މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް، ޓޮމް-- ފޮޓޯ/ މަޖިލިސް
ހަބަރު
27 Jun 2023 | 11:24
ޠާރިޤް ސަރުކާރަށް: 'މަރަށް ތެޅޭތަން' ނޫން ތަނެއް ނުފެނޭ!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރު 'މަރަށް ތެޅޭތަން' ނޫން ތަނެއް ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު ވިދާޅުވެއްޖެއެވެ.

މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއްޔެ ސަރުކާރުން އާންމު ކޮށްފައިވާއިރު، ދޭނެ ކަމަށް ބުނާ އެ ގޯތި ތަކުގެ ތެރެއިން ގިނަ ގޯތި ދިނުމަށް ހަމަޖެހިފައިވާ ބިންތައް އަދި ނުވެސް ހިއްކާއިރު, އެތަނުން ގޯތި ދިނުމުން ސަރުކާރަށް ފާޑުކިޔަމުންނެވެ. އެހެނީ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ކަމަށް ސަރުކާރުން ބުނާއިރު، އެތަންތަން ހިއްކުމުގެ މަސައްކަތް ރަނގަޅަށް ނުވެސް ފެށެއެވެ. 

އެކަމާއި ގުޅުވައި ޠާރިގު ކުރެއްްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހިން ގަމާރު ނޫން ކަމަށެވެ. އަދި ރައީސް ޞާލިހް ދެއްވާ ގޯތި، ހިކިފަސްތަނެއްގައި ނެތް ކަމަށާ، އެ ގޯތިތައް ހުރީ ކަނޑުގައި ކަމަށެވެ.

"ރައީސް ސޯލިހުއެވެ. ދިވެހިން ޤަމާރެއް ނޫނެވެ. ތި އިއުލާން ކުރާ ގޯތިތައް ހުރީ ކަނޑުގައެވެ. ހިކިފަސްތާކު މަނިކުފާނުދޭނެ ގޯއްޗެއް ނެތެވެ. ހަނދު ދިނަސް ވޯޓުދޭނެ މީހަކު ދެނެއްނުވާނެއެވެ. މަރަށް ތެޅޭތަން ނޫންތަނެއް ނުފެނެއެވެ."  ޠާރިޤް ވިދާޅުވި އެވެ. 

ރައީސް އޮފީހުގައި ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޭ އުސޫލާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ހައުސިންގ މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން، ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ހުށައެޅި މީހުންގެ ތެރެއިން 19،857 މީހުން ގޯއްޗަށް ޝަރުތު ހަމަވާކަމަށް ހައުސިންގ މިނިސްޓަރ އަސްލަމް ވަނީ ވިދާޅުވެފަ އެވެ. އަދި ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭނޭ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. 

ކޮމެންޓް
އައިމިނަ
ޖޭ ވިޔަސް ތަންކޮޅެއް ބޮޑުވަރު! ތިޔަތިބީ ބޮޑުތަނުން މާލޭންވެސް ބަލިވެފަ! ދެން ލަލަލާ ލަލަލާ ލާ!
27 Jun 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.