ޕީޖީ ޝަމީމް--
ހަބަރު
22 Jun 2023 | 16:35
ދުވާފަރު ކައުންސިލްގެ ޚިޔާނާތުގައި ބައިވެރިވި މީހުންނަށް ދައުވާ ނުކުރަން ޕީޖީން ނިންމައިފި!

ރ. ދުވާފަރު ކައުންސިލުގެ ޚިޔާނާތުގަައި ބައިވެރިވިކަމަށް ތުހުމަތުވާ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، މުވައްޒަފުންނަށް ދައުވާ ނުކުރާން ޕީޖީ އޮފީހުން ނިންމައިފިއެވެ. 

ޕީޖީ އޮފީހުން މިއަދު ބުނީ، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާޢަތްތަކާ ޚިލާފަށް ކައުންސިލްގެ މެންބަރުންގެ ޕާސަނަލް އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި ކައުންސިލަރުންނަށާއި، އ.ތ.މ ކޮމިޓީގެ މެންބަރުންނަށާއި، މުވައްޒަފުންނަށް ގިނަ ޢަދަދެއްގެ ފައިސާ ޙަވާލުކޮށްފައިވާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި، ދަޢުވާކުރުމުގެ ނުކޮށް، ނަސޭހަތުގެ އެއްބަސްވުމެއް ހަދާފައިވާ ކަމަށެވެ. އަދި އެފަދައިން ކަން ކުރީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ކަމަށްވެސް ބުނެފައިވެއެވެ.

މައްސަލާގައި ތުހުމަތުކުރެވޭ މީހުން:

1. ރ. ކަނދޮޅުދޫ، ދޯރެންސީވިލާ، ޙަސަން ޙަކީމް

2. ރ. ދުވާފަރު، ޒަމާނީގެ، އިޒްމީލް އަޙްމަދު

3. ރ. ކަނދޮޅުދޫ، ނިޔާމަ، ޒުހުދާ އާދަމް

4. ރ. ކަނދޮޅުދޫ، ދިލްސާދުގެ، އާމިނަތު ޞަލާޙު

5. ރ. ދުވާފަރު، ވިލެޖް، މުޙައްމަދު ޝާމް

6. ރ. ކަނދޮޅުދޫ، ހުސްނުހީނާގެ، މުޙައްމަދު ނާޞިޙް

7. ރ. ކަނދޮޅުދޫ، ރިހިތަޅާގެ، މުޙައްމަދު ޢަލީފުޅު

ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި ތުހުމަތު ކުރެވޭ މީހުން އިޢުތިރާފުވެ، އެ އޮފީހާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް އެދިފައިވާ ކަމަށެވެ.

އަދި މައްސަލައިގެ ނިންމުން ނިންމުމުގެ ކުރިން، ތުހުމަތުކުރެވޭ މީހުންގެ ކުށުގެ ރެކޯޑާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި، ކުށުގެ ޢަމަލުގައި ބައިވެރިވުން އޮތް މިންވަރާއި، ތުހުމަތުކުރެވޭ ފަރާތްތަކުން އަދާކުރަމުންދާ ޒިންމާތަކާއި، ދައުލަތަށް ޚިދުމަތް ކޮށްދީފައިވާ މުއްދަތާއި، ދައުލަތަށް ބަދަލު ލިބިފައިވުމާއި، މައްސަލާގައި ދަޢުވާއެއްކޮށް ކުރިއަށް ގެންގޮސްފިނަމަ ކަނޑައެޅިދާނެ އަދަބަށް ރިޢާޔަތްކޮށްފައިވާނެ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. 

މީގެ އިތުރުން، މި އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރުމަށް ޝަރުތުކޮށް، އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވެއްޖެނަމަ އެއްބަސްވުން ނިމުމަކަށް ގެނެސް ކުށުގެ ދަޢުވާ އުފުލޭނެކަން މި އެއްބަސްވުމުގައި ބަޔާންކޮށްފައިވާނެކަން އެ އޮފީހުން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.