މެމްބަރު ހަސަން ލަތީފު/ ފޮޓޯ: ދެން
ހަބަރު
02 Jul 2023 | 17:12
"އިންޑިއާ އައުޓު" ގޮވާ އެއްވެސް ޕާޓީއަކާއެކު މަސައްކަތް ކުރަން ދަތި: ދަ ޑިމޮކްރެޓްސް

ދޭދޭ ޤައުމުތަކާއެކު އޮންނަ ގުޅުމަށް ބުރޫއަރާނެފަދަ އެއްވެސް ކަމެއް ކަމަކީ ދަ ޑިމޮކްރެޓްސް ޕާޓީން ހިތއްވަރުދޭނެ ކަމެއް ނޫން ކަމަށާއި، އެގޮތުން "އިންޑިއާ އައުޓު" ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ކެމްޕޭނުގައި ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީއަކާއެކު، މަސައްކަތް ކުރަން ދަތިވާނެކަމަށް ދި ޑިމޮކްރެޓްސްއިން ބުނެފި އެވެ. 

އެ ޕާޓީން މިފަދައިން ބުނެފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. 

ޕާޓީގެ ފަރާތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ދޭދޭ ގައުމުތަކާއި އެކު އޮންނަ ގުޅުމަށް ބުރޫ އަރާޒާތުގެ ކަމެއް ކުރުމަކީ، އަދި އެފަދަ ކަމަކަށް ހިތްވަރު ދިނުމަކީ ވެސް ދި ޑިމޮކްރެޓްސްގެ އުސޫލުތަކާއި ޚިލާފު ކަމެއް ކަމަށެވެ. 

އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް ހިންގާ "އިންޑިއާ އައުޓު" ކެމްޕޭނަކީ އެފަދަ (ދޭދޭ ގައުމުތަކާއި އެކު އޮންނަ ގުޅުމަށް ބުރޫއަރާ ފަދަ) ކެމްޕޭނެއް ކަމަށާއި، އެ ހަރަކާތްތައް ހިންގާ ނުވަތަ އެ ހަރަކާތުގައި ބައިވެރިވާ ފަރާތަކާއެކު މަސައްކަތް ކުރުމަކީ ދަ ޑިމޮކްރެޓްސް އަށް ވަރަށް ދަތި ކަމަކަށް ވާނެކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

"މިވަގުތު މި ހިނގަމުންދާ ހަރަކާތެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ފެނޭ "އިންޑިއާ އައުޓު" ގެ ނަމުގައި ހަރަކާތެއް ހިންގާތަން. އެހެން ނަމަވެސް އެއީ ޑިމޮކްރެޓްސް އިން އެއްބަސްވާނެ ކަމެއް ނޫން. އަދި ޑިމޮކްރެޓްސް އަށް ދަތިވާނެ އެފަދަ ޕާޓީއަކާއި އެކީގައި.. މިދެންނެވީ އިންޑިއާ އައުޓު ސްލޯގަން ބޭނުންކޮށްގެން ހަރަކާތްތެރިވާ އެއްވެސް ސިޔާސީ ޕާޓީއަކާއި އެކީ މަސައްކަތް ކުރަން ޑިމޮކްރެޓްސްއަށް ދަތިވާނެ"

ހަސަން ލަތީފު

މި ސަރުކާރު ބަދަލުކުރުމަށްޓަކައި ދަ ޑިމޮކްރެޓްސްއިން ދަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ. 

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވަނީ އިންޑިއާ ސިފައިން ޤަވައިދާއި ޚިލާފަށް ރާއްޖޭގެ ކަންކޮޅުތަކުގައި ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓު" ހަރަކާތް ހުއްޓާނުލާނެކަމަށް ބުނަމުންނެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލާނެކަމަށް ބުނަމުންނެވެ. 

"އިންޑިއާ އައުޓު" މައްސަލައިގައި ދެ ޕާޓީގެ ޚިޔާލު ތަފާތު ނަމަވެސް، މިހާރު ދެ ޕާޓީން ފަށާފައިވާ މަޝްވަރާގެ ތެރެއިން އެކަމަށް ޙައްލެއް ލިބިގެންދާނެކަމަށް ޤަބޫލުކުރައްވާ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އަދި މިހާތަނަށް އެއްބަސްވެފައިވާ ކަންކަމުގެ ތެރޭގައި "އިންޑިއާ އައުޓު" ހަރަކާތް ނުހިމެނޭކަން ވެސް ހަސަން ލަތީފު ފާހަގަކުރެއްވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.