ކުރިން ބޭއްވުނު އެލިއާއިން ބޯޓް އޮޕަރޭޓާސް ޓްރެއިނިންގެ ޕްރޮގްރާމެއްގެ ތެރެއިން---ފޮޓޯ: އެޑިޝަން
ހަބަރު
04 Jul 2023 | 14:12
އެލިއާއިން ބޯޓް އޮޕަރޭޓާސް ޓްރެއިނިންގެ ޕްރޮގްރާމް ފަށައިފި

އެލިއާއިން ލޯންޗުތަކުގެ ކެޕްޓަނުންނަށް އަމާޒުކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ "ބޯޓް އޮޕަރޭޓާސް ޓްރެއިނިންގް ޕްރޮގްރާމް" ކޮވިޑަށް މެދުކެނޑުމަށްފަހު އަނެއްކާވެސް ފަށައިފިއެވެ.

މިކަމާއި ގުޅިގެން އެލިއާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މި ޓްރެއިނިންގް އަކީ އެލިއާ އާއި މޯލްޑިވްސް އިސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން ގެންދާ ޓްރެއިނިންގް ޕްރޮގްރާމެއް ކަމަށެވެ.

އަދި މިއީ ކޮވިޑްގެ ސަބަބުން މެދުކެނޑުމަށްފަހު އިންތިޒާމްކުރެވޭ ފުރަތަމަ ޓްރެއިނިންގް ޕްރޮގްރާމް ކަމަށެވެ.

އެގޮތުން މިފަހަރުގެ ޕްރޮގްރާމަކީ މި މަހުގެ 4 ން 6 އަށް ޖުމްލަ 50 ބައިވެރިންނާއިއެކު ކުރިއަށް ގެންދިޔުމަށް ހަމަ ޖެހިފައިވާ ޕްރޮގްރާމެއްކަމަށް އެލިއާއިން މައުލޫމާތު ދީފައިވެއެވެ.

މީގެ ތެރޭގައި ތަފާތު ރިސޯޓުތަކާއި، ކަނޑު އުޅަނދުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ ބައެއް މުއައްސަސާތައްވެސް ހިިމެނެއެވެ.

މި ޓްރެއިނިންގްގެ މައިގަނޑު މަގުސަދަކީ ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުން ހޭލުންތެރިކޮށް، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ ފަންނީ މައުލޫމާތު ފޯރުކޮށްދިނުން ކަމަށް އެލިއާ އިން ވަނީ ބުނެފައެވެ.

އަދި ސެޝަންތަކަކަށް ބަހާލެވިގެން ބާއްވާ މި ޕްރޮގްރާމްގައި ކަނޑުމަތީގެ ޕްރޮފެޝަނަލިޒަމަށް ފޯކަސް ކޮށްގެން ކުރިއަށްގެންދާއިރު އައުޓްބޯޑް އިންޖީނު އެޅި ސްޕީޑްބޯޓުތަކުގައި އިތުބާރާއިއެކު ދަތުރުކުރުމަށް ބޭނުންވާ ތިއަރީއާއި ހުނަރުތައް ހިމެނޭ ހާއްސަ ސެޝަންތަކެއް މީގެ ތެރޭގައި ހިމެނޭ ކަމަށް އެލިއާ އިން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ސްޕީޑްބޯޓަށް ޚާއްސަ މެނިއުވަރ ކުރުމުގެ އުކުޅުތަކާއި، ނެވިގޭޝަން އަދި ޗާޓް ރީޑިންގ އާއި ސޭފްޓީ ޕްރޮޓޮކޯލްތަކާއި ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތްތަކުގެ އިތުރަށް ފަސްޓް އެއިޑް، ފަޔަރ ސޭފްޓީ އަދި އައުޓްބޯޑް އިންޖީނު ބެލެހެއްޓުމާއި، މައްސަލަ ހައްލުކުރުމުގެ ސެޝަންތަކެއްވެސް ހިމެނޭ ކަމަށް އެލިއާ އިން މައުލޫމާތު ދެއެވެ.

އެލިއާއިން ވަނީ މުޖްތަމައަށް ބޭނުންތެރި މިފަދަ ތަފާތު ޕްރޮގްރާމްތައް އެ ކުންފުނިން ހިންގަމުންދާކަން ފާހަގަކޮށް ކަނޑުމަތީގެ ސަލާމާތާއި ޕްރޮފެޝަނަލިޒަމް އަދި އަމަލީ ތަމްރީނުތައް ހިމަނައިގެން ސިނާއަތުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް، އެލިއާއިން ފަރުމާކޮށްފައިވާ މި ޕްރޮގްރަމަށް ރިސޯޓުތަކާއި، ކަނޑުއުޅަނދުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ކުންފުނިތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކުން ދެއްވާ ތަރުހީބަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.