ކުރީގެ ނައިބު ރައީސް ޑރ ޖަމީލު/ ފޮޓޯ: ޕީޕީއެމް
ހަބަރު
01 Jul 2023 | 11:00
މި ވެރިކަމުގައި މުންކަރާތްތައް އާންމުވެގެން ދިއުމުގެ ޒިންމާ އަދާލަތުން ނަގަން ޖެހޭ: ޑރ ޖަމީލު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި މުންކަރާތްތައް އާންމުވެގެން ދިޔަ ދިއުމުގެ ޒިންމާ ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ. 

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ އިޖްތިމާއީ ޙާލަތާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

އެގޮތުން ޑރ ޖަމީލު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ރާއްޖޭގައި އިސްލާމްދީނާއި ޚިލާފު ކަންކަންކުރުން ގިނަވެފައިވާ ކަމަށެވެ. އަދި އިސްލާމްދީނުގައި އުފާ ފާޅުކުރުމާއި، އެކި މުނާސަބާ ފާހަގަކުރުމަށް ގެންގުޅޭ އުސޫލުތައް އޮޅޭގޮތަށް ހިންގާ ހަރަކާތްތައް ވެސް އިތުރުވެފައިވާ ކަމަށެވެ. 

އިސްލާމްދީނާއި ބީރައްޓެހި ކަންކަން އާދަޔާ ޚިލާފަށް މި ވެރިކަމުގައި އާންމުވެފައި ވީ ނަމަވެސް، ދީން ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ އަދާލަތު ޕާޓީ ސަރުކާރުގެ ޕާޓުނަރެއްގެ ގޮތުގައި އޮވެ މަސައްކަތްކުރަނީ އެކަންކަމުގައި މަތިޖަހާ އޮއްބާލުމަށް ކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ. 

އެއާއެކު އެމަނިކުފާނު ވިދާޅުވީ މި ވެރިކަމުގައި މުންކަރާތްތައް އާންމުވެގެން ދިޔަ ދިއުމުގެ ޒިންމާ އަދާލަތު ޕާޓީން ފުރިހަމައަށް ނަގަން ޖެހޭނެ ކަމަށެވެ. 

"އިބޫގެ ވެރިކަމުގައި ދީނާއި ޚިލާފު ކަންތައް ގިނަވެފައި ޢާންމުވެއްޖެ.ދީނުގެ ރީތިކަން އޮޅޭގޮތަށް ހިންގާ އުފާ ފާޅުކުރުމުގެ ކަންތައްވެސް ގިނަ.ދެން އަދާލަތުން މަތި އޮމާންކޮށްލަނީ.މިމިންވަރަށް މުންކަރާތްތައް ޢާާންމުވުމުގެ ފުރިހަމަ ޒިއްމާ އުފުލަން ޖެހެނީ އަދާލަތުން"

ކުރީގެ ނައިބު ރައީސް ޑރ ޖަމީލު

ޑރ ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، މިއަހަރުގެ ބޮޑު ޢީދު ފާހަގަކުރުމުގެ ނަމުގައި ބައެއް ރަށްރަށުގައި ބޭއްވި ސްޓޭޖު ޝޯތަކުގައި ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އަންހެނުން ނަށާފައިވާކަން ފާހަގަކޮށް ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. 

ޢީދަކީ މުންކަރާތްތަކަށް ހުޅުވާލެވޭ ދޮރަކަށް ނުހެދުމަށް ޢީދު ޚުތުބާގައިވެސް ނަސޭހަތްތެރިވެފައިވާއިރު، އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް ހެދުން އަޅައިގެން ޢީދު ޝޯތައް ދިނުމާއި ދެ ޖިންސުގެ މީހުން މަސްހުނިވެގެން ބާއްވާ ނެށުންތަކާއި ހަފްލާތައް ހުއްޓުވާ، ޢީދު ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކަކީ ވަކި ހުދޫދެއްގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކަކަށް ހެދުމަށް ސަރުކާރުން ބާރުއަޅަން ޖެހޭނެކަމަށް ބައެއް ދީނީ އިލްމުވެރިން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.