އެމްއާރްއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރޭއިން--
ހަބަރު
13 Jun 2023 | 15:44
ފާހިޝް ޢަމަލުތައް ޕްރޮމޯޓް ކޮށް އެކަންކުރާ މީހުންނަށް ހަމަހަމަ ކަމާއެކު ފިޔަވަޅު އަޅަން އެމްއާރްއެމް އިން ގޮވާލައިފި

ފާޙިޝް ޢަމަލުތައް ޕްރޮމޯޓްކޮށް، އެފަދަ ނުބައި ޢަމަލުތައް ކުރަމުންދާ ފަރާތްތަކާއި މެދު ހަމަހަމަ ކަންމަތީ ފިޔަވަޅު އެޅުމަށް އެމް.އާރް.އެމް އިން ގޮވާލައިފި އެވެ. 

ފާޅުކަން ބޮޑުގޮތެއްގައި ފާހިޝް ކަންކަން ޕްރޮމޯޓް ކުރަމުންދާތީ އެކަމާއި ގުޅިގެން އެމްއާރްއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިހާރަކަށް އައިސް، ފައިސާ ހޯދުމުގެ ނިޔަތުގައާއި އަދި އެހެނިހެން ގޮތް ގޮތުން، ދިވެހި މުޖުތަމަޢުގައި އެކިއެކި ފާޙިޝް ޢަމަލުތައް ޕްރޮމޯޓުކޮށް، އެއްވެސް ޖެހިލުމެއް ނެތި އެފަދަ ނުބައި ޢަމަލުތަކަށް ހިތްވަރުދޭ މެސެޖުތައް، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށެވެ. އަދި އެއީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެފަދަ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާ މެދު، ކަމާބެހޭ މުއައްސަސާތަކުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު ނޭޅި، މައްސަލަތައް ދިގުލައި ދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އެމްއާރްއެމް އިން ބުނެއެވެ.

"އެފަދަ ޢަމަލުތައް ފްރޮމޯޓްކޮށް، އެފަދަ ފާޙިޝް ޢަމަލުތަކުގައި ބައިވެރިވާ މީހުންގެ މައްސަލަ، އެއްވެސް އިސްތިސްނާއެއް ނެތި، ހަމަހަމަ އުޞޫލެއްގެ ދަށުން ކަމާއިބެހޭ މުއްސަސާތަކުން، ވީހާވެސް އަވަހަކަށް ބަލައި ޤާނޫނީ ފިޔަވަޅު އެޅުމަށް މި ޕާޓީއިން ގޮވާލަމެވެ."

މިފަދަ ޢަމަލުތަކަކީ ދިވެހި މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން ވީދި، މުޅި މުޖްތަމަޢު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިގެންދާނެ ބިރުވެރި ކަންކަން ކަމަށްވާއިރު އެއީ މާތް ވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު ކުޑަވެގެންދާނެ ކަންކަމެއް ކަމަށް އެ ޕާޓީން ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން، އެފަދަ ފާޙިޝް ޢަމަލުތައް ހުއްޓުމަށްޓަކައި މުޅި މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައި އެ ފާޓީން ދެކެއެވެ.

ވުމާއެކު މިހާރަށްވުރެ ޒިންމާދާރުވެ، އެފަދަ ފާޙިޝް ޢަމަލުތައް ހިންގުމަށް، އެއްވެސް ފަރާތަކަށް ޖާގަ ނުދިނުމަށާއި، އެފަދަ ކަންކަން ރާވައި ހިންގުމަށް ހިތްވަރުދީ މީސްމީޑިއާގައި މެސެޖުތައް ދައުރުކުރާ ފަރާތްތަކަށާއި، އަދި ފާޙިޝް ޢަމަލުތައް ހިންގުމުގައި ބައިވެރިވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅު އެޅުމަށް، އެ ޕާޓީން ކަމާބެހޭ މުއައްސަސާތަކަށް ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.