ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން ފޯމުތައް ހުށައެޅުމަށް ނޫސްވެރިންނާއި ބައްދަލުކުރައްވަނީ/ ފޮޓޯ: ދެން
ހަބަރު
02 Jul 2023 | 18:21
ދަ ޑިމޮކްރެޓްސްގެ ޤައުމީ ޖަލްސާ މި މަހު 5 ގައި ބާއްވަނީ!

ދަ ޑިމޮކްރެޓްސްގެ ޤައުމީ ޖަލްސާ މި މަހު 5 ގައި ބާއްވާނެކަން އެ ޕާޓީން އިއުލާނުކޮށްފި އެވެ. 

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، އެ ޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް ދެއްވާފައިވާނެ ކަމަށެވެ. 

ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދާ ޕާޓީޣެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާކަން ހާމަކުރުމަށް އެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ގައުމީ ޖަލްސާ ޖުލައިމަހުގެ 5ވަނަ ދުވަހުގެ ރޭ (ބުދަ ދުވަހުގެ ރޭ) 8:30 ގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. 

ޖަލްސާ އޮންނާނީ ގިޔާސުއްދީން ސުކޫލުގައި ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

އެ ޖަލްސާ ބޭއްވުމަށް އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން މިހާރު ކުރެވެމުންދާ ކަމަށާއި، ޖަލްސާ އޮންނާނެ ކަން މިހާރު ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ވެސް އަންގާފައިވާނެ ކަމަށް ހަސަން ލަތީފު ވިދާޅިވި އެވެ. 

ހަސަން ލަތީފުވަނީ 5ވަނަ ދުވަހުގެ ރޭ ދަ ޑިމޮކްރެޓްސް އިން ބާއްވާ ޤައުމީ ޖަލްސާ ކަވަރުކޮށްދިނުމަށް ހުރިހާ މީޑިއާތަކަށް ވެސް ދައުވަތު އަރުވާފަ އެވެ. 

ދަ ޑިމޮކްރެޓްސްއަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގައި ތިބި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުންތަކެއް އެ ޕާޓީން ވަކިވެވަޑައިގަތުމަށްފަހު އުފައްދާފައިވާ ސިޔާސީ ޕާޓީއެކެވެ. 

ދަ ޑިމޮކްރެޓްސްއިން މަސއްކަތް ކުރާނީ ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެސް އެ ޕާޓީން ވާދަކުރާނެ ކަމަށާއި، ސަރުކާރު ބަދަލުކުރުމަށް ގުޅެން ޖެހުނު ކޮންމެ ބަޔަކާއި އެކު ގުޅިގެން މަސައްކަތް ކުރާނެކަމަށް ދި ޑިމޮކްރެޓްސްއިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.