ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ ވޮއިސް
ހަބަރު
21 Jun 2023 | 19:21
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގައި އިންސާފު ނުލިބޭތީ ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކޮށްފި

ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގައި އިންސާފު ނުލިބޭތީ "ދަ ޑިމޮކްރެޓްސް"އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ދަ ޑިމޮކްރެޓްސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކުޑަކުދިންނާއި އަންހެނުންނާއި އެހެނިހެން ފަރާތްތަކާމެދު ހިންގާ ޖިސްމާނީ، ނަފްސާނީ އަދި ޖިންސީ އަނިޔާގެ ސީރިއަށް މައްސަލަތައް ރިޕޯޓު ކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އެހެން ވީނަމަވެސް، އެ ކުށްތަކުގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ ނުބެލި، ދައުވާ ނުއުފުލި، އަނިޔާ ލިބުނު ފަރާތްތަކުގެ ހައްގުތަކަށް އުނިކަން ލިބި، އިންސާފުން މަހުރޫމުވާ މައްސަލައިގައި ދަ ޑިމޮކްރެޓްސް ނުހަނު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި، އަންހެނުންނަށް ކުރާ އަނިޔާއާއި، އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމާބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި، އިންސާނީ ހައްގުތަކުގެ އާލަމީ އުސޫލުތައް ދިވެހިރާއްޖެއިންވެސް ބަލައިގަނެފައިވާކަން ފާހަގަކޮށް ޑިމޮކްރެޓްސްއިން ބުނީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތައްވެސް އެ ފަރާތްތަކަށް ހާއްސަ ރައްކާތެރިކަން ކަށަވަރުކޮށްދޭ ކަމަށެވެ.

"އެހެނަސް، ވަކި މަދުބައެއްގެ ސިޔާސީ މަގުސަދުތަކެއް ހާސިލު ކުރުމަށް ޖިންސީ ހާނީއްކައާއި، ގޯނާއާއި ފުރައްސާރައާއި، ރޭޕާއި، ގެވެށި އަނިޔާގެ އަނިޔާވެރި އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ އަދި ކުށް ސާބިތުވެފައިވާ ފަރާތްތައް އެކި މަރުހަލާތަކުގައި އެކި ގޮތަށް އަދަބުން ވީއްލި، މިނިވަން ކުރަމުންދާކަމީ ހިތާމަހުރި ކަމެއް" ޑިމޮކްރެޓްސްގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ދަ ޑިމޮކްރެޓްސްއިން ބުނީ، އެމަގުން އަމަލު ކުރުމުގެ ސަބަބުން މުޅި ދިވެހި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލިދާކަމަށް ގަބޫލު ކުރާ ކަމަށެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ގާނޫނުއަސާސިއާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކާއި ރައްކާތެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރު ކޮށްދިނުމަށްޓަކައި، ހާއްސަކޮށް ކުޑަކުދިންނާއި އަންހެނުންނާމެދު އަނިޔާވެރިކަމުގެ އަމަލު ހިންގާ ފަރާތްތައް ދޫދިނުމެއް، ވަކި އިސްތިސްނާއެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ޑިމޮކްރެޓްސްއިން ގޮވާލިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.