މިނިސްޓަރު އަހުމަދު މަހްލޫފް-- ފޮޓޯ/ ޕީއެސްއެމް
ހަބަރު
30 Jun 2023 | 22:14
އީދު ޗުއްޓީއަށް ފުވައްމުލަކަށް އައިސް ބަލާލިއިރު ކަމަކުދާކަށްނެތް؛ ބޮޑު ފުޓުބޯޅަ ދަނޑު ނިމިފަ: މަހުލޫފް

އަޟުހާ ޢީދު ޗުއްޓީއަށް ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން ފެނިލެއްވި މަންޒަރުން، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް އަންތަރީސް ވެވަޑައިގެންފިއެވެ. 

މަހުލޫފަށް ފުވައްމުލަކު ސިޓީގައި ހިނގަމުންދާ މަޝްރޫއު ތަކާއި، ނިމިފައިވާ މަޝްރުޢުތައް ފެނިވަޑައިގެން އެކަމާއި އެކަމާއި ހައިރާންވެ ވަޑައިގެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އީދު ޗުއްޓީއަށް ފުވައްމުލަކަށް އައިސް ބަލާލިއިރު 'ކަމަކުދާކަށްނެތް' ކަމަށެވެ. 

އެއަށްފަހު އޭނާ އެފަދައިން އެ ވިދާޅުވި ސަބަބު ހާމަކުރައްވަމުން، މަހްލޫފް ވަނީ، ފުވައްމުލަކު ބޮޑު ފުޓުބޯޅަ ދަނޑު ނިމިފައިވާ އިރު, ކައުންސިލް އާއި ހަވާލުކުރި ދެވަނަ ދަނޑު ވީއެންމެ އަވަހަކަށް ނިންމުމުގެ މަސައްކަތް މިނިސްޓްރީގެ ޓީމުން ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"3 ކޯޓުގެ ބެޑްމިންޓަން ސެންޓަރު ނިމިފަ. ޓީޓީ ސެންޓަރު ނިމިފަ. 2 ފުޓްސަލް ދަނޑު ނިމިފަ. އިތުރު ބައެއް ދަނޑުތައް ހެދުމަށް މަޝްވަރާ ކުރިއަށް. ވޮލީ ކޯޓު ނިމިފަ. ކުޑަކުދިންގެ ޕާކު ނިމިފަ. ސަރފް ޝެކް ނިމިފަ. އައުޓްޑޯ ޖިމް ނިމިފަ." ނިމިފައި ހުރި ކަންކަމުގެ ލިސްޓު ހާމަކުރައްވަމުން މަހްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ، ފުވައްމުލަކު ގައި ސްކޭޓް ޕާކް އެޅުމަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ ކަމަށާ، އީދު ނިމުމުން އޭގެ މަސައްކަތް ފަށާނެކަމަށެވެ. އަދި ސިންތެޓިކް ޓްރެކްގެ ބިޑް ނެގުން 16 ޖުލައިގައި ބާއްވާއިރު، ދެން މާލަސްތަކެއްނުވެ އޭގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެހެންމެ، ފުވައްމުލަކު އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ޓެންޑަރިނގް އަށް ފިނޭންސް އަށް ފޮނުވިފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ރެއްކަބޭ
ނަމުގައި ފުޓުބޯޅަ ކުރިއަރުވަން ފީފާއިން ދޭފައިސާތަކުން އެއްބައި ޖީބަށް ޖަހާފައި މުޅި ރާއްޖޭގައި ފުޓްސަލް ދަނޑުތައަޅައި ރާއްޖޭގެ ފުޓުބޯޅަ ހަލާކުކޮށްލީ.
30 Jun 2023
ހާސިމް
މޮޔަ ގޮލާ. ހޭވެރިވެބަލަ.
30 Jun 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.