ްކްރިމިނަލް ކޯޓު -- ފޮޓޯ/ ވަގުތު
ހަބަރު
25 Jun 2023 | 14:58
ފިރިހެނެއްގެ އަތުން ފޭރުނު އަންހެނަކަށް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބެއް ނެތް ކަމަށް ކަނޑައަޅައިފި

ފިރިހެނެއްގެ އަތުން ފޭރުނު އަންހެނަކަށް ތަންފީޒު ކުރަންޖެހޭ ޖަލު އަދަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

ދައުލަތުގެ ފަރާތުން، ފޭރުމުގެ ދައުވާ އުފުލާފައި ވަނީ ޅ. ނައިފަރު، ހަނަފަސްގެ، އަމީނާ މުހައްމަދުގެ މައްޗަށެވެ.

އޭނާގެ މައްޗަށް އުފުލި ދައުވާއަކީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިތުރު ބަޔަކާއެކު މއ. ސީރިއާ ގެސްޓްހައުސްއަށް ވަނެ، އެތަނުގައި ހުރި ފިރިހެނެއްގެ މޭމަތީގައި ކަޓަރު ތިލައަކުން ޖައްސައި ބިރުދެއްކުމަށްފަހު ފޭރުމުގެ ދައުވާއެވެ.

ދައުލަތުން ބުނީ، އެ ފިރިހެން މީހާގެ ފޯނާއި ސައިކަލު ތަޅުދަނޑިއާއި ސިނގިރޭޓް ފޮއްޓާއި ވޮލެޓް ފޭރިގަނެފައިވާ ކަމަށެވެ. އޭރު އެ ވޮލެޓުގައި ވިސާ ޑެބިޓްކާޑަކާއި އެމެރިކަން އެކްސްޕްރެސް ޑެބިޓް ކާޑެއްގެ އިތުރުން 51 ޑޮލަރާއި 330 ރުފިޔާ އޮތް ކަމަށް ދައުލަތުން ބުންޏެވެ.

އަދި އެ ވޮލެޓުގައި އޮތް ކޭޝްކާޑު ބޭނުން ކޮށްގެން އެ ފިރިހެންމީހާގެ އެކައުންޓުން 3800 ރުފިޔާ ނަގާފައިވާ ކަމަށްވެސް ދައުލަތުން ބުންޏެވެ.

މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އަމީނާ ވަނީ ދައުވާއަށް އިއުތިރާފު ވެފައެވެ. ނަމަވެސް އަވަސް ނިޔާގެ އަޑުއެހުމުގައި އަމީނާ ދައުވާއަށް އިންކާރު ކުރިއެވެ.

އެހެންކަމުން ހެކި ހުށަހަޅަށް ކޯޓުން ދިން ފުރުސަތުގައި ދައުލަތުން ވަނީ ހަތް ހެކި ހުށަހަޅާފައެވެ. ނަމަވެސް އަމީނާގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މައްސަލައިގެ ޝަރީއަތުގެ މަރުހަލާ ފެށުނު ފަހުން އަމީނާ ވަނީ އަނެއްކާވެސް ދައުވާއަށް އިއުތިރާފު ވެފައެވެ. 

މި މައްސަލައަކީ ޝަރީއަތުގެ ކުރީގެ މަރުހަލާ ކަޑައްތުކޮށްފައިވާ މައްސަލައަކާށް ވާތީ، ޝަރީއަތުގެ މަރުހަލާގައި ދައުވާއަށް އިއުތިރާފުވީ ނަމަވެސް އިބްތިދާއީ މަރުހަލާގައި ވާ އިއުތިރާފަށް ލިބިގެންދާ ލުއި، މި މައްސަލައިގެ ތެރޭގައި ދައުވާ ލިބޭ ފަރާތަށް ލިބިގެން ނުދާނެ ކަމަށް ކޯޓުން ބުންޏެވެ.

މި ކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. 

މި މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ހަތަރު މަހާއި 19 ދުވަސް އަދި ތަހްޤީޤީ މަރުހަލާގައި 16 ދުވަސް އަމީނަ ވަނީ ބަންދުގައި ހޭދަކޮށްފައެވެ. އެ މުއްދަތުން، އަމީނާއަށް ލިބޭ އަދަބުން އުނިކުރުމަށް ބަލާއިރު، އަމީނާ އިތުރަށް ބަންދުގައި ހުންނަން ޖެހޭ މުއްދަތެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.
04 Oct 2026
ސިފައިންނަށް އިތުރު 17 އުޅަނދެއް ހޯދައިދެނީ، 12 ސީއެމްބިއުލާންސް ބަންނަނީ
މިނިސްޓަރު ވިދާޅުވީ ސިފައިންގެ ކަނޑުމަތީ އޮޕަރޭޝަންތަކާއި ޕެޓްރޯލް ކުރުމުގެ މަސައްކަތަށް އިތުރު 17 އުޅަނދު ވަަރަށް އަވަހަށް ހޯދައިދޭނެ ކަމަށެވެ.
04 Oct 2026
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ
މެލޭޝިޔާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެހި ދަރިވަރަކު ނިޔާވެއްޖެ އެވެ.
04 Oct 2026
އެއްވެސް ލިމިޓެއް ނެތި އަމިއްލަ ވެހިކަލްތަކުގައި ގާކުނޑި އުކޭނެ ގޮތް ހަދައިފި
އެއްވެސް ލިމިޓެއް ނެތި, އަމިއްލަ ވެހިކަލްތަކުގައި, އިމާރާތްކުރުމަށް ބޭނުންކޮށްފައި ހުންނަ ކުނި (ސީ އެންޑް ޑީ ވޭސްޓް ނުވަތަ ގާކުނޑި) އުކާލެވޭނެ އިންތިޒާމު ހަމަޖައްސައިދީފި އެވެ.
04 Oct 2026
ބޯފެނާ ގުޅޭގޮތުން ފަތުރާ ހަގީގަތާ ޚިލާފު މަޢުލޫމާތަށް ސަމާލުވުމަށް އިލްތިމާސްކޮށްފި
އެމްއެފްޑީއޭއިން ބުނީ އާންމު ސިއްހަތަކީ ސަމާސާ ކުރަންވާ ފަދަ ކަމެއް ނޫންކަމަށެވެ. މަޖަލަކަށް ނަމަވެސް ހަގީގަތެއް ނެތް ޚަބަރުތަކާއި އަޑުތައް ފެތުރުމަކީ އޭގެ ސަބަބުން އާންމުންގެ މެދުގައި ބޭކާރު ބިރުވެރިކަން އުފެދި، ސިއްހީ ގޮތުން ނުތަނަވަސްކަން ކުރިމަތިވެދާނެ ކަމެކެވެ.