ކުރީގެ އުއްތަމަ ފަނޑިޔާރު - ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Jun 2023 | 18:05
ޑރ އަހުމަދު އިމްރާނަށް: ޖާހިލު ވެރިން އިންތިޚާބުވުމަށް އެދި ދުއާކުރާނީ މުނާފިގުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެވަަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނީ ޙައްޖުވެރިންގެ ދުޢާއާއި އެކުގައި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުالله ދީދީ ރައްދުދެއްވައިފި އެވެ.

މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އިމްރާނު ދެއްކެވި އެ ވާހަކަތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޑރ އަހުމަދު އަބްދުالله ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއުމިނުން ދުއާކުރަންވާނީ ހެޔޮވެރިކަން ކުރާ ޞާލިހު ވެރިން އެބައި މީހުންގެ ވެރިންގެ ގޮތުގައި އިންތިޚާބުވުމަށްކަން ހޯމް މިނިސްޓަރު އިމްރާނަށް އެނގިލައްވަން ޖެހޭ ކަމަށެވެ.

އޭގެ އިތުރުން ފާސިޤު، ފާސިދު ޖާހިލުވެރިން އިންތިޚާބުވުމަށް ދުއާކުރާނީ ހަމައެކަނި މުނާފިގުންކަން އިމްރާނަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭކަމަށް ޑރ އަހުމަދު އަބްދުالله ދީދީ ވިދާޅުވި އެވެ.

"المتشيخ عمران އަށް އެނގެންޖެހޭ ޙަޤީޤަތަކީ މުއުމިނުން ދުޢާކުރަންވާނީ ހެޔޮ ވެރިކަންކުރާ “ޞާލިޙު” ވެރިން އެބައިމީހުންގެ ވެރިންގެ ގޮތުގައި އިންތިޚާބުވުމަށް؛ ފާސިޤު ފާސިދު ޖާހިލު ވެރިން އިންތިޚާބު ވުމަށް އެދި ދުޢާކުރާނީ ހަމައެކަނި މުނާފިޤުން"

ޑރ އަހުމަދު އަބްދުالله ދީދީ 

ކުރީގެ އުއްތަމަ ފަނޑިޔާރުންގެ އިތުރުން ވެސް ބައެއް ދީނީ އިލްމުވެރިންނާއި، ވާދަވެރި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ފާޑުކިޔުންތައް މިނިސްޓަރު އިމްރާނުގެ އެ ވާހަކަތަކަށް ވަނީ އަމާޒުވެފަ އެވެ. 

އެގޮތުން އިދިކޮޅުގެ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ޙައްޖު މޫސުމުގެ މަތިވެރި އަޅުކަން ވެސް އިމްރާނު ސިޔާސީ ކުރައްވާފައިވާ ކަމަށެވެ. އަދި އިމްރާނު މިއަދު ހުންނެވީ ރައީސް ޞާލިހަށް ހުޝާމަދުކުރުމުގައި ހައްދުފަހަނަ އަޅާ ގޮސްފައިކަމަށެވެ. 

މީގެ ކުރިންވެސް އިމްރާނު ވަނީ ރައީސް ޞާލިހުގެ ވެރިކަމަށް ތައުރީފުކުރަމުން ވެސް އެމަނިކުފާނުގެ ވެރިކަމާއި ރަސޫލާއާއި އެއްގޮތްކުރައްވާ ވާހަކަދައްކަވާފަ އެވެ. 

އިމްރާނުގެ އެ ވާހަކަތަކަށް ވެސް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އަދި އެ ވާހަކަތައް ގިނަ ދީނީ އިލްމުވެރިން ކުށްވެރިކޮށްފައިވާއިރު، އިމްރާނުގެ އެ ވާހަކަތަކާއި ގުޅިގެން މާފަށް އެދުމަށް ގޮވާލާ އިލްމުވެރިންގެ ފަރާތުން ބަޔާނެއް ވެސް ނެރުނެވެ. 

ކޮމެންޓް
ބޮޑުޖަޖު
ބަލަ މީހުންގެ ޖާހިލުކަމަށް ނިންމަން މިހާރުވެސް ތީ ބޮޑު ފަނޑިޔާރު އުތަ!!
27 Jun 2023
ސާދު
ޔާމީނަށް ވުރެ 1000 ގުނަ ސާލިހު ރަނގަޅު، ޔާމީނު ރަނގަޅަށް ކުރި އެއްކަނެއް ދައްލަބަލަ، މިސާލު، މުސާރަ ބޮޑުކުރިއިރު 64 ރުފިޔާ ބައެއް މީހުންނަށް ވީ މަދު
27 Jun 2023
ހުވަދޫ ކައުންސިލަރު
މުނާފިގުންގެ ސިފަ ހެއްދެވިފަރާތުން އަންގަވާފައިވާއިރު އެކަން ނޭގޭ މީހަކު އެހެންމީހެއްގެ ބޮލުގަ މުނާފިގު ޓެގު އެޅުވުމަކީ ޖާހިލުކަމުގެ އަރާހުރި ދާއްބަ އަކަށްމެ ނޫނީ ނުވާނެ.
27 Jun 2023
މީނަގެ
ފާސް އޮތީމާ ޖާހިލެއްނޫންކަމަށް ހީވަނީތަ. ބޮޑު ވަޒީފާ އެއްލިބުނީމާ އަމިއްލަ އެދުމަށް ކަންކުރިގޮތް އަބަދު ހަނދާން ކުރުމަކީ ފަހަށް ފައިދާ ކުރާނެ ކަމެއް
04 Jul 2023
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ