ހަށިވިއްކަނިކޮށް ފުލުހުން ހައްޔަރު ކުރި ބައެއް-- ފޮޓޯ/ ޕޮލިސް
ހަބަރު
12 Jun 2023 | 13:02
ހަށިވިއްކުމުގެ ތުހުމަތުގައި ހައްޔަރު ކުރި އެކަކު ބުނީ ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ ހޭދަކޮށްލަން ކަމަށް

ފުޅާ ދާއިރާއެއްގައި ހަށި ވިއްކާ ކަމަށް ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން އެއް އަންހެނަކު ރާއްޖެ އައީ ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރަން ކަމަށް އޭނާ ބުނެފިއެވެ.

ބަންގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ އެމްއެސްޓީ ބްރިސްޓީ އަހްތަރު ނަމަކަށް ކިޔާ އެ މީހާ ފުލުހުން ހައްޔަރު ކޮށްފައި ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.

އެ އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް، ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރުމުން، އޭނާ ދިން ބަޔާނުގައި ވާގޮތުން، އެމީހާ ރާއްޖެ އައީ ޓޫރިސްޓް ވިސާގައި ފިރިމީހާއާ އެކު ޗުއްޓީ ހޭދަކުރާށެވެ. 

ނަމަވެސް ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އަންހެން މީހާ ބުކިން ހެދި "ތްރީ އިން ހޮޓެލް" އަށް އޭނާއެއް ނުދެއެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރެވުނު ތަނަކީ ގެސްޓްހައުސްއެއް ގޮތަށް ބޭނުން ކުރަމުންދާ ތަނެއް ނަމަވެސް އެ ތަނަކީ ހުއްދަ ނަގައިގެން ހިންގާ ތަނެއް ނޫންކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

އަދި އެތަނުގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރިއަށް ގެންގޮސްފައި ވަނީ ދުރާލައި ރޭވިގެން ކަން ފުލުހުންނަށް ހޯދިފައިވާއިރު، އަންހެން މީހާގެ މައްޗަށް ތުހުމަތު ކޮށްފައިވާ ކުށަށް ކޮންމެވެސް ވަރަކަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެގޮތުން އިންޓެލިޖެންސް ރިޕޯޓާއި ހާދިސާ ރިޕޯޓާއި ތަހުގީގަށް ލިބިފައިވާ ބަޔާންތަކާ ހަވާލާދީ ފުލުހުން ބުނީ ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރުމުގައި ބައިވެރިވާ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. ހަށި ވިއްކާ ކަމަށް ބަލެވޭ ތަންތަން ބަލައިފާސްކުރިއިރު ހަށިވިއްކުމުގައި ގެންގުޅޭ ސާމާނު ގެސްޓް ހައުސްއެއްގެ ކޮޓަރިން ފެނިފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.

މި މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެ އަންހެން މީހާގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.