އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ކުރި މުޒާހަރާއެއްގެ ެތެރެރިން --
ހަބަރު
13 Jun 2023 | 23:14
ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ކާޑު ލިބުމަށް ދަތިވެދާނެ: އައިކޮމް

ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުމަށް ބުރުއަރައި، ކާޑުގެ ބާވަތްތައް ލިބުމަށް ދަތިވެދާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ހައި ކޯޓުން ބުނެފިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ބާރުގެ ދަށުން "ދިޔަރެސް" ނޫހުގެ ފަރާތުން އަހުމަދު އަޒާން ވަނީ، ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހޯދުމަށް އެދިފައެވެ.

ނަމަވެސް އެފަދަ މައުލޫމާތެއް ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ، އެ މައުލޫމާތު ހާމަ ނުކުރެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން އެ މައުލޫމާތު ހާމަ ނުކުރަން އައިކޮމްއިން ނިންމީއެވެ.

އައިކޮމްގެ ނިންމުން އިސްތިއުނާފު ކުރުމަށް އަޒާން ވަނީ ހައި ކޯޓުގައި އެދިފައެވެ. އަދި އެ މައްސަލައަށް ޑިފެންސް މިނިސްޓްރީގެ ފަރާތުން އޭޖީ އޮފީހުން ވަނީ ތަދައްހުލުވެފައެވެ.

އެ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި އައިކޮމްއިން ބުނީ، ހޯދަން އެދިފައިވާ މައުލޫމާތަކީ ކޮންޓްރެކްޓްގެ ތެރޭގައި ހިމެނޭ މައުލޫމާތު ކަމަށެވެ. އަދި ސިފައިންގެ ލަފާދޭ މަޖިލީހުގެ ފަރާތުން އެދިފައި ވަނީ އޭގެ ސިއްރު ހިފަހައްޓަން ކަމަށް އައިކޮމްއިން ބުންޏެވެ.

އަޒާން ހުށަހެޅި އިސްތިއުނާފީ ނުކުތާއެއްގައި ބުނެފައިި ވަނީ، އެ މައުލޫމާތު ގައުމީ ސަލާމަތާ ގުޅޭ ގޮތަކާއި އެ މައުލޫމާތު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވާނެ ގޮތެއް ބަޔާންކޮށް ނުދެވޭ ކަމަށެވެ.

އަދި އޭގެ ރައްދަކަށް އައިކޮމްއިން ބުނީ، އެ މައުލޫމާތު ހާމަކޮށްފިނަމަ ދެ ގައުމުގެ ދެމެދުގައިވާ އެއްވުމަކާ ހިލާފަށް އަމަލު ކުރުމުގެ ސަބަބުން ރާއްޖޭގެ އިޔާދަތަށް ގެއްލުމެއް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ގާނޫނުއަސާސީގައި މާނަކޮށްފައިވާ ދާރިއާގެ ތެރޭގައި ހިމެނޭ މައުލޫމާތެއް ދޫކުރުމުން ފޫ ނުބެއްދޭ ފަދަ ގެއްލުމެއް ފޯރުމުގެ ބިރު އޮތްނަމަ އެފަދަ މައުލޫމާތެއް ދޫ ނުކުރުމުގެ ބާރު ދައުލަތުގެ އިދާރާތަކަށް ލިބިގެންވާކަން މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި އޮންނަ ކަމަށް އައިކޮމްއިން ބުންޏެވެ.

މި މައްސަލަ ހައި ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ އިސްފަނޑިޔާރު ހުސެއިން ޝަހީދު، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުޒެއިފާ މުހައްމަދެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.