ޕްލޭނިން މިނިސްޓަރު އަސްލަމް/ ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Jun 2023 | 20:05
ގޯތި ދޫކުރި މީހުންނަށް މާލީ އެހީތެރިކަން ދޭން ފައިނޭންޝިއަލް ސްކީމެއް ނަހަދަން: އަސްލަމް

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން 10000 އަށް ވުރެ ގިނަ މީހުންނަށް ހިލޭ ގޯތި ދިނުމަށް ނިންމާ ލިސްޓު އާންމު ކުރި ނަމަވެސް، އެ ބިންތަކުގައި ގެދޮރު ބިނާކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ފައިނޭންޝިއަލް ސްކީމެއް އެކުލަވާލާފައި ނުވާނެކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ. 

ސަރުކާރުގެ ބިންވެރިޔާ ޕްރޮޖެކްޓުގެ ތެރެއިން ބިންތައް ލިބުނު ފަރާތްތަކާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ޕްލޭނިން މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު އަސްލަމް ވަނީ މާލެ ސަރަހައްދުން ދޫކުރުމަށް ނިންމާފައިވާ 5000 ގޯއްޗަށް 10315 މީހުންގެ ޝަރުތު ހަމަވާކަމަށް ވިދާޅުވެފަ އެވެ. 

އަސްލަމް ވިދާޅުވެފައިވަނީ ފިޔަވަހިތަކަށް ބަހާލައިގެން ނަމަވެސް ޝަރުތު ހަަމަވާ ފަރާތްތަކަށް ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބިގެންދާނެ ކަމަށެވެ. 

ސަރުކާރުގެ މި ސްކީމުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި، މާލީގޮތުން އެހާ ފުދުންތެރި ނޫން މީހުން ވެސް ހިނެމޭއިރު، އެމީހުންނަށް ލިބޭ ބިންތަކުގައި ގެދޮރު އެޅެމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ގަސްދުކުރަންތޯ، ނުވަތަ ބިންވެރިޔާ ސްކީމާއެކު، ފައިނޭންޝިއަލް ސްކީމެއް އެކުލަވާލާފައިވާނެ ތޯ "ވޮއިސް" އިން ޕްލޭނިން މިނިސްޓަރާއި ސުވާލު ކުރިއެވެ. 

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެފަދަ އެއްވެސް ޕްލޭނެއް މި ޕްރޮގްރާމު (ބިންވެރިޔާ ޕްރޮގްރާމު) ގެ ތެރެއިން އެކުލަވާފައި ނުވާނެ ކަމަށެވެ. 

އެހެން ނަމަވެސް ބަޔަކަށް ބިންތަކެއް ދިނުމުން، އެ ބިންތަކުގައި ގެދޮރު ބިނާކުރާނެ ގޮތްތައް އެބަޔަކު ހޯދާނެކަމަށާއި، މާޒީގައި ވެސް އެފަދަ ފައިނޭންޝިއަލް ސްކީމާއި ނުލާ ގެދޮރުހަދާކަން ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

"ފައިނޭންޝިއަލް ސްކީމެއް މި ބިންތަކުގައި ގެ އިމާރާތްކުރުމަށް ހުޅުވާލަން މި ސްކީމުގެ ތެރެއިން އަޅުގަނޑުމެން އެކަމެއް ކުރާކަށް ނޫޅެން. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެނގޭ މިއާއި އެކީގައި މީހުން ބޭނުންވާނެކަން އިމާރަތްކުރުމަށް ލާރި. ލޯނު ނަގަން ބޭނުންވާނެކަން. ދެން އަޅުގަނޑަށް ފެނުނީ މީހަކަށް ބިމެއް ލިބުނީމަ އެބަ ބިނާ ކުރޭ. މީގެ ކުރިންވެސް ފެނިއްޖެ ހުޅުމާލެއިން" 

ޕްލޭނިން މިނިސްޓަރު އަސްލަމް 

މިނިސްޓަރު ވިދާޅުވީ ގެދޮރު އިމާރާތްކުރާނެ ތަނެއް ލިބުނީމަ، އާންމުން ކޮންމެސް ގޮތެއް ހޯދައިގެން ގެދޮރު ބިނާކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއީ އަމިއްލަ ޒިންމާއެއްގެ ގޮތުގައި ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

ގޯތި ދޫކުރުމުގައި މާލެއާއި އަތޮޅުތެރެއާއި ބޮޑު ތަފާތެއް ގެންގުޅިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް ސިޔާސަތުތައް ފުޅާ ކުރައްވާނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.