ރޭގެ ޖަލްސާގައި އެވޯޑު ލިބުނު ބައެއް ފަރާތްތައް
ހަބަރު
21 Jun 2023 | 11:16
މާލެ ސިޓީ އ.ތ.މ ކޮމިޓީއަށް ދެ އަހަރު ފުރުން ފާހަގަކޮށްފި

މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ޚިދުމަތަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ.

ލޮނުޒިޔާރަތް ޕާކުގައި ރޭ ބޭއްވި މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ.

މި ޖަލްސާގައި މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުން ބާރުވެރިކޮށް އެކަނބަލުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށް ހިތްވަރު ދިނުމަށްޓަކައި "ރަނި އެވޯޑް"ގެ ނަމުގައި އެވޯޑެއް 13 ފަރާތަކަށް ވަނީ ދީފައެވެ.

މިި އެވޯޑްތައް ހަވާލްކޮށްދެއްވާފައިވަނީ މިނިސްޓަރު ޑރ އައިޝަތު އަލީއެވެ.

ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ފުޅު ދެއްކަވަމުން މިނިސްޓަރު ޑރ އައިޝަތު އަލީ ވަނީ އެވޯޑް ލިބުނު ފަރާތަކަށް މަރުހަބާ ދަންނަވާފައެވެ. އަދި ވިދާޅުވީ، އެވޯޑް ލިބުނު ކަނބަލުންގެ މަސައްކަތްތެރިކަމުން ދިވެހި ކަނބަލުންނަކީ ހިތްވަރުގަދަ ކެރޭ ބައެއްކަން އެނގިގެން ހިނގައްޖެކަމަށެވެ. އުންމީދުކުރައްވަނީ އިތުރު އަންހެނުން އެބޭފުޅުންގެ ކިބައިން ނަމޫނާ ލިބިގަންނަ ބަޔަކަށް ވާނެކަމަށްކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ޢާއިޝަާ ވިދާޅުވީ، މިއަދު މި ތަޖުރިބާކުރާ މިނިވަންކަމާއި ހައްގުތައް މާދަމާ ގޮސްދާނެކަމަށާއި، މިނިވަންކަން ދެމެހެއްޓުމަށް އެންމެ މުހިންމު ކަމަކީ އަންހެން ދަރިވަރުންނަށް ތައުލީމް ދިނުންކަމަށެވެ. އެގޮތުން އަންހެންކުދިން ބާރުވެރިކުރުވަން ރޯލް މޮޑެލްތަކެއް ތިބެންޖެހޭކަމަށާއި، ހުރިހާ ކަނބަލުންވެސް ކުރިއަރަމުން އަންނަ ދިވެހި ދަރިވަރުން ނަމޫނާ ލިބިގަންނާނެ ރޯލް މޮޑެލުންނަށް ވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ރަނި އެވޯޑް ލިބުނު ފަރާތްތައް:

ވިސާމާ ހަސަން / މ. މުލި (ތައުލީމީ ދާއިރާ)

އައިމިނަތު ވިލީނިއާ / ގ. މެޑޯ (އިގްތިސޯދީ ދާއިރާ)

ޑރ އާއިޝަތު ޝިނާ / މއ. ޑޯންލައިޓް (ތައުލީމީ ދާއިރާ)

އައިމިނަތު ފަހީމް / ހ. ފެހިވިނަމާގެ (އިޖްތިމާއީ ދާއިރާ)

މަރިޔަމް ލައިޒާ / ހ. ފެހިއާލާ (އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާ)

އައިޝަތު ސީމާ / މ. ފެހިގެ (އިޖްތިމާއީ ދާއިރާ)

ޒިދުނާ އަލީމަނިކު / މއ. ފޮގެޓްމީނޮޓް (އިގްތިސޯދީ ދާއިރާ) އާއިޝަތު ޝިރުހާން / މ. ހިޔަލީގުލްޝަން (އިޖްތިމާއީ ދާއިރާ) އާއިޝަތު ޝަރީފާ އިބްރާހީމް / މ. ސަބުދެލިގެ (އިގްތިސޯދީ ދާއިރާ)

ރަދީފާ ހުސައިން / މ. ޖާރރަލްގެ 1 (އިޖްތިމާއީ ދާއިރާ)

މީގެއިތުރުން، މެއި 2022 އިން މެއި 2023ގެ ނިޔަލަށް ކޮމެޓީގެ މެމްބަރުންގެ ތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު ޕާފޯމަންސް ދައްކައިފާ 4 މެމްބަރުންނަށް ކޮމިޓީގެ ރައީސްގެ ފަރާތުން ޚާއްސަ އެވޯޑެއް ދީފައިވެއެވެ.

އެއީ:

އައިމިނަތު އަބްދުލް ގައްޔޫމް – ގަލޮޅު ހުޅަނގު ދާއިރާގެ މެމްބަރު ފާތިމަތު ޝިރްމީނާ – ގަލޮޅު މެދު ދާއިރާގެ މެމްބަރު

ފާތިމަތު ލައިޒާ – ހެންވޭރު އުތުރު ދާއިރާގެ މެމްބަރު

ފާތިމަތު ބަދޫރާ – މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު

މި ހާއްސަ ޖަލްސާގައި މާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި، އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތެރި ކަނބަލުންނާއި، މާލޭ ސިޓީގެ ގިނަ އަދަދެއްގެ ކަނބަލުން ބައިވެރިވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.