މިނިސްޓަރ އަސްލަމް--
ހަބަރު
26 Jun 2023 | 21:13
ޝަރުތުހަމަވެ، ޖޮއިންޓްވެގެން ގޯތިލިމުބުގެ ފުރުސަތު އެބައޮތް

ޝަރުތުހަމަވާ ފަރާތްތަކަށް، ޖޮއިންޓްވެގެން ގޯތިލިމުބުގެ ފުރުސަތު އެބައޮތް ކަމަށް ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ހޯދަން އެދުނު ފަރާތްތަކުގެ ތެރެއިން، ޝަރުތު ހަމަވާ އެންމެނަށް ގޯތި ދިނުމަަށް ސަރުކާރުން ނިންމާފައިވާކަމަށާ، އެފަރާތްތަކަށް ގޯތި ދިނުމަށް، އަންނަ ޖުލައި މަހު ގުޅީފަޅު ހިއްކަން ފަށާނެ ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ 

ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ އުސޫލާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ހުސްވި ހަފްތާގައި ގޯތީގެ ކަންތަކުގައި ރައީސް ސޯލިހު ކެބިނެޓު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ގޮތަށް ރައީސް ސޯލިހު ނިންމެވީ ޕްރޮގްރާމަށް ކޮލިފައިވި ނުވަތަ ޝަރުތު ހަމަވާ އެންމެނަށް ވެސް ގޯތި ދޫކުރުމަށްކަމަށް އަސްލަމް ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން، އެ ގޯތި ދޫކުރާނީ ކޮންތަނަކުންތޯ ނުސްވެރިއެއް ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ސިންގަލް އެޕްލިކެންޓްސް އަށްވުރެ ޖޮއިންޓް އެޕްލިކޭންޓްސް އަށް ވުމުން ލިބޭ ގޯތީގެ ބޮޑުމިން އިތުރުވާ ކަމަށާ، އަދި ޖޮއިންޓް އެޕްލިކޭންޓްސް އަށް އިސްކަމެއް ދީފައިވާނެ ކަމަށެވެ. އަދި ޝަރުތު ހަމަވާ 9000 އަށްވުރެ ގިނަ ފަރާތްތައް މިވަގުތު ތިބި އިރު އޭގެ ތެރެއިން ބައެއް ފަރާތްތަކަށް ޖޮއިންޓް އެޕްލިކޭންޓްސް ގެ ގޮތުގައި ވެވެން ހުރި ކަމަށާ، އެ ފަރާތްތަކަށް އެ ފުރުސަތު ދެއްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އަދި އޭގެ ތެރެއިންވެސް ބާކީވާ، ޝަރުތު ހަމަވާ ފަރާތްތަކަށް، ބިން ހިއްކުމަށް ހަމަޖެހިފައިވާ ތަންތަނުން ބިން ދެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. 

"ހަމައެއާއެކު، ހުޅުމާލޭގައި މިވަގުތު، އެވައިލަބަލްވާ ލޭންޑް ތަކުގެ ތެރެއިންވެސް، އަޅުގަނޑުމެން ބިން އެބަ ނަގަން. އަދި އެބައޮތް ހުޅުމާލޭގައި ތަންކޮޅެއް ހިއްކަން ވެސް. އޭގެ ތެރެއިންވެސް ކޮންމެވެސް މިންވަރެއް އަންނާނެ. އެހެންވީމާ މިވަގުތަށް އެވައިލަބަލްކޮށް ހުރި، ލޭންޑާއި، ހިއްކުމުގެ މަރުހަލާގައި، މިހާރު ހުރި ލޭންޑު ތަކާއި، އަދި އިތުރަށް ޕްލޭން ކޮށްފައި ހުރި ތަންތަނުން، އެއާއި އެކީގައި އަޅުގަނޑުމެން މިދެންނެވި، ޖޮއިން ވުމުގެ ފުރުސަތު ހުޅުވާލައިގެން, އަޅުގަނޑު މި ގަބޫލު ކުރަނީ މި 9544 ފަރާތަށް އަޅުގަނޑުމެންނަށް ބިންވެރި ކޮށްދެވޭނެއޭ" ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމައި އަސްލަމް ވިދާޅުވި ގޮތުގައި ސްކީމްގެ ދަށުން 15،164 ފޯމު ވަނީ ލިބިފަ އެވެ. އަދި ސިންގަލް އެޕްލިކަންޓާއި އެކި މީހުން ގުޅިގެން ޖުމްލަ 23،801 މީހުން ހިމެނޭ ގޮތަށް ފޯމު ހުށަހަޅާފައިވާކަމަށެވެ. އެގެ ތެރެއިން ޝަރުތު ހަމަވަނީ 12،794 ފޯމުކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 19،857 މީހުންކަމަށް އަސްލަމް ވިދާޅުވި އެވެ.

އެހެންކަމުން މިއަދު ގެޒެޓު ކުރާ ލިސްޓުގައި ހިމެނެނީ 10،314 މީހަކަށް ލިބޭ ގޯއްޗެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.