ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ޖޭޕީ
ހަބަރު
03 Jul 2023 | 14:14
ސްވިޑެންގައި މުސްހަފް އެންދި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން: ޤާސިމް

ސްވިޑެންގައި އަނެއްކާވެސް މުސްހަފު އެންދުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް، ކަންބޮޑުވުން ފާޅުކޮށް މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ދުނިޔޭގެ އެންމެހާ މުސްލިމުން އަޟްހާ ޢީދުގެ ފުރަތަމަ ދުވަހުގެ މުނާސަބާތް ފާހަގަކުރިއިރު ސްވިޑެންގެ ސްޓޮކްހޯމްގައި ހުރި މިސްްކިތެއް ކުރިމަތީގައި މޮމިކާ ނަމަކަށް ކިޔުނު މީހަކު ވަނީ ކީރިތި ޤުރުއާން އަންދާލާފައެވެ.

މިއަމަލު ކުށްވެރިކުރައްވާ ޤާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އިސްލާމްދީނާއި ދީނުގެ ތަހައްމަލުކުރުމާ ދެކޮޅަށް ހިންގާ މިދަފަ އަމަލުތައް ތަކުރާރު ވަމުންދާތަން ފެނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެގޮތުން ޤާސިމް ވަނީ މިއަހަރުގެ ޖެނުއަރީ މަހު ސްވިޑެންގެ ފާ-ރައިޓް ޕާޓީގެ ހަރުކަށި ލީޑަރަކު ކަމުގައިވާ ރަސްމުސް ޕަލުޑާން އިސްވެ ހުރެ މުސްހަފު އެންދި ހާދިސާއަށް އަލިއަލުވާލާފައެވެ.

އަދި މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ދަމަހައްޓަންޖެހޭ އިހްތިރާމާއި ހަމަޖެހުމާއި މުޅިން ޚިލާފު އަމަލުތަކެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

މިއާއިއެކު އެހެން މީހުންނާއި ދޭތެރޭ މިފަދަ ރުޅިވެރި ސުލޫކެއް ގެންގުޅުމަށް، ކަންކަމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން، ބަހަނާއެއްގެ ގޮތުގައި ބޭނުންކޮށްގެން ނުވާނެ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

އަދި މިއަމަލު ކުށްވެރި ކުރުމުގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންވެސް ޤާސިމްއާއިއެކު މިކަމާއި ދެކޮޅަށް ތެދުވެ ތިބި ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.