އިހަވަންދޫ ކޮމިޔުނިޓީ ސެންޓަރު--
ހަބަރު
05 Jul 2023 | 16:10
އިހަވަންދޫ، ޗާލު ކޮމިޔުނިޓީ ސެންޓަރުގެ ފޮޓޯތައް ދައްކާލައިފި؛ މަހްލޫފް ވިދާޅުވީ އެއީ ކުރެހުމެއް ނޫން ކަމަށް!

މިސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރަމުންގެންދާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން ހއ. އިހަވަންދޫގައި ގާއިމްކުރެވޭ މަރުކަޒުގެ ޗާލު ފޮޓޯތައް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދައްކާލައިފިއެވެ. 

އިހަވަންދޫ ކޮމިޔުނިޓީ ސެންޓަރުގެ ފޮޓޯތައް ހިއްސާ ކުރައްވައި މަހްލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެއީ، ތަނެއްގެ ކުރެހުމެއް ނޫން ކަމަށެވެ. އެހެނެއް ކަމަކު، އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީ ކުރައްވަމުންގެންދަވާ ޒަމާނީ ކޮމިއުނިޓީ ސެންޓަރުތަކުގެ ތެރެއިން ހއ. އިހަވަންދޫގައި ގާއިމްކުރެވޭ މަރުކަޒު ކަމަށެވެ. އަދި އެތަނުގެ މަސައްކަތްނިމި ހުޅުވުމާއި ގާތްވެފައިވާ ކަންވެސް މަހްލޫފް ފާހަގަ ކުރެއްވި އެވެ. 

"މިމަރުކަޒުތަކުގައި ކުޅިވަރު ކުޅުމުގެ އިތުރުން، ޖަމުއިއްޔާތަކަށް މަސައްކަތްކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި އިތުރު ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ." މަހްލޫފް ވިދާޅުވި އެވެ. 

ސާދާ، ބަލާލަން ރީތި، ދޯންޏަކާއި ވައްތަރު ގޮތެއްވެސް ފެންނަ ފެނުމުން ސިފަވާ އިހަވަންދޫގެ އެ ކޮމިޔުނިޓީ ސެންޓަރުގައި ހުރީ، ފެއްސާއި، ގަދަ މުށި އަދި ހުދު ކުލައެވެ. 

މަހްލޫފް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 31 ކޮމިއުނިޓީ ސެންޓަރު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

މަހްލޫފް މިފަދަ ޓުވީޓެއް ކުރައްވާފައި މިވަނީ މި ސަރުކާރުން އަޅާނެ ކަމަށް ވައުދުވި ގަލޮޅު ދަނޑާއި، އެހެންވެސް ދަނޑުތަކުގެ މަސައްކަތް ނުނިމި ދައުރު ނިމެން ކައިރިވެފައިވާތީ, ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި، ޔޫތު މިނިސްޓްރީއަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައި ކަން ފާހަގަކޮށްލަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.