ރިސޯޓް ލީގު 2023 ދާލު ޒޯނުގެ ޗެމްޕިއަން ނިޔާމައިގެ ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ
ކުޅިވަރު
24 Jun 2023 | 19:27
ރިސޯޓް ލީގު 2023: ޕެނަލްޓީގައި ކަނޑިންމަ ބަލިކޮށް ދާލު ޒޯނުގެ ޗެމްޕިއަން ނިޔާމަ ހޯދައިފި!

ރާއްޖޭގެ ރިސޯޓް ދާއިރާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ދާލު ޒޯން ފައިނަލުގައި މިއަދު ހަވީރު ނިޔާމަ އާއި ކަނޑިންމަ ވާދަކުރި މެޗު 0-0 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ނިޔާމަ އިން ހޯދައިފިއެވެ.

މިއަހަރުގެ ރިސޯޓް ލީގު ފުޓްސަލް މުބާރާތުގެ ދާލު ޒޯނުގައި 07 ޓީމެއް ބައިވެރިވިއިރު، މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރި ޓީމުތައް ދެގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގުރޫޕް އޭގައި ހަތަރު ޓީމު އަދި ގުރޫޕް ބީގައި ތިން ޓީމު ހިމެނޭގޮތަށެވެ.

ނިޔާމަ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގެ ދެވަނަ މެޗުގައި ވޮއްމުލި އާއި ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ، ނަތީއްޖާނެރުމަށް ޖެހި ޕެނަލްޓީގައި 3-4 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. އަދި ކަނޑިންމަ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި ބަގްލިއޯނީ އާއި ވާދަކުރި މެޗު ފަސޭހަކަމާއި އެކު 7-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަަމަ ހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. މިއާއެކު ނަތީއްޖާނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ނިޔާމަ އިން ފޮނުވާލި ހަތް ޕެނަލްޓީގެ ތެރެއިިން އެޓީމުން ވަނީ ފަސް ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. އަދި ކަނޑިންމަގެ ހަތް ޕެނަލްޓީގެ ތެރެއިިން އެޓީމަށް ކާމިޔާބު ހަތަރު ޕެނަލްޓީ އެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-5 ގެ ނަތީޖާއަކުން ނިޔާމަ މެޗު ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ނިޔާމަ ޓީމުގެ ގޯލްކީޕަރު އިބްރާހިމް ޝާހިދުއެވެ. އޭނާ ވަނީ މި މެޗުގައި ކަނޑިންމަ އިން ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކުރުމުގެ އިތުރުން ޕެނަލްޓީ ޝޫޓްއައުޓްގައި ކަނޑިންމަގެ ދެ ޕެނަލްޓީއެއް ދިފާއުކޮށްފައެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ކަނޑިންމަ ޓީމުގެ ޖޯޒީ ނަންބަރު 7 އަލީ ޝާމިއު އަށެވެ. އޭނާ ވަނީ މި މުބާރާތުގައި 7 ލަނޑު ކާމިޔާބުކޮށްފައެވެ. 

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ އާލިމް އަލީ (ނިޔާމަ), މުހައްމަދު އަޔާޒް (ކަނޑިންމަ), އަކްރަމް އަހުމަދު (ކަނޑިންމަ), އިބްރާހިމް ސައިފް (ނިޔާމަ), އިބްރާހިމް ޝާހިދު (ނިޔާމަ) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ނިޔާމަ ޓީމުގެ ކޯޗު އަހުމަދު ރިލްވާން އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަނޑިންމަ ޓީމުގެ ޖޯޒީ ނަންބަރު 7 އަލީ ޝާމިއުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.