ކުރީގެ ބަންޑާަރަ ނައިބު އާޒިމާ ޝުކޫރު/ ފޮޓޯ: ވޮއިސް
ހަބަރު
16 Jun 2023 | 07:55
ރިޔާސީ އިންތިހާބުގައި ނާޒިމަށް ތާއީދު ކުރައްވަން އާޒިމާ ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ކެންޑިޑޭޓު މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމަށް ތާއީދު ކުރައްވަން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝުކޫރު ނިންމަވައިފިއެވެ.

އާޒިމާ މިކަން ހާމަ ކުރައްވާފައި ވަނީ އިއްޔެ އާއްމު ކުރެއްވި ނޫސްބަޔާނެއްގައެވެ.

އާޒިމާ ވިދާޅުވީ ނާޒިމަށް ތާއީދު ކުރަން ނިންމައި، އޭނާގެ ކެމްޕެއިނުގައި ރަސްމީކޮށް ބައިވެރިވާން ފަށާފައިވާ ކަމަށެވެ. ނާޒިމަށް ތާއީދު ކުރަން ނިންމާފައިވާ ސަބަބުތައް ވެސް އާޒިމާ ވިދާޅުވެދެއްވިއެވެ.

އެގޮތުން މިއަދު ރާއްޖޭގެ ކަންކަން ކުރިޔަށްދާ ގޮތުން، ޤާނޫނުއަސާސީގެ ޙުކޫމާތު ގެއްލިފައިވާތިއްޔާއި، އަދި ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް މިހާރު ޙިމާޔަތްކުރެވޭ ކަމަށް އެކަމަނާއަށް ޤަބޫލުނުކުރެވޭއިރު، އެތައް ދުވަހެއްގެ ބުރަ މަސައްކަތުން ދިވެހިން ލިބިގަތް ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑުވެ، ޚުދުމުޚްތާރު ވެރިކަމެއް ޤާއިމުވެ، ދައުލަތުގެ އެންމެ މަތީ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް އުފައްދާފައިވާ މުއައްސަސާތައް ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައި ވާކަމަށް އާޒިމާ ފާހަގަ ކުރެއްވިއެވެ.

އަދި ރާއްޖޭގެ މިނިވަންކަމާއި ޤައުމުގެ ރައްކާތެރިކަން  ޤަބޫލުނުކުރެވޭ މިންވަރަށް ބަލިކަށިކުރެވިފައިވާ ކަމަށާއި، މިއަހަރު ބޭއްވޭ ރިޔާސީ އިންތިޚާބުގައި، މިސަރުކާރު ބަދަލުވާންޖެހޭ ކަމަށް ގަބޫލު ކުރައްވާކަމަށް އާޒިމާ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ވެރިންގެ އާ ޖީލަކަށް، އަދި ވެރިކަމުގެ އެންމެ މަތީ ފަންތީގައި އާ ވިސްނުންތަކަކަށް ފުރުޞަތު ލިބެންޖެހޭ ވަގުތު އަތުވެއްޖެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭގައިވެސް ގައުމީ ވިސްނުންތަކާއެކު ބައިނަލްއަގުވާމީ މައިދާނުގައި ބަސްބުނެވޭނޭ ދަރިން އެބަތިބިކަމަށެވެ. އަދި ދިވެހި ގައުމުގެ ވެރިންނަށް ދުނިޔޭގެ ފެންވަރުގައި އިޙްތިރާމާއި ގަދަރު ލިބިގަނެ، ދުނިޔޭގެ މަސްރަޙުގައި ދިވެހިރާއްޖެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަވަންތަ ދައުލަތެއް ބިނާކުރުމަށްޓަކައި، މިހާރުގެ ސިޔާސީ ވިސްނުންތަކުގެ މައްޗަށް ތަޢުލީމީ، އީޖާދީ އަދި ޒަމާނީ ވިސްނުންތަކަކަށް ފުރުޞަތު ލިބެންޖެހޭކަމަށް ގަބޫލު ކުރެވުމަކީ ނާޒިމަށް ތާއީދު ކުރަން ނިންމި އެއް ސަބަބު ކަމަށެވެ.

މިވަގުތު ޤައުމު އޮތް ހާލަތުން ގައުމު ނަގައި ކޮޅަށް ޖަހައި، ރައްޔިތުންގެ އަސާސީ ހައްގުތައް ރައްކާތެރިކޮށް، ގައުމުގެ ކަންކަން ހަމަ މަގަށް އެޅުވޭނެ ގާބިލުކަން ނާޒިމްގެ ކިބައިގައި އެބަހުރި ކަމަށް އާޒިމާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.