ޕްލޭނިން މިނިސްޓަރު އަސްލަމް/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Jun 2023 | 19:59
ފްލެޓު ލިސްޓު ނެރޭނެ ތާރީޚެއް ހާމައެއް ނުކުރެވުނު

ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް މި ސަރުކާރުން އަޅާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓު ހާމަކުރާނެ ތާރީޚެއް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމަށް ހާމަކޮށެއް ނުދެވުނެވެ. 

މި ސަރުކާރުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް ދޫކުރާ ފްލެޓުތައް ލިބޭނެ ފަރާތްތަކުގެ ލިސްޓު މި ހަފްތާގައި އާންމު ކުރައްވާނެކަމަށް ޕްލޭނިން މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. 

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތްތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް މިއަދު ޕްލޭނިން މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ވަނީ ފްލެޓު ލިސްޓު އާންމު ކުރާނެ ތާރީޚެއް ސާފުކޮށްދެއްވުމަށް މިނިސްޓަރު އަރިހުން އެދިވަޑައިގެންފަ އެވެ. 

އެގޮތުން މި ހަފްތާގައި ލިސްޓުތައް އާންމު ކުރައްވާނެކަމަށް ސަރުކާރުން މީގެެކުރިން ބުނެފައިވާއިރު، ސީދާ ތާރީޚެއް ސާފުކޮށްދެއްވުމަށް ނޫސްވެރިން ވަނީ ޕްލޭނިން މިނިސްޓަރު އަސްލަމް އަރިހުން އައްސަވާފަ އެވެ. 

އެހެން ނަމަވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފްލެޓު ލިސްޓު އާންމުކުރާނެ ތާރީހެއް މިނިސްޓަރު ވިދާޅެއް ނުވިއެވެ. މިނިސްޓަރު ވިދާޅުވީ ފްލެޓު ލިސްޓު ލިބޭ ފަރާތްތައް އެކުލަވާލުވުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑުގައި ކުރިއަށް ދާ ކަމަށެވެ. އަދި ދާދި އަވަހަށް އެ ލިސްޓު ވެސް އާންމު ކުރައްވާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފްލެޓު ލިސްޓުގެ މަސައްކަތް ހަމަ މިހާ ހިސާބުގައި އޮތީ. ދާދި އަވަހަށް އަޅުގަނޑުމެން އެކަން ކުރާނަން"

ޕްލޭނިން މިނިސްޓަރު އަސްލަމް 

މިނިސްޓަރު އަސްލަމް އިތުރަށް ވިދާޅުވީ ފްލެޓު ލިބޭ ފަރާތްތައް އިއުލާނު ނުކޮށްގެން ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަށް އެމަނިކުފާނު ހާޒިރުކޮށް ވެސް ލިސްޓު އާންމު ކުރަނީ ކޮން ދުވަހަކުން ތޯ ސުވާލު ކުރައްވާފައިވާ ކަމަށެވެ. 

އެހެން ނަމަވެސް، އަވަސް އަރުވާލައިގެން ލިސްޓު އެކުލަވާލުމުގެ ކަންކަން ނުކުރައްވާނެ ކަމަށާއި، އެ މަސައްކަތް ކުރައްވަނީ އިންތިޒާމުތަކެއްގެ ތެރެއިން އެންމެ ހައްގު ފަރާތްތައް ހޮވައި، އެ ފަރާތްތަކަށް ފްލެޓުތައް ދިނުމަށްކަމަށް އަސްލަމް ވިދާޅުވި އެވެ. 

އަދި ލިސްޓު އެކުލަވާލެވުނުހާ އަވަހަށް ހާމަކުރައްވާނެކަމަށް ވެސް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.