ތަހުމީން އަހުމަދު--
ހަބަރު
04 Jul 2023 | 12:17
މެއި 6 ގެ ހަމަލާ: ތަހުމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ހައި ކޯޓުން އަންގައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުވާލިބޭ ތަހުމީން އަހުމަދުގެ ދިފާއީ ހެކިތަކެއް ބަލައިނުގަންނަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލްކޮށްފި އެވެ.

ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ދައުލަތުން ތަހުމީން އަޙްމަދުގެ މައްޗަށް ކުރަނީ، ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އާއި، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއ،ި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދަޢުވާ އަދި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރުމުގެ ކުށުގެ  ދައުވާ އެވެ. 

މި މައްސަލާގައި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ކުށްކުރި ތަނުގައި ހާޒިރުވެ ނެތްކަމުގެ ދިފާއު ސާބިތުކުރަން ތަހުމީން ހުށަހެޅި ދެ ހެއްކެކެވެ. އެ ކޯޓުން އެގޮތަށް ނިންމި ސަބަބެއް ކަމުގައި ބުނީ، ތަހުގީގުގައި އެ ދިފާއު ނުނަގާ އޮތުމުންނާއި ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން އެ ދިފާއު ތަހުގީގުގައި ނަގަން ޖެހޭ ކަމަށް ބުނެ ދައުލަތުން އިއުތިރާޒުކުރުމުންނެވެ.

އެ ނިންމުން ތަހުމީންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އިއްޔެ ކުރި ހުކުމުގައިވާ ގޮތުން ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ހާޒިރުކުރާ ހެކީންނާ ސުވާލުކުރުމާއ،ި އެ މީހަކު ބޭނުން ހެކީން ޝަރީޢަތަށް ހާޒިރުކޮށްދިނުމަށް ކޯޓުގައި އެދުމާއި، އެ ހެކީންނާ ޝަރީޢަތުގެ މަޖިލީހުގައި ސުވާލު ކުރުމުގެ ޙައްޤު ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށެވެ. 

އަދި އެ ހައްގު ތަހުމީނަށްވެސް ލިބެންޖެހޭ ކަމާއި، އެއީ އޭނާގެ މައްޗަށް ތަހުގީގު ހިންގިއިރު ކުށްކުރި ތަނާއި ތާރީހުގެ މައުލޫމާތު ފޯރުކޮށްދީފައިނުވާއިރު، އެ މަރުހަލާގައި އެ ދިފާއު ނެގުމުގެ ފުރުސަތު ނޯންނާނެތީ އެވެ.

އެ މައުލޫމާތު ނުދީ އޮތުމުން، ތަހުގީގު މަރުހަލާގައި ދިފާއު ނުނެގި އޮތުމަކީ އެ ހައްގު އޭނާ ދޫކޮށްލީ ކަމުގައި ނުބެލެވޭނެ ކަމަށާއި އެ ހައްގުން އޭނާ މަހުރޫމްކުރަން ޖެހޭ ކަމެއް ނޫން ކަމަށް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

އެހެން ކަމުން، ކްރިމިނަލް ކޯޓުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަަމަށް ބުނެ ހައިކޯޓުން ވަނީ އެ ނިންމުން ބާޠިލުކޮށް، މި މައްސަލައިގައި ތަހުމީންގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިންގެ ހެކިބަހަކީ ބަލައިނުގަނެވޭނެ ހެކި ކަމުގައި ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމުގައި ކަނޑައަޅާފައެވެ. 

ހައިކޯޓުގައި މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވާފައިވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ. ދެން ފަނޑިޔާރު ހުޒައިފާ މުހައްމަދު އާއި ފަނޑިޔާރު ހަސަން ޝަފީއު އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.