ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އާއި ރައީސުލްޖުމްހޫރިއްޔާގެ އިބްރާޙީމް މުހައްމަދު ޞާލިހު--
ހަބަރު
05 Jul 2023 | 10:08
ޝައްކު ނުކުރައްވާ! ގަލޮޅު ދަނޑުގެ މަސައްކަތް ނިންމާނީ ރައީސް ޞާލިހުގެ ވެރިކަމުގައި: މަހުލޫފް

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް، ގަލޮޅު ދަނޑު، ތަޅާލުމަށްފަހު، އައު ފުޓްބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މިދައުރުގެ ތެރޭގައި ފެށޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިހާރު މާލޭގައި ހުރި ގަލޮޅު ދަނޑު ވަރަށް ބޮޑަށް ހަލާކުވެ، ދަނޑުގެ ދެކުނު ފަރާތް (ސަހަރާ ފަޅި) އަދި އިރުމަތީ ފަރާތް (ބޮޑު ގޭޓު ފަޅި) ބޭނުން ކުރުން ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އެންގުމާއި ގުޅިގެން އެ ސަރަހައްދު ބަނދުކޮށް ކޮންމެވެސް ވަރަކަށް މަރާމާތު ވެސް ކުރިއެވެ. 

އަދި އޭގެ ފަހުން، އެ ދަނޑުގެ ބަދަލުގައި އައު ދަނޑެއް އަޅާނެ ކަން މިނިސްޓަރު މަހްލޫފު ވަނީ ފާއިތުވި އަހަރުގެ އޭޕްރިލް މަހުގައި އިއުލާން ކުރައްވާފައެވެ. އަދި އެއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ބަޖެޓު ކުރެވިގެން ކުރިއަށްދާ މަސައްކަތެއް ކަމަށްވެސް ވިދާޅުވި އެވެ. 

އެއަށްފަހު، އެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ނުގޮސް އޮތުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަންނަނީ ސަރުކާރަށް އަމާޒުވަމުންނެވެ. އެގޮތުން، ރައީސް ޞާލިހު ގެ ދައުރު ނިމޭއިރުވެސް ދަނޑުގެ މަސައްކަތް ނުފެށޭ ކަމަށާ، އެ ކަން މި ދައުރުގައި ވާނޭ ކަމާއިމެދުވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. 

އެކަންކަމަށް ރައްދު ދެއްވައި މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ, އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، 4 ސިންތެޓިކް ޓްރެކް (ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި) ، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑަރކޮށް ބިޑު ނެގުން މިމަހު 16 ގައި ކުރިއަށްދާނެ ކަމަށެވެ. 

މިއާއެކު މަހްލޫފް ވިދާޅުވީ، ގަލޮޅު ދަނޑުގެ މަސައްކަތައް 42 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ދަނޑުގެ މަސައްކަތް މިދައުރުގައި ފެށޭނެ ކަމަށާ، އެ މަސައްކަތް ނިންމާނީވެސް ރައީސް ޞާލިހުގެ ވެރިކަމުގައި ކަމަށް މަހްލޫފް ވިދާޅުވި އެވެ. 

މީގެ އިތުރުން މަހްލޫފް ވިދާޅުވީ، ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފައި ކަމަށެވެ. 

"ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި މިސަރުކާރު މިއޮތީ މުޅިންއެހެން ލެވަލްއެއްގައި." މަހްލޫފް ވިދާޅުވި އެވެ. 

ކޮމެންޓް
ުޔުުނުސް
ބާަކީ ދެމަސް ކިހިނެތް ތިކަންކުރާނީ ބޮޑެތި ވަގުނނަކަށްނނުވާނެ އެއްކަމެއްވެސް
05 Jul 2023
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.