ދަނގެތީ ދާއިރާގެ މެމްބަރ މުހައްމަދް ނާޒިމް
ހަބަރު
21 Jun 2023 | 21:35
އެމްއެމްޕީއާރްސީ މައްސަލައިގައި އެންޓިކޮރަޕްޝަންއަށް ހާޒިރުކުރަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން: ނާޒިމް

މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރސީ) މައްސަލައިގައި އެންޓިކޮރަޕްޝަންއަށް ހާޒިރުކުރަނީ ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް  މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި ރިޔާސީ ކެންޑިޑޭޓެ މުހައްމަދް ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، އެމްއެމްޕީއާރސީ މެދުވެރިކޮށް ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށާއި، އެދުވަސްވަރު ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ބުނާ މައްސަލައެއްގެ މަޢުލޫމާތު ސާފުކުރުމަށް ނާޒިމް ވަނީ މިިދިޔަ ދެ ދުވަހު އެންޓި-ކޮރަފްޝަން ކޮމިޝަނަށް ހާޒިރު ކޮށްފައެވެ.

އެކަމާ ގުޅިގެން ނާޒިމް ވިދާޅުވީ އެމްއެންޕީގެ ރިޔާސީ ޓިކެޓާ ޙަވާލުވެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ކުރަމުން ދަނިކޮށް، މީގެ 9 އަހަރު ކުރިން ހިނގާފައިވާ ކަމަށް ބުނާ މައްސަލައެއްގައި އެންޓި-ކޮރަފްޝަން ކޮމިޝަނަށް ޙާޟިރުކުރީ، ސިޔާސީ ގޮތުން ނާޒިމް ކުރަމުން އަންނަ މަސައްކަތް ރައްޔިތުން ބަލައިގަންނަމުންދާތީ، އެމަނިކުފާނުގެ އަގުވައްޓާލައި އަދި ރައްޔިތުން ކުރަމުން އަންނަ އިތުބާރާއި ތާއީދު ކަނޑުވާލުމުގެ ނިޔަތުގައި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒުންކަމަށް ދެކޭ ކަމަށެވެ.

އަދި މިއީ ސީދާގޮތުން މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ސަރުކާރު ފަހަތުގައި އޮވެގެން ކުރައްވާކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑަކީ 30 އަހަރަށްވުރެ ގިނަ ދުވަހު އެކި ފެންވަރުގެ މަޤާމުތަކުގައި ދިވެހި ދައުލަތަށް ޚިދުމަތްކޮށްފައިވާ މީހަކަށްވާއިރު، މިހާ ހިސާބަށް އައިއިރު، އަޅުގަނޑުގެ ޚިޔާނާތުގެ ނުވަތަ ފައިސާގެ މައްސަލައެއް ދުވަހަކުވެސް ޖެހިފައިނުވާއިރު، މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސަރުކާރުން ހިންގަވާ މިފަދަ ޢަމަލުތަކަކީ ދިވެހި ރައްޔިތުންވެސް ޤަބޫލުކުރާނޭ ކަމެއްނޫން ކަމުގައި އަޅުގަނޑު ދެކެން" ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ، ދިވެހި ދައުލަތުގެ ކަންކަން މިއަދު ހިނގަމުންދާ ގޮތުން، މިނިވަން މުއައްސަސާތަކަށް ޤާނޫނުއަސާސީގައި ބުނާ ގޮތަށް މިނިވަންކަމާއެކު މަސައްކަތްކުރުމުގެ ފުރުޞަތު ގެއްލި، އެކޮމިޝަންތަކުން ކުރަމުންދާ މަސައްކަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑަކީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް ވަކާލާތުކުރާ މީހަކީމެވެ. އެކަމަށް އިސްނަގާނޭވެސް މީހަކީމެވެ. އެހެންކަމުން، މި ތަޙްޤީޤަށް މިހާތަނަށްވެސް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ދީފައިވާނޭކަމާއި ކުރިއަށް އޮތްތާނގައިވެސް ދޭނޭ ވާހަކަ ތިޔަ އެންމެ ބޭފުޅުންނަށް ދަންނަވަން" ނާޒިމް ވިދާޅުވިއެވެ.

އެހެން ނަމަވެސް، މިނިވަން މުއައްސަސާތައް ބޭނުން ކޮށްގެން ރިޔާސީ ކެންޑިޑޭޓުންނަށް ބިރުދެއްކުމަށް ސަރުކާރުން ފަހަތުގައި އޮވެގެން ކުރާ މިފަދަ ފިނޑި ޢަމަލުތައް ބަލައި ނުގަންނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެހެންކަމުން، މިއަހަރުގެ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓަވާ ލައްވައި، މިނިވަން އިންތިޚާބަކަށް ޖާގަ ދެއްވުމަށް ނާޒިމް ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަދި އެންޓި-ކޮރަފްޝަން ކޮމިޝަންފަދަ ދައުލަތުގެ މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާވެ، އެފަރާތްތަކުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށް ނާޒިމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.