އަދާލަތު ޕާޓީން ރޭ ބޭއްވި ޖަލްސާގައި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ. ފޮޓޯ/ އަދާލަތުޕާޓީ
ހަބަރު
17 Jun 2023 | 14:29
އަދާލަތު ޕާޓީގެ ކުރިންގެ ޢަމާޒަކީ ގައުމު އިސްލާހުކުރުން, އެކަމަކު މިހާރު އެ އަމާޒު ބަދަލުކޮށްފިން: ޢިމްރާން

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އެންމެ ފުރަތަަމަ އުފެދިގެން އައިއިރު އެ ޕާޓީގެ އަމާޒަކަށް ވެފައި އޮތީ، ގައުމު ކުރުން ކަމަށާ، އެހެން ނަމަވެސް، މިހާރު އެ އަމާޒު ބަދަލުކުރައްވާފައިވާ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، އަދާލަތު ޕާޓީގެ ބައެއް މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ، 2005 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާއި އެކުގައި ޢަދާލުޕާޓީވެސް އުފެދިގެން އައިސްފައިވާ ކަމަށެވެ. އެގޮތުން އެ ޕާޓީ އޭރު އުފެއްދެވުމުގައި އޭރު މަސައްކަތް ކުރެއްވި ފަރާތަކަަށް، ޕާޓީ މިހާރު އައިސްފައިފާ ހިސާބަށް އަންނާނެކަމަށް ތަސައްވުރުވެސް ކުރެވިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އެކަން އެންމެ ރަނގަޅަށް އެނގެނީ، އޭރު އެ ލިޔުނު ދުސްތޫރު އަޅުގަނޑުމެން ބެލީމާ އޭރުގައި ދެއްކި ވާހަކަތަކަށް ބެލީމާ، އޭރުގައި އަޅުގަނޑުމެންގެ ސްޓޭޓްމަންޓް ތަކަށް ބެލީމާ، އަޅުގަނޑުމެންނަށް އެނގޭ، އޭރުގައި އެ ޕާޓީ އުފެއްދިއިރުގައި، މިއަދާއި ހަމައަށް ހަގީގަތުގައި ތަސައްވުރުވެސް ކޮށްލެވިފައި ނުވާކަން." 

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله 

ކަންމިހެން ހުރި ނަމަވެސް، އޭރު އެ ދެކެމުންއައި ތަސައްވުރު މިހާރު ބަދަލުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އޭރު އަދާލަތު ޕާޓީގެ އެންމެ މުހިންމު އެއް "ސްޓޭޓްމަންޓަކަށް" ވެފައި އޮތީ، އަދާލަތު ޕާޓީ މަސައްކަތް ކުރަމުން ދަނީ، ގައުމު އިސްލާހުކުރަން ކަން ފާހަގަކުރައްވައި ޢިމްރާން ވަނީ މިހާރު އެ "ސްޓޭޓްމަންޓް" ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެޕާޓީގެ އަމާޒަކީ އިސްލާމީ އުސޫލުން ހިންގާ ވެރިކަމުގެ ނިޒާމެއް އުފެއްދުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ އޭރުގެ އެންމެ މުހިންމު ސްޓޭޓްމަންޓަކަށް ނުވަތަ ވާހަކަ ދައްކަމުން ދިޔައީ، އަދާލަތު ޕާޓީ މިއުޅެނީ ބަޔަކު ވެރިކަމުން ބާލާކަށެއްވެސް ނޫނޭ. ބަޔަކު ވެރިކަމަށް ގެންނާކަށެއްވެސް ނޫނޭ. ވެރިކަން ކުރާކަށެއްވެސް ނޫނޭ. މިއުޅެނީ ގައުމު އިސްލާހު ކުރާށޭ. މިއަދު އަޅުގަނޑުމެން އެ ސްޓޭޓްމަންޓް ބަދަލު ކޮށްފިން. އަޅުގަނޑުމެން މިއުޅެނީ ރާއްޖެ، އިސްލާމީ އުސޫލުތަކާއި ހަމަތަކުގެ މަތިން، ވެރިކަން ހިންގުމުގެ ނިޒާމެއް ރާއްޖޭގައި އުފައްދަން.

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުالله 

ޢިމްރާން ވިދާޅުވީ އެ ޕާޓީގެ މިހާރުގެ އަމާޒަށް ވާސިލް ވުމަށްޓަކައި، ޕާޓީގެ ސްޓްރެޓެޖިކް ޕްލޭންގައި ކުރަހާފައިވާ މަގު ވަރަށް ސާފު ކަމަށެވެ. އަދި އެމަގާއި ހަމައަށް ދެވޭނީ މިއަދުއްސުރެ, އެ މަގާއި ހަމައަށް ދިޔުމަށް އަޅާފިޔަވަޅު، ސާބިތު ކަމާއި އެކު އަޅައިގެން ކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ. 

ސަރުކާރުގެ ކޯލިޝަންގެ މިހާރުގެވެސް ބައިވެރިއެއްގެ ގޮތުގައި އޮތް އަދާލަތު ޕާޓީން މި އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ނިންމާފައިވަނީ އެމްޑީޕީއާ އެކު ކޯލިޝަން ހަދާށެވެ. 

ކޮމެންޓް
މަހޫ
ދެފުއްކެރި އިމްރާމް
17 Jun 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.