ހަސަން ލަތީފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
28 Jun 2023 | 08:39
ގޯތި ލިސްޓުގައި ނަން އޮތަސް، ރައީސް ޞާލިހުގެ ފައިބުޑަކަށް ނުވެއްޓޭނަން: ހަސަން ލަތީފު

މި ސަރުކާރުން މާލޭގެ ރައްޔިތުންނަށް ހިލޭ ބަހާ ގޯތި ލިބުނު ފަރާތްތަކުގެ ލިސްޓުގައި، އެމްޑީޕީން ވަކިވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހިމެނިވަޑައިގަތުމާއި ގުޅިގެން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް އެބޭފުޅާ ރައްދުދެއްވައިފި އެވެ. 

ހަސަން ލަތީފު ހިމެނިވަޑައިގަންނަވާހެން އެމްޑީޕީން ނިކުމެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބައެއް ކައުންސިލަރުންނަށް ވެސް ވަނީ ސަރުކާރުން ހިލޭ ބަހާ ގޯތި ލިބިވަޑައިގެންފަ އެވެ. 

އެކަމާއި ގުޅިގެން އެމްޑީޕީގައި ތިއްބެވި ބައެއް ފަރާތްތަކުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. 

އެގޮތުން ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމުގައި ބައިވެރި ނުވުމަށް އެމްޑީޕީން ވަކިވެ "ދި ޑިމޮކްރެޓްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ބައެއް މެމްބަރުން ބުނެ އެ ސްކީމުގައި ރައްޔިތުން ބައިވެރި ނުވުމަށް ބާރުއަޅާފައިވާކަމަށް އެމްޑީޕީގެ މެމްބަރުން ގެންދަވަނީ ތުހުމަތު ކުރައްވަމުންނެވެ. 

އެހެން ނަމަވެސް އެ ތުހުމަތުތައް ހަސަން ލަތީފު ވަނީ ދޮގުކުރައްވާ އޭނާ އަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ރައްދުދެއްވާފަ އެވެ. 

އެގޮތުން ހަސަން ލަތީފު ވިދާޅުވީ، ބިންވެރިޔާ ސްކީމުގައި ބައިވެރިނުވުމަށް އެއްވެސް މީހެއްގެ ގާތުގައި ވިދާޅުވެފައި ނޯންނާނެ ކަމަށެވެ. އަދި އެ ސްކީމުގައި ބައިވެރިވުމަށް އޭނާ ވަރަށް ބޮޑަށް ބާރުއަޅުއްވާފައި ވާނެ ކަމަށެވެ. 

ސަރުކާރުން ދޭ ގޯތި ލިބުނު މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮވެގެން ބަޔަކު މަލާމާތް ކުރި ނަމަވެސް، ރައީސް ޞާލިހަށް ސަނާކިޔާ، ގޯތި ނުވަތަ ފްލެޓު ހޯދުމުގެ ބޭނުމުގައި ރައީސް ޞާލިހުގެ ފައިބުޑަށް ވެއްޓިވަޑައިނުގަންނަވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

"ނޯންނާނެ ފޯމު ނުލާން ބުނެފައެއް. މުޅީންވެސްބުނެފަ ހުންނާނީ އަދި ބާރުއަޅާފަވެސް ހުންނާނީ ވީހާވެސް ގިނަ މީހުން ފޯމު ހުށަހަޅަން. ކިތަންމެ މަލާމާތެއް ކުރިޔަސް ނަޒީހާގެ ޅިޔަނަށް (ރައީސް ޞާލިހަށް) ދެވަނަދައުރު ހޯދާދޭށޭ ކިޔާފަ އޭނާގެ ފައިބުޑަށް ވެއްޓިގަނެގެން ފްލެޓާ ގޯތި ހޯދާކަށް ނުދާނަން"

މެމްބަރު ހަސަން ލަތީފު

ހަސަން ލަތީފު އިތުރަށް ވިދާޅުވީ އޭނާއަށް ފާޑުކިޔުން އަމާޒުކޮށް، ދޮގު ތުހުމަތުތައް ކުރަމުންދާ ނަޒީހާ އަކީ ސަރުކާރުގެ ކުންފުނި މިފްކޯއިން މިހާރުވެސް 50000 ރުފިޔާގެ މުސާރަ ނަންގަވަމުންދާ ފަރާތެއް ކަމަށެވެ. 

ދައުލަތުން ބޮޑެތި މަންފާތައް ލިބެމުންދާތީ ސަރުކާރުގެ ދިފާއުގައި ކިތަންމެ މަލާމާތެއް ކުރެއްވި ނަމަވެސް، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދައިދޭން ވަކާލާތު ނުކުރައްވާނެކަމަށް ހަސަން ލަތީފު ވަނީ ވިދާޅުވެފަ އެވެ. 

ހަސަން ލަތީފުގެ އިތުރުން ވެސް ދި ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުންގެ ތެރެއިން ގޯތި ލިބުނު ފަރާތްތައް ގެންދަވަނީ ރައީސް ޞާލިހަށް ފާޑުވިދާޅުވަމުން ނެވެ.

އަދި ގޯތި ދިނަސް އެމަނިކުފާނަށް ތާއީދު ނުކުރައްވާނެ ކަމަށާއި، މި ސަރުކާރުން ހިންގާ ޖަރީމާތަކުގައި މަތިޖެހުމަށް މަސައްކަތްޕުޅު ނުކުރައްވާނެކަމަށް އެ މެމްބަރުން ގެންދަވަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
އިސްސެ
5 ފޫޓު ހަމަނުވާ މީހެކޭ އަނގަ މިއަރުވަނީ. ލަދުން ބޯހަލާކު
28 Jun 2023
ގުޅޭ ލިޔުންތައް
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.