މާލެ ފެހި އައުޓްލެޓް ހުޅުވި ދުވަހު ޑރ. މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ހަބަރު
11 Jun 2023 | 21:33
މާލޭ ޕާކިންގް މައްސަލަ ހައްލު ނުވަނީ ޕާކިންގް ބިލްޑިންގް އަޅަށް ސަރުކާރުން ހުރަސް އަޅާތީ: މޭޔަރު މުޢިއްޒު

މާލޭ ޕާކިންގް މައްސަލަ ހައްލު ނުވަނީ ޕާކިންގް ބިލްޑިންގް އަޅަށް ސަރުކާރުން ހުރަސް އަޅާތީ ކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ކާރާއި ސައިކަލު ޕާކިންއަށް ތަފާތު ކުރާތީ، އެކަމާ އަލީ ރަމީޒު ނުރުހުން ފާޅުކޮށް، ކޮށްފައިވާ ޓުވީޓަށް ދިން ރައްދެއްގައެވެ.

ޕާކިންގް މައްސަލައިގައި އަލީ ރަމީޒު ބުނީ، ސައިކަލުވެސް ދުއްވަނީ ބަރާބަރަށް އަހަރީ ފީ ދައްކައިގެން ކަމަށާއި ނަމަވެސް ސައިކަލު ޕާކު ކުރުމަށް އެކަށީގެންވާ ވަރަށް ޖާގަ ނެތް ކަމަށެވެ.

"އަޅުގަނޑުމެންވެސް ސައިކަލް މި ދުއްވަނީ ގަވާއިދުން އަހަރުން އަހަރަށް ފީތައް ދައްކައިގެން. މާލޭގައި ސައިކަލު ޕާކު ކުރާނެ ޖާގައެއް ހޯދުމަކީ އިންތިހާއަށް އުނދަގޫކަމެއް. ޖާގަ ނުލިބިގެން ބައެއް ފަހަރަށް ކޮށި ވަށާ ދެތިންބުރު ޖަހަން އެބަޖެހޭ. ޕާކް ކުރާނެ ޖާގަ ނުލިބުނީމަ ދެން ޕާކު ކުރަން މަޖުބޫރުވަނީ ގަވާއިދާ ހިލާފަށް" 

އަލީ ރަމީޒު ބުންޏެވެ.

އެއާ ޚިލާފަށް ކާރުތައް ގަރާޖުގައި ރަޖިސްޓްރީ ކޮށްފައި ހުންނައިރުވެސް އަދި ކާރުތަކަށް ޕާކިންގް ޒޯން ދޫކުރާ ކަމަށް އަލީ ރަމީޒު ބުންޏެވެ.

"ސުވާލަކީ ބައެއް ޕްރައިވެޓް ކާރާއި ޓެކްސީތަކުގެ ނަންބަރުބޯޑު ބިންމަތީގައި ޖަހާފައި އެމީހުންނަށް ޕާކިން ޒޯން ކުއްޔަށް ދީ، ހާއްސަ ކޮށްދޭއިރު، އެ ފުރުސަތު ސައިކަލްތަކަށް ނެތީ ކީއްވެތޯ؟" 

އަލީ ރަމީޒު ސުވާލު އުފެއްދިއެވެ.

އޭނާ ބުނީ މަގުތަކަކީ ވަކި ބައެއްގެ މިލްކެއް ނޫން ކަމަށެވެ.

"އެއީ އެންމެންގެ ހައްގެއް. ކޮންމެ ކާރަކަށް ގަރާޖެއް ރަޖިސްޓްރީ ކޮށްފަ އޮންނައިރުވެސް މަގުމަތިން ޕާކިން ޒޯން މިދެނީ ކާރަށް. ވަކި ބަޔަކަށް ވަކި ހާއްސަ އިމްތިޔާޒުތަކެއް ދީފަ މިވަނީ ކީއްވެތޯ؟" އަލީ ރަމީޒް ބުނެފައި ވެއެވެ.

އެ ޓުވީީޓަށް ރިޕްލައި ކުރަމުން މުއިއްޒު ވިދާޅުވީ، މާލޭގައި އިމާރާތް ކުރަން ތައްޔާރުވި ޕާކިންގް ބިލްޑިންގްއަށް ސަރުކާރުން ހުރަސް ނޭޅި ނަމަ، މަދުވެގެން 6 ޕާކިންގް ބިލްޑިންގް މާލޭގައި އިމާރާތް ކުރެވިފައި ހުންނާނެ ކަމަށެވެ.

"މާލޭގެ ޕާކިންގް މައްސަލަ ހައްލު ނުކުރެވި ލަސްވަނީ ޕާކިންގް ބިލްޑިންގްތައް އެޅުމަށް ކައުންސިލްއިން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ހުރަސްއަޅަމުން ގެންދާތީ" 

މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިިދާޅުވީ، މަގުމަތިން ކުއްޔަށްދޭ ސްލޮޓްތަކަކީ ޕާކިންގް ބިލްޑިންގްތަކުގެ ތެރެއަށް ބަދަލު ކުރުމަށް އޭރުވެސް ނިންމާ އިއުލާނު ކުރެވިފައިވާ، ވަގުތީ ސްލޮޓްތަކެއް ކަމަށެވެ.

ކޮމެންޓް
ހޮޅިބެ
ފަސް އަހަރުގެ ދައުރެއް ހައުސިން މިނިސްޓަރެއްގެ ގޮތުގަ ހުރެ ނިންމާލި އިރު ތިބުނާ ކަމަކަށް ހުރަސް އެޅީ ކާކުބާ؟
12 Jun 2023
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.