ގުޅީ ފަޅު--
ހަބަރު
26 Jun 2023 | 17:56
މާލޭ ރައްޔިތުންނަށް ގޯތި ދޭން މިފެށޭ ޖުލައި މަހު ގުޅިފަޅު ހިއްކަން ފަށާނެ: އަސްލަމް

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަަށް ސަރުކާރުން ނިންމާފައިވާކަމަށާ، އެފަރާތްތަކަށް ގޯތި ދިނުމަށް، އަންނަ ޖުލައި މަހު ގުޅީފަޅު ހިއްކަން ފަށާނެ ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ އުސޫލާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ހުސްވި ހަފްތާގައި ގޯތީގެ ކަންތަކުގައި ރައީސް ސޯލިހު ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް ރައީސް ސޯލިހު ނިންމެވީ ޕްރޮގްރާމަށް ކޮލިފައިވި ނުވަތަ ޝަރުތު ހަމަވާ އެންމެނަށް ވެސް ގޯތި ދޫކުރުމަށްކަމަށް އަސްލަމް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން، އެ ގޯތި ދޫކުރާނީ ކޮންތަނަކުންތޯ ނުސްވެރިއެއް ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސިންގަލް އެޕްލިކެންޓްސް އަށްވުރެ ޖޮއިންޓް އެޕްލިކޭންޓްސް އަށް ވުމުން ލިބޭ ގޯތީގެ ބޮޑުމިން އިތުރުވާ ކަމަށާ، އަދި ޖޮއިންޓް އެޕްލިކޭންޓްސް އަށް އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ 9000 އަށްވުރެ ގިނަ ފަރާތްތައް މިވަގުތު ތިބި އިރު އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ޖޮއިންޓް އެޕްލިކޭންޓްސް ގެ ގޮތުގައި ވެވެން ހުރި ކަމަށާ، އެ ފަރާތްތަކަށް އެ ފުރުސަތު ދެއްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިންވެސް ބާކީވާ، ޝަރުތު ހަމަވާ ފަރާތްތަކަށް، ބިން ހިއްކުމަށް ހަމަޖެހިފައިވާ ތަންތަނުން ބިން ދެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

އޭގެ ތެރެއިންވެސް ބަޔަކު ބާކީ ވެދާނެ. ދެން އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ފެށިގެން ކުރިއަށް އެބަދޭ. ގުޅިފަޅު ހިއްކަން މަސައްކަތް، މިހާރު ބަންޑޮސް ޖަހައި، ނިމިފައި. ޑްރެޖަރ މޮބިއުލައިޒް ކޮށްފައި. ޖުލައި ފެށޭ ހިސާބުގައި ހަމަ ބިން ހިއްކުމުގެ މަސައްކަތް ފެށިގެން ބާރަށް ކުރިއަށް ދާނެ. ގޯތި ކަނޑާނެ ތަންތަން އަޅުގަނޑުމެން މެޕްގައި، ޗާޓުގައި ކުރަހާފައި ފާހަގަކޮށްފައި އެބަހުރި. 

ހަމައެއާއެކު، ހުޅުމާލޭގައި މިވަގުތު، އެވައިލަބަލްވާ ލޭންޑް ތަކުގެ ތެރެއިންވެސް، އަޅުގަނޑުމެން ބިން އެބަ ނަގަން. އަދި އެބައޮތް ހުޅުމާލޭގައި ތަންކޮޅެއް ހިއްކަން ވެސް. އޭގެ ތެރެއިންވެސް ކޮންމެވެސް މިންވަރެއް އަންނާނެ. އެހެންވީމާ މިވަގުތަށް އެވައިލަބަލްކޮށް ހުރި، ލޭންޑާއި، ހިއްކުމުގެ މަރުހަލާގައި، މިހާރު ހުރި ލޭންޑު ތަކާއި، އަދި އިތުރަށް ޕްލޭން ކޮށްފައި ހުރި ތަންތަނުން، އެއާއި އެކީގައި އަޅުގަނޑުމެން މިދެންނެވި، ޖޮއިން ވުމުގެ ފުރުސަތު ހުޅުވާލައިގެން, އަޅުގަނޑު މި ގަބޫލު ކުރަނީ މި 9544 ފަރާތަށް އަޅުގަނޑުމެންނަށް ބިންވެރި ކޮށްދެވޭނެއޭ. 

ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް 

ނޫސްވެރިންގެ ބައްދަލުވުމައި އަސްލަމް ވިދާޅުވި ގޮތުގައި ސްކީމްގެ ދަށުން 15،164 ފޯމު ވަނީ ލިބިފަ އެވެ. އަދި ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،801 މީހުން ހިމެނޭ ގޮތަށް ފޯމު ހުށަހަޅާފައިވާކަމަށެވެ. އެގެ ތެރެއިން ޝަރުތު ހަމަވަނީ 12،794 ފޯމުކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުންކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން މިއަދު ގެޒެޓު ކުރާ ލިސްޓުގައި ހިމެނެނީ 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.