އައިޖީއެމްއެޗް--
ހަބަރު
04 Jul 2023 | 15:36
އައިޖީއެމްއެޗަށް 22 ޑޮކްޓަރުންނާއި 26 ނަރުހުން ހޯދަނީ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައި.ޖީ.އެމް.އެޗްއަށް 22 ޑޮކްޓަރުން ނުވަތަ މެޑިކަލް އޮފިސަރުންނާއި 26 ރެޖިސްޓަރޑް ނަރުހުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

މިކަމާގުޅިގެން އައި.ޖީ.އެމް.އެޗް އިން ކުރި އިޢުލާންގައި ދެ ރޭންކަކުން މެޑިކަލް އޮފިސަރުންނާއި ނަރުހުން ހޯދުމަށް އިޢުލާންކޮށްފައިވެއެވެ.

އެގޮތުން މެޑިކަލް އޮފިސަރުންގެ ވަޒީފާއަށް ހޯދާ މީހުންގެ އެންމެ އަަސާސީ ޝަރުތަކީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމެވެ. އެއީ ރޭންކް-7 ގައި ހިމެނޭ ވަޒީފާ އެކެވެ.

މިރޭންކްގެ ޑޮކްޓަރަކަށް އަސާސީ މުސާރައިގެ ގޮތުގައި -/18129 ރުފިޔާ އާއި މަގާމުގެ އެލަވަންސްގެ ގޮތުގައި -/10382 ރުފިޔާ އަދި މަސައްކަތައް ހާޒިރުވާ ކޮންމެ ދުވަހަކު -/281 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. އެހެންކަމުން ދުވާލަކު 24 ދުވަހު ވަޒީފާ އަށް ނިކުންނަ ޑޮކްޓަރެއްގެ މުސާރައަށް ޖުމްލަ -/35255 ރުފިޔާ ލިބޭނެއެވެ.

މީގެ އިތުރުން، ރޭންކް-8 ގައި ހިމެނޭ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ މެޑިކަލް އިންސްޓިޓިއުޓެއްގައި އިންޓަރންޝިޕް ފުރިހަމަކޮށްފައިވުމުގެ އިތުރުން މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުންނަށް، އަސާސީ މުސާރައިގެ ގޮތުގައި -/20004 ރުފިޔާ އާއި މަގާމުގެ އެލަވަންސްގެ ގޮތުގައި -/11456 ރުފިޔާ އަދި މަސައްކަތައް ހާޒިރުވާ ކޮންމެ ދުވަހަކު -/310 ރުފިޔާ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. އެހެންކަމުން ދުވާލަކު 24 ދުވަހު ވަޒީފާ އަށް ނިކުންނަ ޑޮކްޓަރެއްގެ މުސާރައަށް ޖުމްލަ -/38900 ރުފިޔާ ލިބޭނެއެވެ.

ރެޖިސްޓަރޑް ނަރުހުންގެ ގޮތުގައި މުވައްޒަފުން ހޯދުމަށް ވެސް 2 ރޭންކަކުން ވަނީ އިޢުލާންކޮށްފައެވެ. އެގޮތުން ޕަބްލިކް ސަރވިސް ރޭންކުގެ 5 ގެ ނަރުހުންގެ ހުންނަންޖެހޭ އަސާސީ ޝަރުތުތަކަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަތުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމެވެ.

އަދި ރޭންކް 7 ގެ ނަރުހުންގެ އަސާސީ ޝަރުތަކީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ޤަބޫލުކުރާ ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަތުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމެވެ.

ރޭންކް 5 ގެ ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 11428 ރުފިޔާ، މަޤާމުގެ އެލަވަންސްގެގޮތުގައި 5333 ރުފިޔާ އަދި މަސައްކަތަށް ނިކުންނަށް ކޮންމެ ދުވަހަކަށް ޙާޒިރީ އިނާޔަތުގެގޮތުގައި 144 ރުފިޔާ ލިބޭނެއެވެ. ރޭންކް 7 ގެ ނަރުހަކަށް އަސާސީ މުސާރައިގެ ގޮތުގައި 13057 ރުފިޔާ، މަޤާމުގެ އެލަވަންސްގެ ގޮތުގައި 6094 ރުފިޔާ އަދި ޙާޒިރީ އެލަވެންސްގެގޮތުގައި ނިކުންނަށް ކޮންމެ ދުވަހަކަށް 165 ރުފިޔާ ލިބޭނެއެވެ.

މި ރޭންކުތަކުގެ ޑޮކްޓަރުންނާއި ނަރުހުންނަށްވެސް ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ މުސާރައާއި ބަންދު ދުވަސްތަކުގެ މުސާރަ ލިބޭނެ ކަމަށް އިއުލާނުގައި ވެއެވެ. 

ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން 6 މެޑިކަލް ލެބޯރެޓަރީ ޓެކްނީޝަނުން ހޯދުމަށްވެސް އައި.ޖީ.އެމް.އެޗްއިން ވަނީ އިޢުލާންކޮށްފައެވެ. މި ހުރިހާ މަޤާމަށްވެސް މީހުން ނެގުމަށް ހަމަޖެހިފައިވަނީ ދާއިމީ މުވައްޒަފުންގެގޮތުގައެވެ.

މި މަޤާމުތަކަށް ޝަޢުގުވެރިވާ ފަރާތްތަކުން މިމަހުގެ 10 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެކަމަށް އެދި ހުށަހެޅުމަށް އެ ހޮސްޕިޓަލުން ވަނީ ހުޅުވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Aug 2026
މުދައްރިސުންގެ ދަތިކަމަށް ހައްލު ހޯދަން ސްރީލަންކާއިން މަސައްކަތް ފަށައިފި
ސައެންސާއި ހިސާބު ފަދަ މާއްދާތަކަށް ބޭނުންވާ މުދައްރިސުންގެ ޢަދަދު މަދުވެފައިވާތީ އައު މުދައްރިސުން ނެގުމުގެ މަރުޙަލާ އަވަސް ކުރުމަށް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ނިންމާފައި
11 Aug 2026
ސީއެމްޑީއޭގެ ނަމުގައި ފޭކް ފޭސްބުކް ޕޭޖެއް ހިންގާތީ ސަމާލުވާން އެދިއްޖެ
ސީއެމްޑީއޭއިން ވަނީ އިންވެސްޓަރުންނާއި ޢާންމު ރައްޔިތުން އެ ޕޭޖާ އެއްވެސް މުޢާމަލާތެއް ނުކޮށް ޒާތީ މަޢުލޫމާތު ހިއްސާ ނުކޮށް އަދި އެ ޕޭޖުގެ އެއްވެސް ކޮންޓެންޓަކަށް ބިނާކޮށް ޢަމަލު ނުކުރުމަށް އެދިފައެވެ.
11 Aug 2026
ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖަކު ގެންނަނީ، އެނޫން އެހެންގޮތެއް ނެތުމުން
މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ ކުއްޖާ ވަކިކުރުމުގެ ޞައްޙަ ސަބަބެއް ނޫން ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަކީ އެ ޤާނޫނުގެ ދަށުން އެޅޭނެ އެންމެ ފަހު ފިޔަވަޅު ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ
11 Aug 2026
ބިރުވެރި ހާދިސާއެއް: ގިނަ ބަޔަކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ލޯންޗުގައި ތިބި މީހުން އެހެން ލޯންޗަކަށް ބަދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައި ލޯންޗުން ބޮޑު ބައެއް ވަނީ އަޑިއަށް ގޮސްފަ އެވެ.
11 Aug 2026
މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ ހަދައިފި
ކްރެޑިޓަށް ތެޔޮ ލިބޭނެ ގޮތް ހަމަޖައްސައިދިނުމަކީ މަސްވެރިން ވަރަށް ބޮޑަށް އެދެމުން އައި ކަމެކެވެ.
11 Aug 2026
ހަތްމަސްތެރޭ 144 ކިލޯގެ ޑްރަގް އަތުލައިގަތް، 1875 މީހަކު ހައްޔަރުކުރި
މި އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި 144 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެ، 1،875 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
11 Aug 2026
ކެމްލެބްގެ އައު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި
ނިރޮޅުމަގުގައި ހުޅުވި މި އައު ޝޯރޫމަކީ ފެން ފުރޭނުމަށް ބޭނުންކުރާ ނިޒާމުތަކާއި، ލެބޯޓްރީ އުފެއްދުންތަކުގެ އިތުރުން އިންޖިނިއަރިންގ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. މި ތަނުން ކެމްލެބްގެ ތަޖުރިބާކާރުންގެ ފަންނީ އިރުޝާދު ކަސްޓަމަރުންނަށް ސީދާ ލިބިގެންދާނެއެވެ.
11 Aug 2026
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ޒުވާނަކު އުމުރަށް ޖަލަށް
އެ ކުށް ސާބިތުވީ ށ. މާއުނގޫދޫ، ފެހިވިލާގެ, މުޙައްމަދު ފާރިޤު (28އ) ގެ މައްޗަށެވެ.