މެމްބަރު އަލީ އާޒިމް/ ފޮޓޯ: ދެން
ހަބަރު
19 Jun 2023 | 06:06
ދެން އުފެދޭނީ ދި ޑިމޮކްރެޓްސްއިން ބަސް ކިޔާނެ ސަރުކާރެއް: އާޒިމް

މި އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު ދެން އުފެދިގެންދާނީ ދި ޑިމޮކްރެޓްސް ޕާޓީން ފުރިހަމަޔަށް ބަސް ކިޔާނެ އަދި އެ ޕާޓީ ފުރިހަމަޔަށް ހިއްސާވާނެ ސަރުކާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ. 

އާޒިމް މި ފަދައިން ވިދާޅުވެފައި ވަނީ އާދިއްތަ ދުވަހުރޭ "ދި ޑިމޮކްރެޓްސް" އިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އާޒިމް ވިދާޅުވީ ދަ ޑޮމިކްރެޓްސް ޕާޓީ ރަޖިސްޓާ ކުރުން އިލެކްޝަން ކޮމިޝަނުން ފަސްކުރި ނަމަވެސް، އެ ޕާޓީ އުފައްދާނެ ކަމަށެވެ. އަދި ރަޖިސްޓާ ވެސް ކުރާނެ ކަމަށެވެ. 

އޭގެ އިތުރުން އާޒިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް ދި ޑިމޮކްރެޓްސް އިން ވާދަކުރާނެ ކަމާށެވެ. 

އަންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ ބަލިކޮށް މި ސަރުކާރު ބަދަލުކުރާނެ ކަމަށާއި، އެއަށްފަހު އުފެދިގެންދާނީ ދި ޑިމޮކްރެޓްސް ހިއްސާވާ ސަރުކާރެއްކަމަށް އޭނާ ވިދާޅުވި އެވެ. 

"މި ޕާޓީ އުފެދޭނެ. އުފެދިގެން ނިކުމެ އިރާދަކުރެއްވިއްޔާ ވެރިކަން ވެސް އަޅުގަނޑުމެން ކުރާނީ. އަޅުގަނޑުމެންގެ ސަރުކާރަކުން ކުރާނީ. އަޅުގަނޑުމެންގެ ބަހެއް ނެތް ސަރުކާރެއް ދެނެއް އިރާދަކުރެއްވިއްޔާ އަންނާކަށް ނެތް" 

އަލީ އާޒިމް 

ދި ޑިމޮކްރެޓްސް އަކީ ސަރުކާރު ހިންގާ މައި ޕާޓީގައި ތިބި މަޖިލީސް މެމްބަރުންނާއި، އަދި ޕާޓީއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކޮށްދެއްވި ބަޔަކު ޕާޓީން ވަކިވެ އުފައްދާ ސިޔާސީ ޕާޓީއެކެވެ. 

ދި ޑިމޮކްރެޓްސްގެ މެމްބަރުން ގެންދަނީ ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުކުރަމުން ނެވެ. 

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގައި ފެއިލްވެފައިވާ ކަމަށާއި، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ދި ޑިމޮކްރެޓްސް ގެ މެމްބަރުން ދަނީ ވިދާޅުވަމުން ނެވެ. 

އަދި މި ސަރުކާރު ބަދަލުކުރުމަށްޓަކައި ކޯލިޝަން ހަދަން ޖެހުނު ކޮންމެ ބަޔަކާއެއްކޮށް ކޯލިޝަން ހަދައި މަސައްކަތް ކުރާނެކަމަށް އެ ޕާޓީގެ މެމްބަރުން ދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް