ހަސަން ލަތީފު/ ފޮޓޯ: ދެން
ހަބަރު
02 Jul 2023 | 19:08
ރައީސް ޞާލިހު ބަލިކުރަން ކޮމަން ކެންޑިޑޭޓަކު ނެރެން ވެސް ތައްޔާރު: ދަ ޑިމޮކްރެޓްސް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބަލިކުރުމަށް ގިނަ ސިޔާސީ ޕާޓީތަކެއް އެކުވެގެން "ކޮމަން ކެންޑިޑޭޓެއް" ނެރެން ވެސް ތައްޔާރަށް އޮތްކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ. 

ދަ ޑިމޮކްރެޓްސްއިން ބާއްވާ އެ ޕާޓީގެ ފުރަތަމަ ޤައުމީ ޖަލްސާއާއި ގުޅޭގޮތުން މައުލޫމާތުދެއްވުމަށް ބޭއްވު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ މި ވެރިކަން ބަދަލުކުރުމަށް ރައްޔިތުން އެދެމުންދާ ކަމަށެވެ. 

ރާއްޖޭގެ ކަންކޮޅުތަކުގައި މި ވެރިކަން ބަދަލުކޮށްދިނުމަށް އެދި ރައްޔިތުން އެކި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ކިބައިން އެދެމުންދާކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. އަދި ވިދާޅުވީ "ރައީސް ޞާލިހު ނޫން ގޮތެއް" ރާއްޖޭގައި ޓްރެންޑުވަމުން އަންނަ ކަމަށެވެ. 

ހަސަން ލަތީފު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްއިން ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. 

އެހެން ނަމަވެސް ގިނަ ސިޔާސީ ޕާޓީތަކުން މި ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެންމެން ގުޅިގެން، އެންމެނަށް އެއްބަސްވެވޭ ކޮމަން ކެނޑިޑޭޓެއް ނެރުމަށް އެ ޕާޓީން އޮތީ ތައްޔާރަށްކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ. 

"އެހެން ޕާޓީތަކާއި އެކީގައި މަސައްކަތްކޮށްގެން ކޮމަން ކެންޑިޑޭޓެއް، އެއް ކެންޑިޑޭޓެއް އަޅުގަނޑުމެންނަށް ކުޑަކޮށްލެވިއްޖެ ނަމަ، ނުވަތަ މަދުކޮށްލެވިއްޖެ ނަމަ އެއީ ޕީޕީއެމް ރުހި ގަބޫލުވާ އަދި އަޅުގަނޑުމެން ވެސް ހަމަ ގަބޫލުވާ ކެންޑިޑޭޓެއް އަދި އަޅުގަނޑު ގަބޫލުކުރަނީ ޖުމްހޫރީ ޕާޓީން ވެސް އެއަށް ގަބޫލުވާނެ ކަމަށް، އަދި އެޔެއް އަޅުގަނޑުމެން އެބޭފުޅުންނާއި ސީދާ މަޝްވަރާ ކުރެވުނީއެއް ނޫން، އެހެން ނަމަވެސް އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ރަނގަޅު ގޮތް ވިސްނިވަޑައިގަންނަވާނެ ކަމަށް. މި ދަންނަވާކަހަލަ ކެންޑިޑޭޓެއް އަޅުގަނޑުމެންނަށް ނެރެވިއްޖެއްޔާ އަޅުގަނޑުމެން މިތިބީ އެ ކެންޑިޑޭޓެއް ފަހަތަށް އަރާ ކޮމަން ކެންޑިޑޭޓަކާއި އެކީގައި މަސައްކަތްކުރުމަށް ތައްޔާރަށް"

ހަސަން ލަތީފު  

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު ބަލިކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން ދޭކަމަށް ދަ ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ. 

ދަ ޑިމޮކްރެޓްސް އިން ވަނީ މި ސަރުކާރު ބަދަލުކުރުމަށްޓަކައި އިދިކޮޅު ޕީޕީއެމް-ޕީއެންސީއާއެކު މަޝްވަރާކުރަން ފަށާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.