މުހައްމަދް ވަހީދު/ އުނގޫފާރު ދާއިރާގެ މެމްބަރު
ހަބަރު
16 Jun 2023 | 08:01
އިންތިހާބުން ރައީސް ޞާލިހު ބަލިވެ، ގައުމު ދޫކޮށް ފިއްލަވާނެ: މެމްބަރު ވަހީދު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ބަލިވާނެ ކަމަށާއި އެއަށްފަހު އެމަނިކުފާނު ރާއްޖެ ދޫކޮށް ފިއްލަވާނެ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ރޭ ވިދާޅުވެއްޖެއެވެ.

ވައްޑެ މިހެން ވިދާޅުވީ "ދަ ޑިމޮކްރެޓްސް" އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ވައްޑެ ވިދާޅުވީ ރައީސް ޞާލިހު މިހާރުވެސް ބަލިވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ފިއްލަވަން ބާކީ އޮތީ ތިން މަހެއްހާ ދުވަސް ކަމަށެވެ.

ރައީސް ޞާލިހު ބަލިވެއްޖެ ކަމަށް، ކުރިއަށް އޮތް 84 ދުވަހަށްފަހު އީސީން އިއުލާނު ކުރާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

މީގެ އިތުރުން ވައްޑެ ވިދާޅުވީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަން ނިމުމަށްފަހު ދިވާމި ހާލަތުން ރާއްޖެ ދޫކޮށް ވަޑައިގެންނެވީ ކަމަށާއި އޭގެ ފަހުން ރާއްޖެ ދޫކޮށް އަމިއްލައަށް ފިއްލަވާނެ ރައީސްއަކަށް އިބްރާހިމް މުހައްމަދު ޞާލިހު ވެވަޑައިގަންނަވާނެ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައިވެސް އެންމެ ގިނަ ސިޔާސީ މަގާމު އުފެއްދީ މި ސަރުކާރުން ކަމަށް ވައްޑެ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތެރެއިން މަދު މީހަކު ނޫނީ ރައީސް ޞާލިހަށް ތާއީދު ނުކުރައްވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ރައީސް ޞާލިހު 'ބޮޑުތަނުން ބަލިވާނެ' ކަމަށް ވިދާޅުވެ ވައްޑެ ދެއްކި މިސާލަކީ މާލެ އާއި އައްޑޫއިން އެމްޑީޕީ ބަލިވުމެވެ. އަދި ތިނަދޫގެ މެޖޯރިޓީ ގެއްލިފައި ވާކަމެވެ.

ރިޔާސީ އިންތިހާބުގައި ގުޅެން ޖެހުނު ކޮންމެ ބަޔަކާ ގުޅިގެންވެސް ރައީސް ޞާލިހު ބަލިކުރައްވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
28 Jul 2026
އެމްޓީޑީސީގެ އެމްޑީކަމުގެ މަގާމަށް ޙާރިޘް
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ޙާރިޘް އައްޔަނުކުރައްވާފައިމިވަނީ، އެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒް މަގާމުން ވަކިކުރުމާ ގުޅިގެންނެވެ
28 Jul 2026
ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޒިނެދީން ޒިދާން
ފްރާންސްގެ ފުޓުބޯޅަ ފެޑެރޭޝަނުން އެ ގައުމުގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް މަޝްހޫރު ފުޓުބޯޅަ ލެޖެންޑް ޒިނެދީން ޒިދާން މިއަދު އައްޔަންކޮށްފިއެވެ. ޒިދާން މި މަގާމަށް އައްޔަންކުރީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގެ ދަށުން، ކުރިން އެ މަގާމުގައި ހުރި ޑިޑިއޭ ޑެޝޯމްގެ ބަދަލުގައެވެ.
28 Jul 2026
އީރާނުން ޔުކްރެއިނަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފި
މާލިކީ ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުން މި މައްސަލައިގައި މުހުލަތެއް ދިން ނަމަވެސް އަސްކަރީ ހަމަލާއެއް ނުދޭނެ ގޮތެއް އެއީ ނެތް ގޮތެއްކަމަށެވެ
28 Jul 2026
މިނިވަންދުވަހު ބަނގުރާ ވިއްކަން އުޅުނު ބިދޭސީންގެ ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުން ކަމުގައިވާ އުމުރުން 24 އަހަރުގެ ރޮކިބުލް ހަސަން އާއި، އުމުރުން 29 އަހަރުގެ އެމް ޑީ ޖަކިރް ހޮސެއިން ކަމަށެވެ.
28 Jul 2026
އަމިއްލައަށް ވަކިވި މުއައްޒަފުންނަށް އުސޫލުގެ ތެރެއިން ވާނީ ފައިސާ ދީފައި: ފެނަކަ
ފެނަކައިްނ ބުނީ އަމިއްލައަށް އެދިގެން ވަކިވި އެކުންފުނީގެ މުއައްޒަފުންނަށް ހަތަރު މަހުގެ މުސާރައަށްވާ ފައިސާ ދީފައިވާ ކަމަށެވެ. އެގޮތުން އަމިއްލައަށް ވަކިވުމަށް 108 މުއައްޒަފަކު ހުށަހެޅިކަމަށެވެ
28 Jul 2026
ހުޅުލެ އައިލެންޑް ހޮޓަލާ ދިމާ ބޭރުން މިރޭ ހަވާ އަރުވަނީ
28 Jul 2026
ޤައުމީ އަސްކަރިއްޔާގެ ހިނގާލުން މާދަމާ ހުޅުމާލޭގައި
ލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް (ރީތިގަސްމަގު – އަސުރުމާހިނގުން ޖަންކްޝަން) ކައިރި
28 Jul 2026
ކުޑަކުދިން ބަހައްޓާ ސެންޓަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނިކޮށް ހައްޔަރު
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު / ފުންވިލު، ޒައިދު މުޙައްމަދު (36އ) އެވެ.