މިނިސްޓަރ އަސްލަމް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ.. ފޮޓޯ:ވަން އޮންލައިން
ހަބަރު
26 Jun 2023 | 17:25
"ގޯތީގެ ކަންކަން ބަލަން ގުޅީމާ އޯކޭ އޭ ބުނަން؛ އެކަމަކު ގޯތި ދިނުމުގައި އެއްވެސް ކޮރަޕްޝަންގެ އަމަލެއް ނުހިނގާ"

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދިފައިވާ ފަރާތްތަކުން އެކަމާއި ގުޅިގެން ގުޅުއްވުމުން، "އޯކޭ" އޭ ވިދާޅުވެ ޖަވާބު ދެއްވާ ކަމަށާ، އެހެން ނަމަވެސް، ގޯތި ދިނުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުހިނގާ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ގޯއްޗާއި ފްލެޓް ދިނުމަށްޓަކައި، ވަކި ފަރާތްތަކެއްގެ ލިސްޓެއް ހަދައި، އެ ފަރާތްތަކަށް ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ބައެއް މީޑިއާ ތަކުން ވަނީ ދާދިފަހުން ރިޕޯޓް ކޮށްފައެވެ.

އެކަން ފާހަގަކޮށް، ރައީސް އޮފީހުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ އުސޫލާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގޯތި ދިނުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިވާނެތޯ ނޫސްވެރިއެއް ވަނީ ސުވާލުކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ އެންމެ ބޮޑު މަގުސަދަކީ މާލޭގެ ރައްޔިތުންގެ ތެރެއިން ބިން ނެތް މީހުންނަށް ގޯތި ދިނުން ކަމަށެވެ. އެގޮތުން، އޭގެ ތެރޭގައި ހިމެނެނީ ބިމެއް ނެތް މީހުންނާއި، ބިމެއް ލިބެންވެސް ނެތް މީހުންގެ އިތުރުން ކުޑަ ކުޑަ ބިންކޮޅެއް ލިބިފައިވާ މީހުން ކަމަށް އަސްލަމް ވިދާޅުވި އެވެ. 

އަދި އެނޫން، ޝަރުތު ހަމަ ނުވާ ފަރާތްތަކަށް ވަކި ލިސްޓެއް ހަދައިގެން ގޯތި ދީފައި ނުވާނެ ކަމަށާ، އެހެން ނަމަވެސް ގޯއްޗާއި ގުޅިގެން އެފަދަ ކަންކަމަށް އެދި ބައެއް ފަރާތްތަކުން މެސެޖު ކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

އެކި މީހުން، އެކި ކަންކަން، ލިސްޓު ހަދާ، ނޫން އެ ޒާތުގެ އެއްވެސް ކަމެއް ނުހިނގާ. ދެން މީސް މީހުން އަޅުގަނޑަށްވެސް މެސެޖު ކުރޭ. އަދި މިތާ ތިއްބެވި އެހެން ބޭފުޅުންނަށްވެސް މެސެޖު ކުރޭ. ކުޑަ ކުޑަ މުޖުތަމައު އެއް. އެންމެންވެސް އެންމެން ދަނޭ. އަޅުގަނޑުގެ ފޯނު ނަންބަރު ނޭނގޭ މީހެއްވެސް ދިވެހިރާއްޖޭގައި ނުވެސް އުޅޭނެ ކަންނޭނގެ. ފޯނު ކޮށްފައި ތިމަންނަގެ ކަންތައް ބަލާލަދޭއްޗޭ. އެހެން ބުނޭ މީހުން. ދެން އަޅުގަނޑު ހުންނާނެ ބުނެފައި. ނޯޓެޑް. އޯކޭ. ޔެސް އެކަހަލަ އެއްޗެހި ޖަހާފައި. އެއީ ދެން މެސެޖު ލިބުނީމާ ލިބުނުކަން އަންގާލަނީ. އެކަހަލަ ކަންތައް ވެފައި ހުންނާނެ ދެން ކޮމިޓީގައި ތިބި ބޭފުޅުންނަށްވެސް. އޭގެ އިތުރަށް ކަމެއް ހިނގާފައެއް ނޯންނާނެ. ލިސްޓެއް ހަދައި، ވަކި ބަޔަކަށް ބޭނުންވާ ގޮތަށް ވަކި ކަމެއް ކޮށްފައެއް ނޯންނާނެ. 

ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް 

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި މީހުންގެ ތެރެއިން 19،857 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި އެ ހުރިހާ ފަރާތަކަށް ވެސް ގޯތި ދޭ ގޮތަށް ހަމަޖެހިފައިވާ ކަން ވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.