އަމީނީ މަގު/ ފޮޓޯ: ވޮއިސް
ހަބަރު
17 Jun 2023 | 23:26
އަމީނީ މަގުގެ ސެގްމެންޓް 8 ގައި މިހާރު ކުރިއަށް ދަނީ ދުވާރުގެ މަސައްކަތް: އާރްޑިސީ

މި ހަފްތާ ތެރޭގައި ފެށުނު އަމީނީ މަގު ސެގްމެންޓް އަށެއްގައި މިހާރު ކުރިއަށް ދަނީ ހޮޅި އަޅައި ނިމުނު ސަރަހައްދުގައި ކޭބަލްޓްރޭ މަސައްކަތާއި ދުވާރުގެ މަސައްކަތް ކަމަށް ރޯޑް ޑިވިލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އަމީނީމަގުގެ ސެގްމެންޓް 4،5،6 އަދި 7 ނިންމައި، މިހާރު ހުޅުވާލާފައެވެ. އެއީ ސްޓެލްކޯއާ ހަމައިން ފެށިގެން ރަށްދެބައި ހިނގުމާ ހަމައަށެވެ.

އާރްޑީސީން ބުނީ، ސެގްމެންޓް 8 ގެ މަސައްކަތް ކުރުމަށްޓަކައި ރައްދެބައި ހިނގުމާއި އަމީނީ މަގާއި ގުޅޭ ކަންމަތިން ފެށިގެން އަމީނީމަގާއި ނިކަގަސް މަގާއި ގުޅޭ ކަންމައްޗާ ހަމައަށް މަސައްކަތް ކުރުމަށް ބަންދު ކުރެވިފައި ވާކަމަށެވެ.

މިހާތަނަށް، އެ ސަރަހައްދުގެ މަގުގައި އަޅަންޖެހޭ ފެނާއި ނަރުދަމާގެ ހޮޅިތައް އެމްޑަބްލިޔުއެސްސީއާއި ހަމައަށް އަޅާ ޑީވޯޓަރިންގް ނިޒާމުގެ އެއް އައުޓްފޯލްގެ މަސައްކަތާއި ނަރުދަމާ ނިޒާމުގެ ޕަމްޕިންގް ލައިންގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ނެގުމަށްފަހު ޕްލޭނިން މިނިސްޓްރީއިން އެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އާ އެވެ. އެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ މި ދިޔަ ސެޕްޓެމްބަރު މަހުގައެވެ. އާރުޑީސީއާއި އެ މަސައްކަތް ހަވާލުކުރީ 7 މަސްތެރޭ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލުމަށެވެ. 

އެހެން ނަމަވެސް މަގު ނުހެދި ގިނަ ލިގުލައިގެން ދިއުމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރާއި އާރުޑީސީއަށްވެސް އަމާޒުވަމުން ދިއުމާއި ގުޅިގެން އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެފަހުން ހަވާލުކުރީ އެމްޓީސީސީއާއެވެ.

އަމީނީ މަގު ޒަމާނީ ފެންވަރަކަށް ހެދުމަށް ޕްލޭނިން މިނިސްޓްރީއިން އާރުޑީސީއާއި ހަވާލުކޮށްފައި ވަނީ 84 މިލިއަން ރުފިޔާއަށެވެ. އެއާއެކު އާރުޑީސީއިން އަމީނީ މަގު ހެދުމުގެ މަސައްކަތް 210 ދުވަހުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭނެއެވެ. 

ޒަމާނީ ފެންވަރަށް އަމީނީ މަގު ހަދާ ނިމޭއިރު، އެ މަގަކީ މާލޭގެ ބޮޑެތި މަގުތަކުގެ ތެރެއިން ވަރަށް ހިތްގައިމު މަގަކަށް ވެގެންދާނެކަމަށް އާރުޑީސީއިން ވަނީ ބުނެފައެވެ. އަދި މަގު ހަލާކުވުމުގެ ސަބަބުން މަގު ބޭނުން ކުރާ ފަަރާތްތަކަށް އުފުލަން ޖެހުނު ތަކުލީފު އެހިސާބުން އެއްކޮށް ފިލައިގެން ދާނެކަމަށްވެސް އާރުޑީސީއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.