނުކުރެވޭ. 

ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު 

އާޒިމާ ވިދާޅުވީ، މަރުގެ އަދަބު ދިނުމާއި ދެކޮޅަށް އެންމެ ގިނައިން ވަކާލާތުކުރާ އެމެރިކާ ފަދަ ގައުމުތަކުގައިވެސް، ކުށްތައް މަދުކޮށް ކޮންޓްރޯލް ކުރުމަށް މަރުގެ އަދަބު ތަންފީޒުކުރާ ކަމަށެވެ. އެގޮތުން، އެމެރިކާގެ 27 ސްޓޭޓެއްގައި މަރުގެ އަދަބު ދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން ވެސް ސިންގަޕޫރުގައިވެސް މަސްތުވާތަކެތީގެ މައްސަލަ ތަކާއި މަރުގެ މައްސަލަ ތަކުގައި އަދަބެއްގެ ގޮތުގައި މަރުގެ އަދަބު ދީ އެކަން ތަންފީޒުކުރަމުންދާ ކަމަށް އާޒިމާ ވިދާޅުވި އެވެ. އަދި އެގައުމަކީ ކުށް މަދު، އަމާން ތަނެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު، އެއީ ކުށްތަކަށް ހަރުކަށި އަދަބު ދޭ ގައުމެއްކަންވެސް އާޒިމާ ފާހަގަކުރެއްވިއެވެ.

އާޒިމާ އިތުރަށް ވިދާޅުވީ، ދިވެހިރަާއްޖޭގެ އަވަށްޓެރި އިންޑިޔާ، ޕާކިސްތާން، ބަންގްލަދޭޝް ފަދަ ގައުމުތަކުގައިވެސް ރޭޕް ފަދަ ކުށްތަކަށް މަރުގެ އަދަބު ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން، ވަރަށް ގިނަ ގައުމުތަކުގައި ކުށްތައް ކޮންޓްރޯލް ކުރުމަށް މަރުގެ އަދަބު މިހާރުވެސް ދެމުންދާކަން އާޒިމާ ފާހަގަކުރެއްވިއެވެ.

މިއާއެކު ރާއްޖޭގެ ކުށުގެ ވެއްޓަށް ނަޒަރު ހިންގާލަމުން އާޒިމާ ވިދާޅުވީ، ރާއްޖޭގައި ކުށްކުރުން ގިނަވެ، ހާލަތު ގޯހުން ގޯހަށް ދާ ކަމަށެވެ. އެގޮތުން، މަރުގެ މައްސަލަތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. މީހުން އިހާނަތި ގޮތްގޮތަށް މަރާފައި، އެއްލާލުމާއި، މީހުންގެ ކުރިމަތީގައި އަނެކާގެ ފުރާނަ ދުއްްވާލުންފަދަ ކަންކަން ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް އިތުރު ވަމުންދާއިރު، އެއީ ކުށްތަކުގެ ނުރައްކާތެރިންކަން އިންތިހާއަށް މަތިވަމުންދާ ކަން ދޭހަކޮށްދޭ ކަންކަން ކަމަށް އާޒިމާ ވިދާޅުވި އެވެ. 

"2018 އާއި ހަމައަށް އެކުލަވާލެވިފައިވާ ތަފާސް ހިސާބުތަކުން، ދިވެހިރަާއްޖޭގައި އެންމެ ގިނަ ފަހަރަށް އޭރު ހައްޔަރު ކޮށްފައި ހުރީ، 26 އަހަރުގެ މީހެއް. އޭނާ އެހާ ހިސާބަށް 90 ފަހަރު ހައްޔަރު ކޮށްފައިވާ ކަމަށް މައުލޫމާތު ތަކުން ފެންނަން އެބަހުރި. މަރުގެ މައްސަލައެއްގައި ޝާމިލްވި އެންމެ ކުޑަ ކުއްޖާގެ އުމުރަކީ އޭރު (2018) ގައި އަޅުގަނޑުމެން ބަލާލިއިރުގައި 14 އަހަރު. އެހާ ހިސާބަށް ދިޔައިރު އޭނާ ފުލުސް އޮފީހަށް ހާޒިކޮށް، މަގުމަތިން ހިފަހައްޓައި، ފުލުހުންގެ އެޓެންޝަން އަށް 191 ފަހަރު އައިސްފައި އެބަހުރި."

ކުރީގެ ބަންޑާރަ ނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު 

އާޒިމާ ވިދާޅުވީ، ސިޔާސީ މަޝްރަހުގައި ހިމެނޭ ފަރާތްތައް ޑިމޮކްރަސީ އާއި ގާނޫނު އަސާސީ އާއި، މިނިވަންކަމާއި ކަންކަން ރާއްޖެއަށް ގެނައުމުގައި އަވަދިނެތި އުޅެމުންދާއިރު، ކުށްތައް ބޮއްސުންލާ، ކުށްކުރުން ހުއްޓުވުމުގެ ސިސްޓަމް އެއްކޮށް ހަލާކުވަމުންދާ ކަމަށެވެ. އަދި ކުށްތައް މަދުކުރުމަށް އެދެވޭ އުސޫލުތައް ކަނޑައެޅުމަށް މަސައްކަތް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކޮމެންޓް
ނަކްސާ
ކަމަނާ މިފަހަރު ތިޔަ ވިދާޅުވީ 100އަށްވުރެވެސް މަތީގެ ވާހަކައެއް
11 Jun 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.