މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) --- ފޮޓޯ/ މަޖިލިސް
ހަބަރު
19 Jun 2023 | 23:02
ދައުރު ނިމޭއިރުވެސް މިސަރުކާރުން ގޯއްޗެއް ނުދޭނެ؛ ދޭނީ ހަމައެކަނި ސްލިޕްކޮޅެއް: މުހައްމަދު ރަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިސަރުކާރުން މާލޭ ރައްޔިތުންނަށް ދޭނެ ކަމަށް ބުނި ގޯތިތައް، އެމަނިކުފާނުގެ ސަރުކާރުގެ މި ދައުރު ނިމޭއިރުވެސް ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) ވިދާޅުވެއްޖެއެވެ. 

"ދަ ޑިމޮކްރެޓްސް" ގެ މިރޭގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޯދިގު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާލޭގެ ރައްޔިތުންނަށް ވީ ވައުދުން ޒައްރެއްގެ މިންވަރުވެސް، އެ ރައްޔިތުންނަށް ލިބިފައި ނުވާ ކަމަށެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ދޭނެ ކަމަށް މިސަރުކާރު ފެށުނީއްސުރެ ވެސް ބުނަމުން އައި ގޯތި، އަދިވެސް ނުދެވޭ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ދެން ގޯއްޗެއް، ނުވެސް ދެވޭނެ ކަމަށެވެ.

އަޅުގަނޑު ހަމަ މާލޭ ރައްޔިތުންނަށް އަންގާލަން ބޭނުން، ދޭން ބުނި ގޯތި.... 80 ދުވަސް ބާކީ. 80 ދުވަސް ތެރޭގައި ދޭން ބުނި ގޯއްޗެއް ނުދެވޭނެ. ދޭނީ ހަމަ އެކަނި އެންމެ އެއްޗެއް. އެއީ ސްލިޕެއް. އަޅުގަނޑު ހަމަ ސަރުކާރަށް އެދެން، އެ ސްލިޕް އާއި އެކީގައި ދެއްވާށޭ ޑައިވް ގިޔަރ އެއް... އޭރުން އެ ޑައިވް ކޮށްގެން އެރިގެން، އެމީހެއްގެ ލޮކޭޝަން ހޯދައިގެން އެމީހެއްގެ ގެއަށް، ޑައިވް ކޮށްގެން އެރި ތިބެވޭނެއޭ. 

މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)

އެފަދައިން ބޯދިގު އެ ވިދާޅުވާ ސަބަބެއް ކަމުގައި އޭނާ ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމަށް ހިއްކާތަން އަދިވެސް ނުފެންނާތީ ކަމަށެވެ. 

މީގެ އިތުރުން، މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކަމަށް ބުނެ، ޕޯޓް ސަރަހައްދު ހިއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށާ، އެއީ "ސިކުޑީގައި އުނިކަން" ހުންނަ މީހުން ނިންމާ ފަދަ ނިންމުމެއް ކަމަށްވެސް ބޯދިގު ވިދާޅުވިއެވެ. އެހެނީ އެފަދައިން ކަން ކުރުމުން ކުރިއަށް އޮތް ތަނުގައި މާލޭގެ ރައްޔިތުން ޖެހޭނީ ބަނދަރެއް ދިނުމަށް އެދި ސަރުކާރުގައި އާދޭސް ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. 

މިއާއެކު އޭނާ ވިދާޅުވީ، މާލޭގެ ރައްޔިތުން ސަރުކާރަށް ދޭނީ ކުޑަ ވަގުތު ކޮޅެއް ކަމަށާ، އެއަށްފަހު އެ ރައްޔިތުން މަގުތަކަށް ނުކުމެ މަގުތައް ފުރާލާނެ ކަަމަށެވެ. 

ބޯދިގުގެ ވާހަކައިގައި އޭނާ ތަކުރާރުކޮށް ވަނީ، ވާދަވެރިންނާއި، އަދި "ޖެހުނު ބަޔަކާއި ޖެހިގެން" ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ދަ ޑިމޮކްރެޓްސް އިން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
"އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގެ ލޯގޯ ފަރުމާކޮށްގެން 60،000 ރުފިޔާ، ކެމްޕެއިންގައި ވޮއިސް ބައިވެރިވޭ
މީގެ އިތުރުން މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންނާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. މި މަޝްރޫއުގައި "ވޮއިސް" އިން ބައިވެރިވެ އެވެ.
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.